އެމްޖޭއެސްގެ 2019 ވަނަ އަހަރުގެ އެވޯޑިން ހަފުލާ ބާއްވައިފި

އެމްޖޭއެސް 2019 އެވޯޑް ސެރެމަނީ: ޝަރަފުވެރި މެހުމާނު އާތިޔާ ނަސިރު އާއި ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު
Share on facebook
Share on twitter
Share on google

މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ގެ 2019 ވަނަ އަހަރުގެ އެވޯރޑު ދިނުމުގެ ހަފުލާ އެސްކޫލުގައި ރޭ ބާއްވައިފިއެވެ. ސްކޫލްތަކުގެ އެވޯރޑް ދިނުމުގެ ރަސްމިއްޔާތަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ކުލަގަދަ ހަރަކާތެކެވެ. މިހަރަކާތަކީ އެސްކޫލުގެ ދަރިވަރުން އެކިއެކި ހަރަކާތްތަކުން ހޯދާ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބާއްވާ ޝަރަފުވެރި ބޮޑު ހަފުލާއެކެވެ.

ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު އެވެ. އާތިޔާ އެމްޖޭއެމަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާއަށް އެމްޖޭއެސްގެ ސީނިއަރ މެނޭޖްމެންޓުން ހޫނު މަރުހަބާއެއް ކިއި.

ސްކޫލްތަކުގައި ބާއްވާ އަހަރީ އިނާމު ދިނުމުގެ ޖަލްސާއެކޭ ގާތްގަޑަކަށް އެއްފެންވަރެއްގައި ބާއްވާ މި ރަސްމީ އިހުތިފާލުން ގިނަ ދަރިވަރުންނަށް ހިތްވަރާއި އުއްމީދު ލިބިގެން ދެއެވެ. މިޖަލްސާގައި އިނާމާއި ޓްރޮފީ ދޭ ކަންކަމުގެ ތެރޭގައި ސްކޫލުގެ ދަރިަރުންގެ ތެރެއިން ތަފާތު އެކިއެކި ހަރަކާތްތަކުން ވަނަތައް ހޯދާ ދަރިވަރުން ފާހަގަ ކޮށް އިނާމު ދެއެވެ. އެގޮތުން ގާލް ގައިޑުންނާއި ސްކައުޓުން، ސްކޫލުގެ ކުޅިވަރު މުބާރާތްތައް އަދި ސްކޫލް ފެންވަރުގައްޔާއި، ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގެ އެކިއެކި މުބާރާތްތަކުން ވަނަ ހޯދާ ފަރާތްތައް ފާހަގަކޮށް އިނާމު ދިނުން އޮވެއެވެ.

އެމްޖޭއެސް އެވޯރޑް ސެރެމަނީ 2019

އެމްޖޭއެސް ގެ އެވޯރޑްސް ނައިޓްގައި ވެސް ވަނީ ފާއިތުވި އަހަރު އެސޫލުން އިތުރު ހަރަކާތްތަކުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ދީފައެވެ. އެވޯޑް ދިނުމުގެ ޖަލްސާގައި ފުވައްމުލައް ސިޓީގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިސްފަރާތްތަކުން ބައިވެރިވިއެވެ.

އެމްޖޭއެސް އެވޯރޑް ސެރެމަނީ 2019، މެހުމަނުން

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments