A wide advertisement which will be shown on all devices. (700 x 100)

އެމްޓީސީސީ ފުވައްމުލަކު ސައިޓަށް 40 މުވައްޒަފުން ނަގަނީ

ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތާއި ހަވާލުވެފައިވާ ރާއްޖޭގެ އެންމެ ފުޅާދާއިރާގައި އުމްރާނީ ތަރައްގީކުރުމުގެ މަސައްކަތްކުރާ އެމްޓީސީސީއިން ފުވައްމުލަކަށް ޚާއްސަ 40 ވަޒީފާގެ ފުރުސަތު އިއުލާންކޮށްފިއެވެ. ފޭސްބުކު ޕޭޖު މެދުވެރިކޮށްވެސް ކުރިމަތިލެވޭ މި 37 ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 3:00 އެވެ. ހަތަރު ސުޕަވައިޒަރުންގެ މަގާމާއިއެކު އިއުލާނުކުރި މި ވަޒީފާގެ ފުރުސަތުގެތެރޭގައި މެކެނިކުންނާއި ވެލްޑަރުންނާއި ކާޕެންޓަރުންގެ އިތުރުން ބަރުއުޅަނދުފަހަރު ދުއްވާ ޑުރައިވަރުންނާއި މަސައްކަތު މީހުންނަށް އިއުލާންކޮށްފައިވެއެވެ.

އެމްޓީސީސީގެ ސީއީއޯ ދާދިފަހުން ބަދަލުވުމަށްފަހު އެކުންފުންނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ އާސީއީއޯ ވިދާޅުވެފައިވަނީ އެކުންފުންޏަށް ބޭނުންވާ ޓެކްނިކަލް މަގާމުތަކަށާއި ނޮން-ސްކިލްޑް މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލަން ނިންމާފައިވާ ކަމަށާއި އެމަގާމުތަކަށް މުވައްޒަފުން ހޮވުމުގައި ދިވެހިންނަށް އިސްކަންދޭނެ ކަމަށެވެ. އެމަގާމުތަކަށް އެކަށީގެންވާ ދިވެހިން ނުލިބިއްޖެ ނަމަ، ބިދޭސީން ނަގަންޖެހޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެމްޓީސީސީ އިން އާންމުކުރި އެކުންފުނީގެ މިދިޔަ އަހަރުގެ ދެވަަނަ ކުއާޓާ ރިޕޯޓްގައިވާ ގޮތުން އެކުންފުނީގައި މިހާރުވެސް ގިނައީ ބިދޭސީންނެވެ. ދިވެހިންގެ ނިސްބަތަކީ 46 އިން ސައްތައެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީއިން އެކަށީގެންވާ މިންވަރަށް ފުވައްމުލަކު ރައްޔިތުންނަށް ފުވައްމުލަކު ސައިޓުން ވަޒީފާ ނުދޭކަމުގެ ޝަކުވާ ގިނަ ބަޔަކު ދިޔައީ ކުރަމުންނެވެ. އެގޮތުން، ސައިޓުގައި މަސައްކަތްކުރަމުންދަނީ އެހެން ރަށްރަށުގެ މީހުންގެ އިތުރުން ބިދޭސީންކަމަށް ބުނެ ފުވައްމުލަކު ރައްޔިތުން އެމްޓީސީސީއަށް ކުރިންވަނީ ފާޑުކިޔާފައެވެ. މީގެ އިތުރުން ސައިޓަށް ބޭނުންވާ ކާބޯތަކެތިފަދަ ދުވަހުން ދުވަހަށް ބޭނުންވާ ސާމާނުވެސް ފުވައްމުލަކު ފިހާރަތަކުން ނުގަނެ އެތަކެތި ގެންނަނީ މާލެއިން ކަމަށްވުމާއިއެކު މިފަދަ އުމްރާނީ މަސައްކަތަކުން ރަށްވަންނަންޖެހޭ މަންފާނުވަދެއެވެ.

އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން ގެންދާ އެމްޓީސީސީއަށް ވަނީ ފުވައްމުލަކު ތާރުމަގު ނުވަތަ ރިންގު ރޯޑުގެ ބަޔަކާއި ފުވައްމުލަކުގެ ބޮޑެތި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. އެމަސައްކަތުގެ ތެރެއިން ރިންގުރޯޑުގެ ހަވާލުކުރެވިފައިވާ ހިސާބަށް މަސައްކަތް ނިމުނު ނަމަވެސް ބޮޑެތި މަގުތަކުގެ އަމަލީ މަސައްކަތް އަދި ނުފެށެއެވެ. ނަމަވެސް، މިމަހު 15 ގައި އެމަގުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މީގެ ކުރިން ވަނީ އެކުންފުނިން ހާމަކުރައްވާފައެވެ.  މީގެ 19 ވަރަކަށް އަހަރުކުރިން ފުވައްމުލަކުގެ އެންމެ ފުރަތަމަ ތާރު އެޅުނު މަގުގެ މަސައްކަތްވެސް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !