ފުވައްމުލައް ސިޓީގެ އާރބަން ޑިވެލޮޕްމެންޓް ޕްލޭނިން އާއި ގުޅޭ ބައްދަލުވުމެއް މާލޭގައި މިރޭ ބާއްވައިފިއެވެ. ފުވައްމުލައް ސިޓީގެ “ލޭންޑް ޔޫޒް ޕްލޭން އޮފް އާރބަން ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން” ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސީޑީއީ ކޮންސަލްޓިން އިން ބޭއްވި މިބައްދަލުވުމުގައި މާލެ ސިޓީގައި ދިރިއުޅޭ ފުވައްމުލައް ސިޓީގެ އިސްފަރާތްތަކުން ބައިވެރިވެ ކަމާއި ގުޅޭ ޚިޔާލު ފާޅުކުރައްވާފައި ވެއެވެ.
މިރޭ، 12 ނޮވެމްބަރު 2019 ގައި ބޭއްވި ޕަބްލިކް ކޮންސަލްޓޭޝަން ބައްދަލުވުން އަމާޒުކުރެވިފައި ވަނީ މާލެއާއި މާލެ ކައިރީ ރަށްރަށުގައި ދިރިއުޅޭ ފުވައްމުލައް ސިޓީގެ މީހުންގެ ޚިޔާލު ހޯދުމަށެވެ.

މިރޭގައި ބޭއްވުނު ތަރައްގީގެ މަޝްވަރާ ބައްދަލުވުމުގައި ފުވައްމުލަކުގެ އެމްޕިން ބައިވެރިވެ ވަޑައިގަތް.
މީގެ އިތުރުން ފުވައްމުލަކުގެ އާރބަން ޑިވެލޮޕްމެންޓް ޕްލޭނިން އާއި ގުޅޭ ވޯކްޝޮޕެއް މާދަމާ 13 ނޮވެމްބަރުގައި ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މި ވޯކްޝޮޕް އޮންނާނީ މާދަމަ ހެނދުނު 9:00 ން ހަވީރު 4:00 އަށް ކުރުދުމާ މާލަމުގައެވެ.

މިރޭގެ ބޭއްވުނު ބައްދަލުވުމުގައި ސީޑީއީ ގެފަރާތުން ބައިވެރިންނަށް މައުލޫމާތު ދެއްވަނީ
ޚިޔާލުތައް