A wide advertisement which will be shown on all devices. (700 x 100)

ޖަމީލާއި ނަޝީދާއި ކަމާލުއްދީން ހައްޔަރުކުރަން ކޯޓް އަމުރު ނެރެފި

ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖެ ޓީވީގެ ކުރީގެ ޗެއަރމަން އަކްރަމް ކަމާލުއްދީން ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފިއެވެ. 

ކުރީގެ ނާއިބު ރައީސް ފުވައްމުލަކު ދޫޑީގަމް އީސްޓުލައިޓް، ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުއާއި، މާލެ އެވަރލާސްޓް އަކްރަމް ކަމާލުއްދީން ހައްޔަރުކުރަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޯޓު އަމުރު ހޯދާފައި ވަނީ އެ 2 މީހުން ތަޙްޤީޤަށް ހާޟިރު ކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރި ނަމަވެސް ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން ޗިޓް ހަވާލުކުރެވިފައިނުވުމުގެ އިތުރުން ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަދެއްކުމަށް 2016 އޮގަސްޓް 4 ވަނަ ދުވަހުން ފެށިގެން ދިން 14 ދުވަހުގެ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ 2 މީހުންކުރެ މީހަކު ހާޒިރުވެފައި ނުވާތީ އާއި ހާޒިރު ނުވެވޭ ސަބަބެއްވެސް އަންގާފައި ނުވާތީ ތަޙްޤީޤު ފުރިހަމަ ކުރުމަށް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް ގ. ކެނެރީގެ މުޙައްމަދު ނަޝީދު ހައްޔަރު ކުރުމުގެ އަމުރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދާފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ، 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިފާހަގަ ކޮށްފައިވާ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަޙްޤީޤަށާއި، 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް، ޙުކުމް ތަންފީޒް ކުރުމާ ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ޖަލުހުކުމް ތަންފީޒް ކުރަން ފިލައިގެން އުޅޭތީ ހައްޔަރު ކޮށްގެންވެސް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައި ވާތީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !