މިއަދު ފުވައްމުލައް ސިޓީގައި ގައުމީ ދުވަސް ފާހަގަ ކުރީ މުޅިން ތަފާތުކޮށް ދިވެހިންގެ ތާރީޚީ ހަނދާންތަކާއެކު ދެކުމާ ދިއުމަކުންނެވެ. ފުވައްމުލައް ސިޓީގެ ދައުލަތުގެ މުއައްސަސާތައް ގުޅިގެން މިއަދު ދެކުމާ ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ފެށި ފުވައްމުލައް ސިޓީ ނާއިބު ތުއްތު ހިނގުމުގައި އަލުން ތާރު އަޅާން ފެށުމާއި ގުޅިގެން އެކަން އެކަން ފާހަގަ ކުރުމުގެ އުފަލުގައެވެ. ދެކުމާ ދިޔައީ 15 އަހަރަށްފަހު އަލުން ތާރު އަޅާން ފެށި ހިސާބު، މާނޭރެ ހިސާބަށެވެ.

މިއަދު ހެނދުނު ދެކުމާ ދިޔައީ ތާރުމަގަށް. ފޮޓޯ: ފވމ ސިޓީ ކައުންސިލް
ދެކުމާ ދިއުން ނުވަތަ ފުވައްމުލަކު ބަހުން “ދެކުމަހަ ގެއުން” އަކީ އެ ކޮމިއުނީޓީއެއްގައި ބޮޑެތި ކަންތައްތައް ފެށުމާއި ނިމުން ފާހަގަ ކުރުމުގެ ގޮތުން ކުރީ ޒަމާނުގައި މުޅި ރާއްޖޭގައި ވެސް ގެންގުޅުނު ރީތި އާދައެކެވެ. ޚާއްސަކޮށް ފުވައްމުލަކުގެ ތާޜީޚުން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ދެކުމާ ގެންދަނީ އެދުވަސްވަރެއްގައި އާއްމުކޮށް ގެންގުޅޭ ހަދިޔާގެ ބާވަތްތަކެވެ. އެގޮތުން ކުރީ ޒަމާނުގައި ބޮޑަށް ބޭނުންކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއ އެކި ވައްތަރުގެ ‘ފަރިވަޅު’ ތަކެވެ.

ދެކުމަށް ފަރިވަޅުތައް އުފުލީ ތަންޑިއާލައިގެން، ފޮޓޯ: ފވމ ސިޓީ ކައުންސިލް
ރށުގެ ކަމުވޮށިގެން ވާ އެންމެ ނަލަހެދިގެން އެކުގައި އެއްރޫހެއްގައި ގައުމީ ހެދމުގައި ފެނިގެން ދިއުމަކީ ގިނަ ބަޔަކަށް އެކަމުގެ އުފަލާއި ހިތްހަމަޖުހުން ލިބިގެން ދިޔަ ކަމެކެވެ. މުޖުތަމިއުގެ އެއްބައިވަންތަކަން އިތުރަށް ބަދަހިކޮށްދިން ކަމެކެވެ. މިއަދުގެ ދެކުމާދިއުމުގައި ފުވައްމުލައް ސިޓިއަށް ނިސްބަތްވާ މިސަރުކާރުގެ އެޑިއުކޭޝަން ިނިނސްޓރީގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރުއާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޝަރީފުގެ އިތުރުން ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

ދެކުމާ ދިއުން ފެށުމަށް ތައްޔާރުވެފައި، މެޔަރު ފަލާޙު ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޝަރީފު، ފޮޓޯ: ފވމ ސިޓީ ކައުންސިލް
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމު ކުރި މިއަދުގެ ދެކުމާ ދިއުން ފެށިގެން ދިޔައީ ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑަށް މުއައްސަސާތުގެ ބޭފުޅުން ހާޒިރުވެ އެތަނުން ހިނގާފައި އޯކިޑުމަގުން ގޮސް ޣާޒީަގުން އެކުނަށް ގޮސް މާނޭރެ ސަރަހައްދަށެވެ. ދެކުމުގެ ރައްސިއްޔާތު ބޭއްވީ އަލަށް ތާރު އަޅަން ފެށި ހިސާބުގައެވެ. ދެކުމާއި ހަވާލުވީ ތާރުއެލުމުގެ މަސައްކަތް ކުރާ އެޓީސީސީގެ ފަރާތުންނެވެ. މިރަސްމިއްޔާތުގައި ފުވައމްުަލއް ސިޓީ މޭޔަރު ފަލާޙު ޝަރީފުގެ ވާހަކަ ދެއްކެވިއިރު ގައުމީ ދުވާހާއި ގުޅުވައިގެން ވާހަކަ ދެއްކެވީ ސިޓި ކައުންސިލްގެ ޑިރެކްޓަރ އަހުމަދު މުހައްމަދު (މިނާޒް) އެވެ.

މުއައްސަސާތަކުން ޓީމު ޓީމުގައި މިއަދު ދެކުމާ ދިއަ. ފޮޓޯ: ފވމ ސިޓީ ކައުންސިލް
ދެކުމާ ދިޔައީ ހިނގާފައެވެ. ގައުމީ ލަވަޔާއި ގައުމީ ދިދަތަކާއި ގައުމީ ހެދުންތަކުން އަންހެން ފިރިހެނުންގެ ހިތްތައް ފެނުނީ އުފާވެރިކަމާއި ހިނިތުންވުމެވެ.
ރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ 15 އަހަރުން އުތީމު ތިންބެއިން ރާއްޖެ ސަލާމަތްކުރެއްވި ރަބީީއުލް އައްވަލް މަހު 1 ވަނަ ދުވަހެވެ.

ދެކުމާއި ގެންދިޔަ ތަކެތި ހަވާލުކުރީ މަގުހެދުމުގެ މަސައްކަތް ކުރާ އެމްޓީސީސީއާއި. ފޮޓޯ: ފވމ ސިޓީ ކައުންސިލް
ފުވައްމުލައް ސިޓީ ކައުންސިލް: ވީޑިއޯ
5
4
3
2
1
- ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ބިޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށްފި
- ޕާކިސްތާން ހައިކޮމިޝަނަރު ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވާ
- ސެމީ ފައިނަލުގެ ޓީމުތައް ކަށަވަރުވެއްޖެ
- ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ފަންނީ މައުލޫމާތުގެ ސެޝަން ބާއްވައިފި
- ސިޓީ ކައުންސިލްގެ މުވައްޒަފުން ނާއިބު ތުއްތު މަގު ކުނިކާހާ ސާފުކޮށްފި