ހާފިޒު އަޙުމަދު ސްކޫލް (ހޭޒް)ގެ 1437 ވަނަ އަހަރުގެ ގުރޭޑްތަކުގެ މެދުގައި ބާއްވާ ގުރުއާން މުބާރާތް އެސްކޫލުގެ ހޯލުގައި ފަށައިގެން ކުރިޔަށް އެބަދެއެވެ. ކޮންމެ އަހަރުކުވެސް އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލައިގެ ބާއްވާ މިމުބާރާތުގައި މިއަހަރު 350 ހާ ކުދިން ބައިވެރިވެއެވެ.
މި މުބާރާތުގައި ގުރުން ކިޔެވުމަށް ހަމަޖެހިފައި ވަނީ ބަލައިގެންނާއި ހިތުންނެވެ. މިއިން ކޮންމެ ބަޔަކުންވެސް އެކި ކޮނެމެ ގުރޭޑަކުން ވަސް 1 ވަނަ 2 ވަނަ އަދ 3ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު މިމުބާރާތް ބައްވަމުން އަންނަނީ ފައިސަލް ފައުންޑޭޝަނާއި ގުޅިގެން ކަމަށް އެސުކޫލުން މައުލޫމާތު ލިބެއެވެ. މިމުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވަނީ ރަށުގެ ޤާރީންނެވެ.
މާދަމާ މިމުާރާތުގެ ގުރުއާން ކިޔެވުން ނިމޭނެއެވެ. އަދި އިނާމު ދިނުން ފަހުގެ ރަސްމިއްޔަތެއްގައި ބޭއްވެޭނެއެވެ.
+1
+1



ޚިޔާލުތައް