A wide advertisement which will be shown on all devices. (700 x 100)

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ބަޔާން ނެރެދިނުމަށް ޝެއިޚް ޝަފީއު އެދިއްޖެ

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ބަޔާން ނެރެދިނުމަށް ޝެއިޚް ޝަފީއު އަބްދުﷲ ފުވައްމުލަކު ސިޓީކައުންސިލަށް ގޮވާލައިފިއެވެ. ޝެއިޚް ޝަފީއު މިކަމަށް ގޮވާލެއްވީ ފޭސްބުކު މެދުވެރިކޮށް ކުރެއް އާންމު ސްޓެޓަސްއެއްގައެވެ. “އަޅުގަނޑު ނިސްބަތްވާ ފުވައްމުލަކު ސިޓީ ކައުންސިލް އިން އެމްޑީއެން ގެ ރިޕޯޓު ކުށްވެރިކޮށް ބަޔާނެއް ނެރެދެއްވުމަށް ކައުންސިލަރުންގެ އަރިހުން އަދަބުވެރިކަމާއިއެކު އެދެން” ޝެއިޚް ޝަފީއުގެ ސްޓަޓަސްގައިވެއެވެ. “ތިބޭފުޅުންނަށް ނަބިއްޔާގެ ހައްގުގައި ބަސް ބުނަން ލިބޭ ފުރުސަތުގައި ހަނު ނުތިއްބެވުމަށް ދާއިރާއަށް ނިސްބަތްވާ ރައްޔިތެއްގެ ހައިސިއްޔަތުން އެދެން” ޝެއިޚް ޝަފީއުގެ ސްޓެޓަސް ގައިވެއެވެ.

މައްކާގެ އުއްމުލް ގުރާ ޔުނިވާސިޓީއިން އަގީދާއިން މަތީ ތައުލީމު ހާސިލުކުރެއްވި ޝަފީއު ވަނީ އެމްޑީއެން ގެ ރިޕޯޓާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަދައްކަވާފައެވެ.

ޝަފީއުގެ އިތުން ދިވެހިންގެ ގިނަ ބަޔަކު ދަނީ އެންޑީއެން ގެ ރިޕޯޓާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. އަދި ކައުންސިލްތަކުންވެސް ދަނީ އެރިޕޯޓް ކުށްވެރިކޮށް ބަޔާންނެރެމުންނެވެ. އެގޮތުން 80 އަށްވުރެ ގިނަ ކައުންސިލުން ވަނީ އެމްޑީއެންގެ ބަޔާން ކުށްވެރިކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން އެއްވެސް އެއްޗެއް ހާމައެއްނުކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !