ދަނޑުވެރިކަމުގެ ތަމްރީނާއި އަމަލީ ތަޖުރިބާގެ ފުރުސަތު ހުޅުވާލައިފި

ފުވައްމުލަކުގެ ދަނޑުވެރިކަމުގެ ބައެއް އުފެއްދުންތައް.
Share on facebook
Share on twitter
Share on google

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން 2020 ވަނަ އަހަރު ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކޮށް އަމަލީ ތަޖުރިބާގެ ފުރުސަތު ހުޅުވާލައިފި އެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޑިސެމްބަރު މަހު 23 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އިއުލާންކޮށްފައި ވެއެވެ.

މިއީ ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ދަނޑުވެރިންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓރީން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރެވި އަމަލީ ތަޖުރިބާ ހާސިލުކުރެވިގެން ދާނެކަމަށް މިނިސްޓްރިން ހާމަކުރެއެވެ.

ފުވައްމުލަކުގެ ދަނޑުވެރިންނަށް ކާދު އަދި ނީމް އޮއިލް ހަދިޔާކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިސް

މި ޕްރޮގްރާމް ރޭބިފައިވާ ގޮތުން ބައިވެރިންނަށް 6 މަސް ދުވަހުގެ ތަމްރީނު ދެވޭނެއެވެ. އެއީ 4 މަސްދުވަހު އދ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރަލް ސެންޓަރުގައި ދެވޭ ތަމްރީނާއި 2 މަސްދުވަހު ދަނޑުވެރިކަމުގެ ސިނާއަތް ކުރިޔަށްދާ ރަށެއްގައި އަމަލީގޮތުން މަސައްކަތް ކުރުމުގެ ބައެވެ.

މިހުރިހާ ބައެއްގައި ވެސް ބައިވެރިންގެ ހުރިހާ ކަރަދެއް އެގްރިކަލްޗަރަލް މިނިނސްޓްރީން ދޭގޮތަށް ހަމަޖެހިފައި ވާކަމަށް ވެއެވެ.

މިޕްރޮގްރާމުގެ އިތުރު މައުލޫމާތު މިލިންކުން ލިބޭނެއެވެ.

ފުވައްމުލަކަކީ ދަނޑުވެރިކަމުގެ ގިނަ ބާވައްތަތކެއް ހައްދާ ރަށަކަށްވާއިރު މިފަދަ ފުރުސަތުގެ ބޭނުންހިފައި، ރަށުގެ ދަނޑުވެރިކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރާނޭ ބަޔަކަށް ވަނީ ބޭނުންވެފައެވެ.

ފުވައްމުލަކުގައި ތަފާތު ގޮތްތަކަށް ދަނޑުވެރިކަން ކުރޭ. އަޅޮއަލަ ދަނޑު، ފަތްކެޔޮ ދަނޑު އެހެނިހެން ގޮތްގޮތަށް ކުރާ ދަނދުވެރިަކން

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments