A wide advertisement which will be shown on all devices. (700 x 100)

މިހާރު މިއުޅެނީ ގިސާސް ހިފަންތޯ ނުވަތަ ވަކި މީހަކު މަރާލަން ތޯ – ޑރ. އިޔާޒު

ފޮޓޯ: ޑރ. އިޔާޒުގެ ފޭސްބުކް ޕޭޖް

މިހާރު އަމަލުކުރަމުންދާ ގޮތުން މިއުޅެނީ މަރަށް މަރު ހިފަން ކަމާއިމެދު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ސުވާލު އުފައްދަވައިފިއެވެ. މިކަމާއިމެދު ސުވާލު އުފައްދަވާ ފޭސްބުކު މެދުވެރިކޮށް ކުރެއްވި މެސެޖުގައި ޑރ. އިޔާޒު ވިދާޅުވެފައިވަނީ “މިހާރު މިއުޅެނީ އިސްލާމް ދީނުގައި އޮންނަގޮތަށް ގިސާސް ހިފަންތޯ ނުވަތަ ވަކި މީހަކު މަރާލަންތޯ ސުވާލު އުފެދެއެވެ.” 

އަފްރާޝީމް އަލީގެ ގާތިލުކަމަށް ކޯޓުން ނިންމާފައިވާ ހުމާމު އާއި ގާނޫނީ ވަކީލު ނަޖީބުގެ ގާތިލު ކަމަށް ކޯޓުން ނިންމާފައިވާ މުއްރަތު މެރުމަށް ދަށުކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައި ވަނިކޮށް، ޑރ. އިޔާޒް ވިދާޅުވީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ޤިޞާސް ހިފަން އުޅޭނަމަ އެކަމަށް މަރުހަބާ ކިޔާކަމަށެވެ. އަދި، ޤިޞާސް ހިފުމުގެ އެންމެ ފަހު މަރުހަލާގައިވެސް އާއިލާއިން މާފްކޮށްފިނަމަ އެކަން ހުއްޓާލަން ޖެހޭކަމަށެވެ.  

މިހާރު އަމަލު ކުރަމުންދާ ގޮތުން ވަކި މީހަކު މެރުމަށް މިސްރާބު ޖަހާފައި ހުރި ކަމަށް ޝައްކު އުފެދޭ ސަބަބެއް ކަމަށް ޑރ. އިޔާޒު ހާމަ ކުރައްވާފައި ވަނީ، ހުމާމްގެ ކުރިންވެސް އެތައް ބަޔަކަށް މަރުގެ ހުކުމް އިއްވާފައި ތިބި ނަމަވެސް އެއިން އެކެއްގެ މައްސަލަވެސް ސުޕްރީމް ކޯޓުން ނުނިންމައި، ކުއްލިއަކަށް ދަންވަރު ކޯޓް ހުޅުވައިގެން ހުކުމް ކުރުމުންނާއި، މަރުގެ އަދަބު ތަންފީޒު ކުރި ނަމަވެސް ހައްދު ޤާއިމު ނުކުރާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން ގެންދާތީ ކަމަށެވެ. 

އަދާލަތު ޕާޓީއަށް ނިސްބަތްވެލައްވާ ޑރ. އިޔާޒު މިމޭރުމުން ޚިޔާލުފާޅު ކުރެއްވިއިރު އަދާލަތު ޕާޓީގެ ކުރީގެ މެމްބަރު ޑރ. ޝަހީމު ގެންދަވަނީ ސަރުކާރުގެ ނިންމުމަށް ތާއީދުކުރައްވާ އެކަން ދިފާއުކޮށް ސޯޝަލް މީޑިއާގައި ވަކާލާތު ކުރައްވަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !