ސްކޫލަތައް ހުޅުވުން އެއްހަފުތާއަށް ފަސްކޮށްފި

ޏ.އޭއީސީގެ އިސް ދަރިވަރުން ކޮޅެއް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ އާއެކު . ފެބްރުއަރީ 2020
Share on facebook
Share on twitter
Share on google

މިހާރު މުޅިި ދުނިޔެއަށް ވެސް ކުރިމަތިވެގެން އުޅޭ ކްރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން ފުރަތަމަ ޓާމު މެދު ބަންދަށްފަހު ސްކޫލް ހުޅުވޭ ދުވަސް އެއް ހަފުތާއަށް ފަސްކުރަން ސަރުކާރުން ނިންމައިފިއެވެ.

މިނިންމުމާއެކު ސްކޫލްތައް ދެން ހުޅުވޭނީ 22 މާރިޗު 2020ވާ އާދީއްތަ ދުވަހުއެވެ.

ސްކޫލްތަކުގެ ކިޔެވުން 1 ހަފުތާއަށް ބަންދު ކުރުމުން މިއަހަރުގެ ފުރަތަމަ ޓާރމުގައި ކިޔަވައިދޭން ކަނޑައަޅާފައިވާ 90 ދުވަހުގެ ތެރެއިން 5 ދުވަސް މަދުވީއެވެ. މި 5 ދުވަހުގެ ބަދަލުގައި އިތުރަށް ކިޔަވައިދިނުމާއި މެދު އެޑިއުކޭޝަން މިނިސްޓްރީއިން އަދި ވަކިގޮތެއް ނުނިންމައެވެ. ނަމަވެސް ކުރީގެ ބައެއް ފަހަރު ތަކުގައި ސްކޫލްތައް ބަންދުކުރުމާއި ގުޅިގެން ހަފުތާ ބަންދުން ހޮނިހިރު ދުވަސްތަކުގައި ކިޔަވައިދީގެން އެ އަދަދަށް ދުވަސް ހަމަކޮށްއި ވެއެވެ.

ނަމަވެސް މިކަމަށްވެސް އޮތް ހުރަހަކީ ކުރިޔަށް އޮތީ ރޯދަމަސް ކަމަށްވެފައި ރާއްޖޭގެ އާދަކާދަ ހުންނަގޮތުން ރޯދަމަހަކީ މަސައްކަތުގެ ގޮތުން ބައި މަހަކަށް ވުމެވެ. މަސައްކްތަ ކުރާނީ އެެހެން މަސްތަކުގައި މަސައްކަތްކުރާ ވަގުތުގެެ ދެބައިކުޅަ އެއްބައި ވަގުތުގައެވެ. އަދި މަސައްކަތްކުގެ ޕްރޮޑަކްޓިވިޓީ ދަށްވެގެން ދެއެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމަން ކަނޑައަޅާފައި ވަނީ 21 މޭ ގައެވެ. ފުރަތަމަ ޓާމުގެ ޓެސްޓް 6 މޭގައި ފަށާއިރު ޓެސްޓާއި ދެމެދު ކިޔެވުން ކުރިޔަށް ގެންދަން ލިބެނީ 7 ހަފުތާއެވެ. އަދި މިދުވަސްތަކުގެ ތެރެއަށް ރޯދަމަހާއި ދިމާވެއެވެ. ރޯދަމަސް ފެށެން އޮތީ އަންނަ އޭޕްރީލް މަހު 24 ވަނަ ދުވަހުއެވެ.

ކްރޯނާ ވައިރަސް އާއި ގުޅުވައިގެން ސްކޫލްތައް ބަންދު ނުކޮށްގެން ބެލެނިވެރިން އައީ ޝަކުވާ ކުރަމުންނެވެ. އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ޓީޗަރސް އެސޯސިއޭޝަނުން ވެސް ވަނީ ސްކޫލްތައް ބަންދު ކުރުމަށް ގޮވާލާފައެވެ. ނަމަވެސް މިކަމާއި ޚިޔާލު ތަފާތުވާ މީހުން ވެސް މަދެއްނޫނެވެ.

އެގޮތުން މިކަމާއި ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް މިހުން ދެކޭ ގޮތުގައި އަދި ސްކޫލްތައް ބަންދުކުރާ ހިސާބަކަށް ރާއްޖޭގެ ޙާލަތު އަދި ނުދެއެވެ. މިއީ މަސައްކަތުން ރެކެން ވެގެން ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފަން ވެގެން ދައްކާ ވާހަކައެއް ކަމަށް އެމީހުން ސިފަކުރެއެވެ. އަނެއް ބަޔަކު ސިފަކުރަނީ މިއީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން އެދޭބަޔަކުު އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ. ދެން ގޮވާނީ އިންތިޚާބު ފަސްކުރުމަށް ކަމަށެވެ.

މިބަންދުކުރުމާއި ދެކޮޅަށް ޚިޔާލު ފާޅުކުރާ ބައެއް މީހުން ބުނާ ގޮތުން ކްރޯނާވައިރަސްގެ ޔެލޯ އެލާރޓް (ލެވެލް 2) ގައި ކަމާއި ގުޅޭ ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ސްކޫލްތަކާއި ތަންތަން ބަންދުކުރަން ލަފާދީފައި ނުވާކަމަށް ބުނެއެވެ.

ރާއްޖޭގެ ހާލަތު އޮތީ ކޯވިޑް 19 ގެ ޔެލޯ އެލާރޓް – ލެވެލް 2 ގައި.

ސްކޫލްތައް ބަންދު ކުރުމަށް ގޮވާލި މީހުން ބުނަމުން ގޮސްފައި ވަނީ ކިޔެވޭނީ ރައްޔިތުން ހެޔޮހާލުގައި ތިބެގެން ކަމަށެވެ. މިވަގުތަށް މުހިންމީ ރައްޔިތުންގެ ސަލާމަތްތެރިން ޔަގީން ކުރުން ކަމަށެވެ. ގައުމުގެ އިގުތިސާދެއް ބިނާކުރެވޭ ވެސް ދުޅަހެޔޮ ރައްޔިތުންތަކެއް ތިބެގެން ކަމަށެވެ. ބަލިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެލުން މުހިންމު ކަމަށެވެ. ބައެއްމީހުން ސްކޫލްތައް ހުޅިވިޔަސް ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް ސޯޝަލް މީޑިއާގައި ގޮވާލާފައި ވެސް ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments