A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި އިމާރާތް ކުރަމުންދާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި…

ފުވައްމުލަކުގައި އިމާރާތް ކުރަމުންދާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގުރާމްގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކުރަމުންދާ 200 ފްލެޓްގެ ތެރެއިން ކެޓެގަރީ އޭ އަދި ކެޓެގަރީ ބީ ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފަލެޓްތަކަށް އިއުލާން ކޮއްފިއެވެ.

ކެޓެގަރީ އޭ ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ފްލެޓެވެ.  މި ފްލެޓްތަކަކީ މިރަށު ރައްޔިތުންގެ ތެރެއިން ފްލެޓް ބޭނުންވާ ފަރާތްތަކަށް ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރާގޮތަށް ދުކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

ކެޓެގަރީ ބީ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 20 ފްލެޓެވެ. މި ފްލެޓްތަކަކީ ފުވައްމުލަކަށް ދިރިއުޅެން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

ކެޓަގަރީ އޭ އަދި ބީ ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެޑްވާންސްގެ ގޮތުގައި 25،000ރ ރުފިޔާ ސަރުކާރަށް ދައްކަންޖެހެއެވެ.އަދި 25 އަހަރަށް ފައިސާ ދައްކާ ޙަލާސްކުރާގޮތަކަށް ކޮންމެ މަހަކު 3،000 ރުފިޔާ ސަރުކާރަށް ދައްކަންޖެހޭ އިރު މިފައިސާ ދައްކާ ނިމެންދެން މި ފްލެޓްތައް ރަހުނު ކުރެވޭނެއެވެ.

މި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު 28 ޖޫން އިން ފެށިގެން  4 އޯގަސްޓް މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފިއެވެ.ފްލެޓަށް އެދިލައްވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވަން ޖެހޭނީ ފުވައްމުލަކު އަތޮޅު ކައުންސިލްއަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ  5 ޖުލައި 2016 އިން ފެށިގެން 18 އޯގަސްޓް 2016 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލް އިން މައުލޫމާތު ދެއްވައެވެ،

މީގެ އިތުރުން ފޯމާއި އެކު ހުށައަޅަން ޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މައުލޫމާތު ފުރިހަމަ ނުވާ ފޯމްތަށް ބަލައިނުގަންނާނެކަމަށް އަތޮޅު ކައުންސިލް އިން ހާމަކުރައްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !