ކަނޑުމަގުން މީހުން އުފުލާ އުޅަނދުތައް ރަށުން ފުރުމުގެ ކުރިން ދަތުރުވެިރން ތިބީ ލައިފްޖެކެޓް އަޅައިގެންތޯ ބެލުމަށް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކުރައްވައެވެ.
އެ އޮތޯރިޓީން މިކަން ކުރަނީ ރަށްރަށުގައި ތަމްރީނުކޮށްފައިވާ ސަރވެޔަރުން މެދުވެރިކޮށެވެ. ރަށްރަށުގެ ސާވޭޔަރުން އެރަށަކުން ފުރާ އުޅަނދުފަހަރުގެ ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ބަލަމުން ދާނެކަމަށް ވެއެވެ. އަދި މީހުން އުފުލާ ހުރިހާ އުޅަނދެއްގައި ލައިފްޖެކެޓް އެޅުމަށް ހަނދާންކޮށް ދެމުންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ހާމަކުރައްވާފައި ވެއެވެ.
އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން ލައިފް ޖެކެޓް އެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ލައިފްޖެކެޓް އަޅާނެ ގޮތް ކިޔާދީ ލައިފް ޖެކެޓް ހުރިހާ ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން ހަނދާންކޮށްދޭ ކަމަށް ހާމަކުރައްވާފައި ވެއެވެ.
ޚިޔާލުތައް