A wide advertisement which will be shown on all devices. (700 x 100)

އެފްސީސީ ރިކްރިއޭޝަންގެ ދެ މެމްބަރުނަށް އަހަރީ ޖަލްސާގައި އުމްރާ ދަތުރެއް

ރޭ ގުރުއަތުން އުމްރާ ދަތުރު ލިބުނު ދެ މެމްބަރުން

ފުވައްމުލައް ސިޓީ ކައުންސިލް (އެފްސީސީ) ރެކްރިއޭޝަން ކްލަބުގެ ދެ މެމްބަރުންނަށް އަހަރީ ޖަލްސާގައި ގުރުއަތުން އުމްރާ ދަތުރެއް ލިބިއްޖެއެވެ. މިއީ އެފްސީސީ ރިކްރިއޭޝަން ކްލަބާއި އަސްކޮއި ޙައްޖު އެންޑް އުމްރާ ޓުއާސް އާއި ގުޅިގެން ދިން އުމްރާ ދަތުރެކެވެ.

މި އުމްރާ ދަތުރުގެ ލިބިފައި ވަނީ ރޭ ކުރުންދުމާ މާލަމުގައި ބޭއްވުނު އެފްސީސީ ރެކްރިއޭޝަން ގެ އަހަރީ އާންމު ޖަލްސާގައި އެކްލަބުގެ މެމްބަރުންގެ މެދުގައ ނެގި ގުރުއަތަކުންނެވެ. އުމްރާ ދަތުރު ލިބިފައި ވަނީ:

އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝަޒާ އަލީ، ގެރަދޫގެ އާއި

ހިއުމަން ރިސޯސް އޮފިސަރ ފާތިމަތު އަލީ ދީދީ، ދޯޅަނބުގެ އެވެ.

ކޮންމެ އަހަރަކު ވެސް ދޭ މިއިނާމަކީ ކްލަބުގެ މެމްބަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެފްސީސީ ރެކްރިއޭޝަން އާއި އަސްކޮއި ޙައްޖު އެންޑް އުމްރާ ޓުއަރސް ގުޅިގެން ދޭ އިނާމެކެވެ.

އެފްސީސީ ރެކްރިއޭޝަން ކްލަބަކީ ފުވައްމުލައް ސިޓީ ކައުންސިލް މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް އިޖްތިމާއީ ރޫހު ވަރުގަދަކޮށް ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅުން ބަދަހި ކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރު ހޯމް މިނިސްޓްރީގައި ރެޖިސްޓަރ ކުރެވިގެން ހިންގަމުން އަންނަ ކްލަބެކެވެ.

އެފްސީސީ ރެކްރިއޭޝަން ކްލަބުން ފާއިތުވި އަހަރު ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. ފާއިތުވި 2019 ވަނަ އަހަރު އެފްސީސީ ރެކްރިއޭޝަން ކްލަބުން ވަނީ ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތާއި އައިބޭ ހޭންޑް ބޯލް މުބާރާތާއި ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުަގއި ބައިވެރިވެފައި ވެއެވެ. އަދި އެކްލަބުގެ މެމްބަރުންގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވާފައި ވެއެވެ. އެކްުލަބުން ވަނީ ރަށުގެ މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ ރަށް ސާފުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމާއި ގާޑިއަން އެސޯސިއޭޝަނާއި ގުޅިގެން އެކްލަބު މެމްބަރުންނަށް ދިނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއްވެސް ފާއިތުވި އހަރު ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކުރިޔަށް އޮތްދައުރު އެފްސީސީގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމަށް ރޭގެ ޖަލްސާގައިވަނީ ހުޅުވާލާފއެވެ.

ފުވައްމުލައް ސިޓީގައި ގިނަ އަމިއްލަ ޖަމްއިއްޔާ ކްލަބުތަކެއް ރަޖިސްޓްރީވެފައި ވީނަމަވެސް އެކަށީގެންވާ މިންވަރަކަށް ހިންގަނީ މަދު ޖަމްއިއްޔާ ޖަމާއަތެކެވެ. އަދި އަހަރީ ޖަލްސާފަދަ ކޮންމެހެން ބާއްވަން ޖެހޭ ބައްދަލުވުންތަކާއި އަހަރީ ރިޕޯޓްތައް ވެސް ގަވާއިދުން ޔޫތު މިނިސްޓްރީއަށް (ކުރިން ހޯމް މިނިސްޓްރީއަށް) ފޮނުވަމުން ގެންދާކަމަކަަށް ނުވެއެވެ.

އެފްސީސީގެ ހިންގުންތެރިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !