A wide advertisement which will be shown on all devices. (700 x 100)

އެގްރޯ ކުންފުނިން ފުވައްމުލަކުގެ ދަނޑުވެރިންނާއެކު މާދަމާ ބައްދަލުވުމެއް

އޮގްރޯ ނެޝަނަލް ކޯޕަރޭޝަނުން ގަންނަ ދަނޑުވެރިކަމުގެ ބައެއް ބާވަތްތައް.

ފުވައްމުލަކުގެ ދަނޑުވެރިންނާއެކު އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން މާދަމާ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ، 1 ނޮވެމްބަރު ވާ އާދީއްތަ ދުވަހު ހެނދުނު 9:30-10:30 އަށް ކުރުންދުމާ ހޯލުގައެވެ.

މިއީ ދަނޑުވެރިންނާއެކު ވެވޭ ކޮންޓްރެކްޓް ފާމިން އާއި ގުޅޭގޮތުން މައުލުމާތު ސާފުކޮށް ދިނުމަށާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަނާއި އެކު ކޮންޓްރެކްޓް ފާމިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމަށް ފޯމް ދޫކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މީގެ އިތުރުން ބައްދަލުވުމުގެ ބައިވެރިންގެ ސުވާލުތަކަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ޖަވާބު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

އޮގްރޯ ނެޝަނަލް ކޯޕަރޭޝަނުން ގަންނަ ދަނޑުވެރިކަމުގެ ބައެއް ބާވަތްތައް.

މިބައްދަލުވުމަށް ފުވައްމުލައް ސިޓީގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ދަނޑުވެރިަކން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން އާއްމުންނަށް ވެސް ބައިވެރިވުމުގެ ދޮރު ވަނީ ހުޅުވާލާފައެވެ.

މީގެ ކުރިން މިއަހރު ސެޕްޓެމްބަރު މަހު ތެރެަގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ގައުމީ އެގްރޯ ކުންފުންޏާއި ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ފުވައްމުލައް ސިޓީގެ ދަނޑުވެރިންނަށް ހުޅުވާލައިފައެވެ. އެގޮތުން އެގްރޯ ނެޝަނަލް ކޯޕަރޭޝަނާއި ދަނޑުވެރިޔާއާއި ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ 17 ބާވަތެއްގެ އެކުންފުންޏަށް ގަންނަގޮތަށް ހަމަޖެހިފައި ވާކަމަށް އާއްމްކޮށް އިއުލާންކޮށްފައި ވެއެވެ.

އަދި އެ ކުންފުނިން ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ވާކަމަށް ވެއެވެ.

ފުވައްމުލަކުގެ ދަނޑުވެރިކަމުގެ ބައެއް އުފެއްދުންތައް.

މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމަށް ކުރިޔަށް ގެންދެވޭ މަޝްރޫއުގެ ދަށުން ހިންގޭ ހަރަކާތެކެވެ. ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގަނެ އެތަކެތި މާކެޓްކުރުމާއި ވިއްކުމާއި އެކަމަށް ސަޕްލައިޗެއިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަކީ މިކުންފުނީ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ނެޝަނަލް އެގްރޯ ކޯޕަރޭޝަނާއި ދަނދުވެރިކަން ކުރުމަށް ރަޖިސްޓްރީވުމަށް

އޮންލައިންކޮށް ރަޖިސްޓްރީވާން އުނދަގޫ ފަރާތްތަކުން ފުވައްމުލައް ސިޓީގެ އިދާރާގެ 6865001 ނަމްބަރު ފޯނާއި ގުޅައި ނަން ނޯޓު ކުރެއްވުމުން ރަޖިސްޓރީ ކޮށްދޭގޮަތަށް ހަމަޖެހިފއިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިން އައުލާން ކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !