A wide advertisement which will be shown on all devices. (700 x 100)

ޕީޕީއެމް ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު 13 ޖެނުއަރީއަށް

ފުވައްމުލައް ސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓުން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިޖެނުއަރީ މަހު 13 އަށް އިތުރުކޮށްފިއެވެ.

މިއިންތިޚާބަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ބައެއް ކެންޑިޑޭޓުން ތައްޔާރުވަމުން އަންނަކަން ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން ސިޓީގެ މޭޔަރަކަށް ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ދެމީހަކު ތައްޔާރުވަމުން އަންނަކަމުގެ މައުލޫމާތު ލިބެއެވެ. އެއީ ރަށުގެ އުތުރު ސަރަހައްދު، ދަޑިމަގަށް ނިސްބަތްވާ ތޯރިގް (ޗެޓޫ) އާއި ކުރިން މެދުދާއިރާގެ މަޖުލިސް ގޮނޑި ފުރުއްވި އަލީ ފަޒާދު (އަލިބެ) އެވެ.

މީގެ އިތުރުން އަންހެނުންނަށް ޚާއްސަކުރެވުނު ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ (ފުވައްމުލައް ސިޓީ ދާއިރާ 1) އަށް ދަޑިމަގު އާއިޝަތު އަބްދުލް ގާދިރު ވާދަކުރައްވާ އިރު ފުވައްމުލައް ސިޓީ ދާއިރާ 2 އަށް ހޯދަޑުން އަބްދުﷲ ހަބީބު ބެސްޓް އާއި، މުހައްމަދު ޝުޖާއު ކުވޭތު އަދި މިހާރުގެ ސިޓީ ކައުންސިލެ އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ވެސް ކުރިމަތިލާކަމުގެ އަޑުތަކެއް ރަށުތެރެއިން އިވެއެވެ. އެއަދުތައް އަދި މުޅިން ޔާގީންވާ ގޮތެއް ނުވެއެވެ.

އަންހެނުންނަށް ޚާއްސަކުރެވިފައިވާ 2 ވަނަ ދާއިރާ ފުވައްމުލައް ސިޓީ ދާއިރާ 4، ފުނާޑު މިސްކިތްމަގު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ޚާދީޖާ ނާފިއާ ކުރިމަތިލާނެ ކަން ވަނީ އިއުލާންކޮށްފައެވެ.

ޕީޕީއެމް ފުވައްމުަލައް ސިޓީ ކެންޑިޑޭޓުން

މީގެ އިތުރުން ފުވައްމުލައް ސިޓީގެ އެހެން ދާއިރާތަކަށް ވެސް ޕީޕީއެމް ޓިކެޓްގައި ވާދަކުރާނެ ކަމަށް ބެލެވެއެވެ.

އިންތިޚާބުތަކުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދިނުމުގައި އެންމެ ފުރަތަމަ ބަލަނީ އެޕާޓީން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަކަށެވެ. ވަކިވަރަކަށްވުރެ މަތިން އެކަކަށްވުރެ ގިނަ މީހުންނަށް ޕޮއިންޓް ލިބިއްޖެ ނަމަ ޕްރައިމަރީ ބާއްވާ ގޮތަށެވެ. އެހެން ނޫނީ ޕޮއިންޓުން މަތީގައިވާ ފަރާތަށް އިންތިޚާބުގައި ޕާޓީގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު ދެނީއެވެ.

ފުވައްމުލައް ސިޓީ އަކީ ނިސްބަތުން ޕީޕީއެމްގެ ސަޕޯރޓް ބޮޑު ސިޓީއެކެވެ. އެގޮތުން ސިޔާސި ޕާޓީތައް އުފެދުނު ފަހުން މިހާތަނަށް ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމް އިންނެވެ. ނަމަވެސް އެނެމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީގެ އެއްވެސް ގޮނޑިއެއް އެޕާޓީއަށް ލިބިފައެއް ނުވެއެވެ.

ފާއިތުވި ސިޓީ ކައުންސިލް 2 އިންތިޚާބާއި އަތޮޅު ކައުންސިލް އިންތިޚާބުގައި ވެސް ޕީޕީއެމްގެ މެމްބަރުން ކައުންސިލަށް ހޮވިފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !