A wide advertisement which will be shown on all devices. (700 x 100)

ބަހުޘް މުބާރާތުގެ ދެވަނަ ރޭގެ ބަހުޘްތައް އެއީސީ، ފެނަކަ އަދި މިސްކިތްމަގު ކައުންސިލަށް

އޭއީސީ ޓީމީގު ބައިވެރިއަކު ވާހަކަ ދައްކަނީ

ފިސްޑާ އިން އިންތިޒާމްކޮށްގެން މީހާރު ފުވައްމުލަކުގައި ކުރިޔަށްދާ މާދަޑު ކައުންސިލްގެ “އަފުންގެ ބަހަ ބަހުޘް މުބާރާތް 2016” ގެ ދެވަނަ ރޭ ގެ ބަހުޘްތައް ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗްގެ އިތުރުން ފުވައްމުލަކު މިސްކިތްމަގު ކައުންސިލް ކާމިޔާބުކޮށްފިއެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒު ބަހުޘް ކާމިޔާބު ކުރީ އެމްޖޭއެމް އާއި ވާދަކޮށްގެންނެވެ. ދަޑިމަގު ކައުންސިލް އާއި ވާދަކޮށްގެން ފެނަކަ ބަހުޘް ކަމިޔާބު ކުރިއިރު އަތޮޅު ކައުންސިލްގެ ޓީމާއި މިސްކިތްމަގު ޓީމު ވާދަކުރަން ހަމަޖެހިފައިވާ  ބަހުޘަށް އަތޮޅު ކައުންސިލްގެ ޓީމް ޙާޒިރު ނުވުމުގެ ސަބަބުން މި ބަހުޘްވަނީ މިސްކިތްމަގު ކައުންސިލުން ކާމިޔާބު ކޮށްފައެވެ.

މި މުބާރާތުގެ މިހާތަނަށް އެއްވެސް ބަހުޘްއަކަށް އަތޮޅު ކައުންސިލްގެ ޓީމުން ޙާޒިރުވެފައެއް ނުވެއެވެ.

މި ބަހުޘް މުބާރާތުގެ މިރޭވެސް 3 މެޗް އޮންނާނެ މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ފެނަކަ އާއި އަތޮޅު ކައުންސިލް އެވެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ފުވައްމުލަކު ސްކޫލް އާއި އެމްޖޭއެމް އެވެ. އަދި މީރޭގެ އެންމެ ފަހު ބަހުސްގައި ވާދަ ކުރާނީ ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ޙާފިޒް އަޙްމަދު ސްކޫލެވެ.

ޖުމަލަ 8 ޓީމު ބައިވެރިވެފައިވާ މިމުބާރާތް ކުރިއަށްދަނީ ދެގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ގައި 4 ޓީމް ހިމެނޭގޮތަށެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމަކުންވެސް 3 މެޗް ކުޅުމަށްފަހު ކޮންމެ ގުރޫޕަކުން އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލްގައި ބައްދަލު ކުރާ އުސޫލުންނެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރުނދުމާ މާލަމުގައި ކުރިޔަށް ދާ މި މުބާރާތުގެ މިރޭގެ ބަހުޘްތައް ވެސް ފެށުމަށް ހަޖަމެހިފައިވާނީ 08:30 ގައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !