ޕީޕީއެމް ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރާ އިތުރު ކޮށްފި

ޕީޕީއެމް ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުން 2020، ފުވައްމުލައް ސިޓީ
Share on facebook
Share on twitter
Share on google

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރާ އިތުރުކޮށްފިއެވެ. މިހާރު އިތުރުކޯށްފަިއވަނީ މިއ ޖެނުއަރީ މަހުގެ 24 ގެ ނިޔަލަށެވެ. އެންެމ ފުރަތަމަ ހުޅުވާލި ޖެނުއަރީ މަހު 7 އަށްއަދިއ ެމުއްދަތު އިތުރުކުރީ މިޖެނުއަރީ މަހު 13 އަށެވެ.

ޕީޕީއެމުން ބުނީ ކުރިން ހާމަކޮށްްފައިވަނީ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ. ޕީޕީއެމްގެ ޕްރަމަރީގައި ވޯޓުލެވޭނީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި މިމަހު 17 އާއި ހަަޔަށް ހިމެނޭ މެމްބަރުންނަށް ކަމަށެއެވެ.

ނަމަވެސް އިންތިޚާބުތަކުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދިނުމުގައި ކުރިން އެންމެ އިސްކަމެއް ދެނީ އެޕާޓީން ކަނޑައަޅާ ޕޮއިންޓް ސިސްޓަމަކަށެވެ. ޕްރައިމަރީ ބާއްވަނީ ވަކިވަރަކަށްވުރެ މަތިން އެކަކަށްވުރެ ގިނަ މީހުންނަށް ޕޮއިންޓް ލިބިއްޖެ ނަމައެވެ. އެހެން ނޫނީ ޕޮއިންޓުން މަތީގައިވާ ފަރާތަށް އިންތިޚާބުގައި ޕާޓީގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު ދެނީއެވެ.

ޕީޕީއެމްގެ ޓިކެޓްގައި މިއިންތިޚާބަށް ފުވައްމުލަކުން ވާދަކުރާ ބައެއް ކެންޑިޑޭޓުން ވަނީ އެކަން އިއުލާންކޮށްފައެވެ.

އެގޮތުން ސިޓީގެ މޭޔަރަކަށް ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ދެމީހަކު ތައްޔާރުވަމުން އަންނަކަމުގެ މައުލޫމާތު ލިބެއެވެ. އެއީ ރަށުގެ އުތުރު ސަރަހައްދު، ދަޑިމަގަށް ނިސްބަތްވާ ތޯރިގް (ޗެޓޫ) އާއި ކުރިން މެދުދާއިރާގެ މަޖުލިސް ގޮނޑި ފުރުއްވި މިސްކިތްމަގަށް ނިސްބަތްވާ އަލީ ފަޒާދު (އަލިބެ) އެވެ.

ފުވައްމުލައް ސިޓީ ދާއިރާ 1، ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ – ދަޑިމަގު އާއިޝަތު އަބްދުލް ގާދިރު (އަންހެނުންނަށް ޚާއްސަ ދާއިރާ).

ފުވައްމުލައް ސިޓީ ދާއިރާ 2، ފުވައްމުލަކު އިރު އުތުރު ދާއިރާ – ހޯދަޑުން އަބްދުﷲ ހަބީބު ބެސްޓް އާއި، މުހައްމަދު ޝުޖާއު ކުވޭތު އަދި ހަސަން އަބްދުﷲ ކާމިނީގެ.

ފުވައްމުލައް ސިޓީ ދާއިރާ 3، ފުވައްމުލަކު މެދު އުތުރު ދާއިރާ – އަހުމަދު އަސްލަމު، ބޮޑުރާގެ.

ފުވައްމުލައް ސިޓީ ދާއިރާ 4، ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާ- ޚަދީޖާ ނާފިއާ، އާއި އާމިނަތު ޖީޒާ އަލި ދީދީ (އަންހެނުންނަށް ޚާއްސަ ދާއިރާ)

ފުވައްމުލައް ސިޓީ ދާއިރާ 5، ފުވައްމުލަކު އިރު އުތުރު ދާއިރާ – މުހައްމަދު އިސްމާއީލެ (ކުރިން ސިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި)

ފުވައްމުލައް ސިޓީ ދާއިރާ 6، އިރު ދެކުނު ދާއިރާ – އަބްދުﷲ އިބްރާހިމް (ކަޅުފެހި)، އާއި އަޙުމަދު ޝަރީފް، ބްލޫކޮރަލް އެވެ.

ޕީޕީއެމް ފުވައްމުަލައް ސިޓީ ބައެއް ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ އަކީ ނިސްބަތުން ޕީޕީއެމްގެ ސަޕޯރޓަރުން ގިނަ ސިޓީއެކެވެ. އެގޮތުން ސިޔާސި ޕާޓީތައް އުފެދުނު ފަހުން މިހާތަނަށް ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމް އިންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީގެ އެއްވެސް ގޮނޑިއެއް އެޕާޓީއަށް ލިބިފައެއް ނުވެއެވެ. އަދި ފާއިތުވި ކައުންސިލް އިންތިޚާބުތަކުގައި ވެސް ޕީޕީއެމަށްވުރެ ވާދަވެރި އެމްޑީޕީން ފުވައްމުލަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައި ވެއެވެ.

ފާއިތުވި ސިޓީ ކައުންސިލް 2 އިންތިޚާބާއި އަތޮޅު ކައުންސިލް އިންތިޚާބުގައި ވެސް ޕީޕީއެމްގެ މެމްބަރުން ކައުންސިލަށް ހޮވިފައި ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments