A wide advertisement which will be shown on all devices. (700 x 100)

ސްކޫލްތަކުގެ ލިޑީން ޓީޗަރުންގެ ދައުރާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

ލީޑިން ޓީޗަރުންގެ ރޯލާއި ގުޅޭގޮތުން ބޭއްވި ވޯކްޝޮޕް، ޑރ. ރޮންޑާ

ފުވައްމުލަކު ސްކޫލްތަކުގެ ލީޑިން ޓީޗަރުންނަށް “ރި-އިމޭޖިނިން ދަ ރޯލް އޮފް ލީޑިން ޓީޗަރސް” ގެނަމުގައި ވޯކްޝޮޕެއް މިއަދު ބާއްވައިފިއެވެ. ހާފިޒް އަހުމަދު ސްކޫލް (ހޭޒް) ގެ ހޯލްގައި ކުރިޔަށް ގެންދިަޔ މި ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާއު ދެއްވީ އޮސްޓްރޭލިއާގެ ފަންނީ މާހިރެކެވެ.

މެލްބަން ޔުނިވަރސިޓީގެ ފަންނީ މާހިރެއް ކަމަށްވާ ޑރ. ރޮންޑާ ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕްގައި ފުވައްމުލައް ސިޓީ ސްކޫލްތަކުގެ ލީޑިން ޓީޗަރުންގެ އިތުރުން އައްޑޫ ސިޓިގެ ސްކޫލްތަކުގެ ލީޑިން ޓީޗަރުންވެސް ބައިވެރިވާގޮތަށް އޮތީ ރޭވިަފއެވެ. ނަމަވެސް މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އައްޑޫ ސިޓީގެ ލީޑީން ޓީޗަރުންް ދަތުރުގެ ވަކި ހިސާބަކުން އަނބުރާ އައްޑުއަށް ދާން ޖެހުމުން ވޯކްޝޮޕްގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.

ހޭޒްގައި ކުރިޔަށްގެންދިޔަ ލީޑިން ޓީޗަރުންގެ ރޯލާއި ގުޅޭގޮތުން ބޭއްވި ވޯކްޝޮޕް، 2019

އުންގަންނައިދިނުމުގައި ލީޑިންް ޓީޗަރުންގެ ރޯލާއިމެދު ވިސްނާ ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި މެދު ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ތަޖުރިބާ ހިއްސާކުރުމާއި ކަމުގެ ފަންނީ މައުލޫމާތަށް މަޝްވަރާ ކުރުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ލީޑީން ޓީޗަރުން ކްލާސް ނެގުމާއި ދަރިވަރުންގެ ހުނަރުތައް ތަރައްގީކުރާނެ ގޮތްތަކާއި، ނަމޫނާ ދެއްކުމާއި، އެހީތެރިކަމުގެ ރޯލެއް ނެގުމާއި، އެކުގައި މަސައްކަތް ކުރުމާއި، ހަރުދަނާ ޝަޚުސިއްޔަތު ބިނާކުރުމާއި ބެލެނިވެރިންނާއި ރަށުގެ ކޮމިއުނިޓީ ބައިވެރިކޮށްގެން އުނގެނުން ކުރިޔަށް ގެންދާނޭ ގޮތްތަކާއި މެދު މަޝްވަރާ ކުރެވުނުކަމަށް މައުލޫމާތު ލިބެއެވެ.

ހޭޒްގައި ކުރިޔަށް ގެންދިޔަ ލީޑިން ޓީޗަރުންގެ ރޯލާއި ގުޅޭގޮތުން ބޭއްވި ވޯކްޝޮޕް، 2019

މިދުވަސްވަރު އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލުންގެ ޓީމެއް ފުވައްމުލަައް ސިޓީއަށް ޒިޔާރަތް ކޮށްގެން އެބަ އުޅެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !