A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ ފައުންޑޭޝަންގެ ދަރިވަރުން އުނގެނުމާއި ގުޅުވައިގެން ޚާއްސަ ރޯދަވީއްލުމެއް

މިރޭ ތުނޑީގައި ބޭއްވުނު ހޭޒްގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންގެ ރޯދަވީއްލުން. ފޮޓޯ: ނިޒުނާ

ހާފިޒު އަޙުމަދު ސްކޫލު (ހޭޒް)ގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންގެ އުނގެނުމާއި ގުޅޭގޮތުން ޚާއްސަ ރޯދަ ވީއްލުމެއް މިއަދު ފުވައްމުލަކު ތުނޑީގައި ބާއްވައިފިއެވެ. މިކަލް ނޫހާއި ވާހަކަ ދައްކަވަމުން ފައުންޑޭޝަން ސްޓޭޖުގެ ލީޑިން ޓީޗަރު ނިޒުނާ އާދަމް ވިދާޅުވީ މިއީ މިދުވަސްވަރު އެދަރިވަރުން ކިޔވަމުން ދާ ދާއިރާ “ރޯދަ” އާއި ގުޅުވައިގެން، ޕްރެކްޓިކަލް ގޮތުން ރޯދައިގެ ހާލަތު ތުއްތު ކުދިންނަށް ވިސްނައިދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެއް ކަމަށެވެ.

ފުވައްމުލަކު ތުނޑީގައި މިއަދުގެ ރޯދަވީއްލުން ކުރިޔަށް ގެންދިއުމަށް ހޭޒްގެ އެލްކޭޖީ އަދި ޔޫކެޖީ ދަރިވަރުން އިރުއޮސޭ ވަގުތަށް ތުނޑިއަށް ދިޔައެވެ. އަދި ތުނޑީގައި އެ ތުއްތު ކުދިންނާއި ގުޅެގޮތުން ރޯދައިގެ މައުލޫމާތުދީ ރޯދަ ވީއްލުން ކުރިޔަށް ގެންދެވުނީ ސުންނަތާއި އެއްގޮތަށް ކަދުރުން ނެވެ. ފައުންޑޭޝަން ސްޓޭޖުގެ ހުރިހާ ދަރިވަރުން ހެން މިހަރަކާތުގައި ބައިވެރިވިއެވެ.

ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންގެ އިތުރުން ހޭޒްގެ ލީޑިން ޓީޗަރުންނާއި ސްކޫލުގެ ޕްރިންސިޕަލް ހައުލަތު ސައީދު ވެސް މިހަރަކާތުގައި ބައިވެރިވެ ވަޑައިގަތެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !