A wide advertisement which will be shown on all devices. (700 x 100)

ޑރ.ޖަމީލް ނުފެނިގެން ފުލުހުން ހޯދަނީ

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ނާއިބް ރައީސް ފުވައްމުލަކު ދޫނޑިގަން އީސްޓަލައިޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނުފެނިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޏ.ފުވައްމުލައް، ދޫޑިގަން. އީސްޓުލައިޓް، ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (46 އަހަރު) އާއި، ކ.މާލެ، އެވަރލާސްޓް، އަކްރަމް ކަމާލުއްދީން (54 އަހަރު) އާއި ދެމީހުންނަކީ ތަޙްޤީޤަށް ޙާޟިރުކުރުމަށް ބޭނުންވެ ދިވެހިރާއްޖޭގައި މިވަގުތު ނެތުމުގެ ސަބަބުން ތަހްޤީޤަށް ހާޒިރުނުކުރެވިވާ ދެމީހުން ކަމަށެވެ.

“ޑރ. މުޙައްމަދު ޖަމީލް އަޙްމަދުއާއި، އަކްރަމް ކަމާލުއްދީން ތަޙްޤީޤަށް ހާޟިރު ކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރި ނަމަވެސް ދެ މީހުންވެސް މިވަގުތު ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ޙާޟިރުވުމަށް އަންގައި ޗިޓް ވަނީ އެފަރާތްތަކާއި ހަވާލުނުކުރެވިފައި” ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ ޑރ. ޖަމީލް އާއި އަކްރަމް ކަމާލުއްދީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި އަދި ޑރ. ޖަމީލް އަޙްމަދުއާއި، އަކްރަމް ކަމާލުއްދީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުގެ ގޮތުން 04 އޯގަސްޓް 2016 ވަނަދުވަހުން ފެށިގެން 14 (ސާދަ) ދުވަސް ތެރޭ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުވުމަށް އެންގުމަށްޓަކައި ނޫސް ބަޔާން މެދުވެރިކޮށް އާންމުކޮށް އަންގައި އިއުލާނު ކުރާކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ތަޙްޤީޤަށް ހާޒިރުނުވެއްޖެނަމަ އަޅަންޖެހޭ ޤާނޫނީ އެހެނިހެން ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަޅާނެކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޑރ. ޖަމީލް އާއި އަކްރަމް ފުލުހުންނަށް ހާޟިރުކުރަނީ ކޮންމައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ބައެއް މީޑިއާތަކުން ބުނެފައިވަނީ އެދެބޭފުޅުން ފުލުހުން ހޯދަމުންދަނީ ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓްއަމުރެއް ތައްޔާރުކުރި މައްސަލަ އާއި ގުޅިގެން ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !