އަންނަ އަހަރަށް ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ސްކޫލް ފޮތްތައް މި ނޮމްބަރު މަހު ދޫކުރަން މިވަނީ ނިންމާފައެވެ. އެގޮތުން އެމްޖޭއެސް ގެ ދަރިވަރުންގެ ފޮތްތައް ދޫކުރާ ދުވަސް ވަނީ ކަނޑައޅައި އިއުލާންކޮށްއެވެ.
އެމްޖޭއެސްއިން މިއަދު ކުރި އިއުލާނުގައި ވާގޮތުން އަންނަ އަންގާރަ ދުވަހު ހެނދުނު 9:00 އިން މެދުރު 12:00 އަށް ގްރޭޑް 1-7 އަށް ކިޔަވާ ދަރިވަރުންގެ ފޮތްތައް ދޫކުރުން އޮންނާނެއެވެ. ފޮތްތައް ބަލާ ވަޑައިގަންނަވާ ބެލެނިވެރިން އެގަޑިގައި ސްކޫލް ހޯލަށް ވަޑައިގަތުމަށް އިރުޝާދު ދީފައިވެއެވެ.
ހާފިޒު އަހުމަދު ސްކޫލާއި އެހްނެ ސްކޫލަތަކުން ވެސް އަންނަ ބުރާސްފަތި ދުވަހު ސްކޫލް ބޮޑުު ޗުއްޓީއަށް ބަންދު ކުރާއިރަށް ފޮތްތައް ދޫކޮށް ނިންމާނެ ކަމަށް ވެއެވެ.
އަންނަ އަހަރު ފުވައްމުލައް ސިޓީގެ ސަރުކާރު 4 ސްކޫލުގަިއ ވެސް ޕްރީ ސްކޫލް އިން ފެށިގެން ގްރޭޑް 10 އާއި ހަމަޔަށް ކިޔަވަިއދިނުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފާއިތުވި ދުވަސްތަކުގައި ދިރާސީ އަހަރު ފެށިގެން ދާއިރު ވެސް ސްކޫލް ކުދިންގެ ފޮތްތައް ނުލުބުމުގެ ޝަކުވާ އޮންނަނީ ބޮޑުވެފައެވެ. މިސަރުކާރުން ބުނެފައިވަނީ އެކަން ހައްލު ކުރާނެ ކަމަށެވެ. އެގޮތުން ކޮންމެ އަހަރެއްގެ ފޮތް ވެސް އެއިގެ ކުރީ އަހަރު ލިބޭގޮތަށް ހަމަޖައްސާނެ ކަމަށެވެ.
ޚިޔާލުތައް