ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓް އެޕާޓީއިން އާންމުކޮށްފިއެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ޚިލާފަށް މިފަހަރު ގިނަ އަދަދެއްގެ ބަޔަކުވަނީ ޕާޓީ ޓިކެޓް ހޯދުމަށް ކުރިމަތިލާފައެވެ. އެގޮތުން ފުވައްމުލަކު ސިޓީއިން އެންމެ ވާދަވެރިކަން ބޮޑުވެފައިވަނީ މޭޔަރު ޓިކެޓު ހޯދުމެވެ. ކުރިންވެސް ހީކުރެވުނު ގޮތަށް 4 ފަރާތަކުން މޭޔަރުގެ ޓިކެޓަށް ވާދަކުރާއިރު ދަޑިމަގު ދިގުވާނޑު ހިމެނޭ ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލާފައިވަނީ 2 ކެންޑިޑޭޓުންނެވެ.
ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުމަށްފަހު އެމްޑީޕީއިން އިއުލާންކުރި ލިސްޓުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް 15 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
ކެންޑިޑޭޓް ނަމްބަރު | އެޑްރެސް | ކެންޑިޑޭޓް ނަން | ދާއިރާ | |
1 | މާލެގަމް، މުސްކުޅިގެ | މުހައްމަދު ނިޒާމް ހަސަން | ފުވައްމުލަކު ސިޓީ މޭޔަރު | 1 |
2 | ފުނާޑު، މާނެލް | އަބްދުﷲ ފަލާހު ޝަރީފު | ފުވައްމުލަކު ސިޓީ މޭޔަރު | 2 |
3 | ދަޑިމަގު، އާބާދުގެ | އިސްމާއީލް ރަފީގު | ފުވައްމުލަކު ސިޓީ މޭޔަރު | 3 |
4 | މިސްކިތްމަގު، ކިލެގެ | އަހުމަދު މުހައްމަދު | ފުވައްމުލަކު ސިޓީ މޭޔަރު | 4 |
1 | ދިގުވާނޑު، ބީޗުވޭ | އާމިނަތު ސައުސަން | ފުވައްމުލަކު ހުޅަނގު އުތުރު (ދަޑިމަގު ދިގުވާނޑު) | 5 |
1 | ހޯދަޑު، މައިޒާންދޮށުގެ | އަންވަރު އިބްރާހިމް ދީދީ | ފުވައްމުލަކު އިރު އުތުރު (ހޯދަނޑު، ދަޑިމަގު) | 6 |
2 | ހޯދަޑު، ނިޔާޒު | އަބްދުﷲ ނާސިރު އަހުމަދު | ފުވައްމުލަކު އިރު އުތުރު (ހޯދަނޑު، ދަޑިމަގު) | 7 |
1 | މާދަޑު، ހޯސްޓް | މުހައްމަދު ފިކުރީ | ފުވައްމުލަކު މެދު އުތުރު (ދިގުވާނޑު، މާދަޑު) | 8 |
2 | މާދަޑު، ޝީޝާ | މަރްޔަމް ޝިއުނާ | ފުވައްމުލަކު މެދު އުތުރު (ދިގުވާނޑު، މާދަޑު) | 9 |
1 | ފުނާޑު، ގަދަގެ | އައިމިނަތު ޝަބީނާ ޝާކިރު | ފުވައްމުލަކު ހުޅަނގު ދެކުނު (މިސްކިތްމަގު ފުނާޑު | 10 |
2 | ފުނާޑު، ތަރަމަލާނާ | އާމިނަތު އިނާޔާ | ފުވައްމުލަކު ހުޅަނގު ދެކުނު (މިސްކިތްމަގު ފުނާޑު | 11 |
1 | މާލެގަމް، ޝޭޑީރެސްޓް | އަލީ ސައީދު | ފުވައްމުލަކު މެދު ދެކުނު (މިސްކިތްމަގު މާލެގަމް) | 12 |
2 | މިސްކިތްމަގު، މާކޯޅި | މުހައްމަދު ލިރާރު | ފުވައްމުލަކު މެދު ދެކުނު (މިސްކިތްމަގު މާލެގަމް) | 13 |
1 | ދޫޑިގަމް، ގާކެނޑިގެ | އިބްރާހިމް މުހައްމަދު | ފުވައްމުލަކު އިރުދެކުނު (ދޫޑިގަމް) | 14 |
2 | ދޫޑިގަމް، ރޯމާ | އަބްދުﷲ އާދިލް | ފުވައްމުލަކު އިރުދެކުނު (ދޫޑިގަމް) | 15 |
ޚިޔާލުތައް