އިގިރޭސިވިލާތުގެ ކެމްބްރިޖްޝަޔަރގެ ޖަލެއްގައި ހުކުމް ތަމްފީޒު ކުރަމުންދާ މެންޗެސްޓާގެ ގޭންގު ލީޑަރެއް ކަމަށްވާ ލީ އާމޯސް އިސްލާމްވެއްޖެ ކަމަށް އިގިރޭސި ނޫސްތަކުން ހާމަކޮށްފިއެވެ. މީހުން މެރުމާއި މީހުން މަރަން އުޅުމުގެ ކުށުގެ ރެކޯޑް އޮންނަ އާމޯސް އަކީ އިގިރޭސިވިލާތުގެ ނުރައްކާތެރި ކުށްވެރިއެއް ކަމަށް އިގިރޭސި ނޫސްތަކުން ހާމަކުރެއެވެ.
32 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ 40 އަހަރުގެ އާމޯސް އިސްލާމްވުން އިގިރޭސި ނޫސްތަކުން ސިފަކޮށްފައިވަނީ، ޖަލުގައި އުޅެން ފަސޭހަކުރުމަށް ހަދައިގެން އުޅޭ މަކަރެއްގެ ގޮތުގައެވެ.
ހަލާލު ކާނާ އަށް އެދުމުގެ ހައްގާއި އޭނާއަށް ކައްކާފައިވާ ކާނާ ކެއްކިގޮތް ހޯދުމުގެ ހައްގު އިސްލާމްވުމުން އާމޯސް އަށް ލިބިގެންދާނެ ކަަމަށް ނޫސްތަކުން ހާމަކުރެއެވެ.
+1
+1



ޚިޔާލުތައް