A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ އެންމެ ދިގު މިހާއާއި އެންމެ ކުރު މިހާ ލަންޑަނުގައި ބައްދަލުކޮށްފި

ދުނިޔޭގައިވާ އެންމެ ދިގުމީހާއާއި އެންމެ ކުރުމީހާގެ ބައްދަލުކުރުން ލަންޑަނުގައި. މެދުގައި- ގިނިސް ވޯލްޑް ރެކޯޑްސްގެ އެޑިޓަރ އިންޗީފް ކެރިއެގް ގްލެންޑީ 5 ފޫޓް 7 އިންޗް

މިހާރު ދުނިޔޭގައި ހުރި އެންމެ ދިގުމީހާއާއި މިހާތަނަށް ރިކޯޑުކުރެވިފައިވާ ދުނިޔޭގެ އެންމެ ކުރުމީހާ ލަންޑަނުގައި ބައްދަލުކުރުން ފާހަނގަކޮށްފައި ވާނީ ކުރިއަށް އޮތް ގިނިސް ވޯލްޑް ރެކޯޑްގެ އަހަރީ ދުވަހާއި ގުޅިގެންނެވެ. ނޭޕާލުގެ ޗަންދްރާ ޑެންގީ އާއި ތުރުކީގެ ސުލްތާން ކޯސެން ގެ ބައްދަލުކުރުން ކުރިއަށް ގެންގޮސްފައި ވަނީ ދުނިޔޭގެ ރެކޯޑް ބަލަހައްޓާ މަޝްހޫރު ގިނިސް ވޯލްޑް ރިކޯޑުސްގެ ފަރާތުން ނެވެ.

ދުނިޔޭގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ކުރު މީހާގެ ރެކޯޑް އޮތް ނޭޕާލުގެ ޗަންދުރާ ޑެންގީ ގެ ދިގުމިނަކީ 21.5 އަިންޗިއެވެ. އަދި އެންމެ މިހާރު ދުނިޔޭގައި ހުރި އެންމެ ދިގުމީހާ ކަމަށްވާ ތުރުކީގެ ސުލްތާން ކޯސެން ގެ ދިގުމިނަކީ 8 ފޫޓު 3 އިންޗިއެވެ.

ގިނިސް ވޯލްޑް ރެކޯޑަށް 60 އހަރު ފާހަނގަކުރުމުގެ ގޮތުން ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގެ ކުރިން ބެއްވި މިބައްދަލުވުމަށް ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ލަންޑަނުގައި ބާއްވާ ކާއްސަ ރައްސމިއްޔާތުގައި ދުނިޔޭގެ އިތުރު 10 ރެކޯޑެން މުގުރާލާނެ ކަމަށް ބެލެވޭ ކަމަށް ގިނިސް ވޯލްޑް ރެކޯޑު އިން ހާމަކުރެއެވެ. މި ޚާއްސަ މިރަސްމިއްޔާތަށް ދުނިޔޭގެ އެކިހިސާބުތަކުން އެތައް ހާސްބަޔަކު އެއްވާނެ ކަމަށް ލަފާކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !