މުފްތީ މެންކް ފުވައްމުލަކުގައި ދީނީ ނަސޭހަތް ދިނުން 29 އޮކްޓޯބަރު 2022 ގައި

މުފްތީ މެންކް ގެ ދީނީ ނަސޭހަތް ދިނުން 29 އޮކްޓޯބަރު 2022، ހޮނިހިރު.
Share on facebook
Share on twitter
Share on google

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ފުވައްމުލަކުގައި ދީނީ ނަސޭހަތް ދެނިންމަށް ތާވަލް ކުރެވިފައިވަނީ އަންނަ ހޮނިހިރު ދުވަހު ނުވަތަ 29 އޮކްޓޯބަރު 2022 ގައެއެވެ.

މިއީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ މެންކް ރާއްޖެ ކުރައްވަމުން ގެންދަވާ ދަތުރުރުފުގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. މުފްތީމެންކް މިފަހަރު ރާއްޖެ ވަޑައިގަންނަވީ މި އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އޭނާ ގެ މިދަތުރުގައި އެންމެ ފުރަތަމަ ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭ ކާނިވާ ސަރަހައްދުގައެވެ. މާލޭގައި ދީނީ ނަސޭހަތް ދިނުމަށް ކަނދައަޅަފަިއވަނީ ޑިޕްރެޝަން، އެންޒައިޓީ އަދި ހާސްވުން މިމައުޒޫއަށް، 28 ވަ ހުކުރު ދުވަހުގެ ރޭ 8:45ގައެވެ.

ދެވަނަ ތަނަކަށް އޮތީ ފުވައްމުލައް ސިޓީއެވެ. ފުވައްމުލައް ސިޓީގައި ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ސްޓޭޑިއަމްގައި 29 އޮކްޓޯބަރު ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:45 ގައެވެ. ފުވައްމުލަކުގައި ނަސޭހަތް ދެއްވާ މައުޒޫއަކީ އިސްލާމްދީނާއި މާތްﷲގެ ރަހްމާންވަންތަކަމާއި ރަހީމްވަންތަކަމާއި ގުޅޭ ގޮތުންނެވެ.

ފުވައްމުލަކަށް ފަހު އާދިއްތަ ދުވަހު އޮތީ އައްޑޫ ހިތަދޫގައި، އައްޑޫ ސްކްއާގައެވެ. އެރޭގެ މައުޒޫއަކީ އުފެއްދުންތެރި މުސްލިމް ނެވެ. އަދި އެންމެފަހުން އޮތީ ހޯމަ ދުވަހު، ހުޅުމާލެހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ. އެރޭގެ މައޒޫއަކީ އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތްތަކެވެ.

ދީނީ އިލްމުވެރިޔާ އިސްމާއިލް މޫސާ މެންކް 2015 ވަނަ އހަރުން ފެށިގެން ރާއްޖެގައި ދިނީ ނަސޭހަތް ދެމުން އާދެއެވެ. އެގޮތުން 2015 އާއި 2016 އަދި 2018 އާއި 20202 ގައިވެސް ރާއްޖެ ވަޑައިގެންނެވި ދީނީ ތަގުރީރު ކުރައްވާފައި ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments