މިއަދު ހަވީރު ކުޅެވުނު ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިގުވާނޑު އަފުން ޓީމުން ހޯދައިފިއެވެ.
ފިރިހެންނުންގެ ފައިނަލް މެޗުގައި، ރަށުން ބޭރު ޓީމެއްގެ ގޮތުގައި ބައިވެރިވި ހަމައެކަނި ޓީމު، ސ. މީދޫ ވޮލީޓީމުގެ މައްޗަށް އަފުން ޓީމުން ކުރިހޯދީ ވާދަވެރި ކުޅުމަކަށް ފަހު 3-2 ން ނެވެ.
ފިރިހެން ޑިވިޝަނުގެ މަގާމްތަކަށް އަދި ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ އިނާމާއި ތަށި ހަވާލުކުރުމާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވާފައި ވެއެވެ. އަދި ރަނަރަފް ޓީމްމީދޫ ޓީމަށް ފަންސާސް ހާސް ރުފިޔާގެ
ފައިސާގެ އިނާމެއް އަދި 3 ވަނަ ޓީމް ފިސްޑާ އަށް ފަންސަވީސް ހާސް ރުފިޔާގެ
ފައިސާގެ އިނާމެއް ފުވައްމުލައް އަތޮޅު ކައުންސިލުން ވަނީ ދީފައެެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ އަފުން ޓީމްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މުޅި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އަފުން ޓީމްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، އަޝްފާގު އާދަމް، ހުސައިން ވިސާމް އާއި މީދޫ ވޮލީ ޓީމްގެ މުރާދު ޖޯހަން އަދި ހަމަ އެޓީމްގެ އާދަމް ނަސީރުގެ އިތުރުން ފިސްޑާގެ އަލީ ހުޒާމް އެވެ. އެންމެ މޮޅު ކޯޗަކީ އަފުން ޓީމްގެ އަހްމަދު ނިހާދު އެވެ. ފެއަރޕްލޭ ޓީމަކީ ފިސްޑާ އެވެ.
ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މިމުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާފައިވެއެވެ. އަންނަ އަހަރު މިމުބާރާތުގެ ފައިސާގެ އިނާމް ބޮޑުކޮށް އަދި ރާއްޖޭގެ އެހެން ރަށްތަކުގެ ޓީމްތަކަށް ދައުވަތު ދޭނެ ކަމަށް އަތޮޅު ކައުންސިލްގެ ކުޅިވަރު ކައުންސިލްގެ ރައީސްކައުންސިލްގެ ރައީސް ހުސައިން ޝާފީ ވިދާޅުވިއެވެ.
މިކަލް ނޫޙުގެ ޓީމުގެ ފަރާތުން ދިގުވާނޑު އަފުން ޓީމުން ހޯދި ކާމިޔާބީއަށް މަރުހަބާ ދައްނަވަމެވެ.



ޚިޔާލުތައް