A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ވެސް ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލައިފި

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދުތައް 4 މެއި 2021

ފުވައްމުލައް ސިޓީގައި ވެސް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މިއަދުން ފެށިގެން މެދުކަނޑަލައިފިއެވެ. ވެކްސިން ޖެހުން މެދުކަނޑާލި މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ހުރި ވެކްސިންގެ ސްޓޮކް ވަރަށް ބޮޑުތަން މަދުވުމުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވިއެވެ.

މިވަގުތަށް ކޮވިޝީލްޑް ވެކްސިން 2 ވަނަ ޑޯޒް ޖެހުންމ މެދުކަނޑާލާފައި ވިޔަސް ވެކްސިންގެ އައު ސްޓޮކެއް ލިބުމުން އަލުން ކޮވިޝީލްޑް ވެކެސްކިންގެ 2 ވަނަ ޑޯޒް ޖެހުމަށް ހުޅުވާލެވެނެ ކަމަށް މައުލޫމަތު ދެއްވިއެވެ. ނަމަވެސް އަލުން 2 ވަނަ ޑޯޒް ޖެހުން ފެށޭނެ ދުވަހެއް އަދި ނޭގޭ ކަމަށާއި ފަހުން އިއުލާން ކުރެވޭނެ ކަމަށް ވިދާޅވުިއެވެ.

ރޭ 4 މެއި 2021 ގައި ވެކްސިން 2 ވަނަ ޑޯޒް ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގިނަ އަދެއްގެ ބަޔަކު ދިޔަ

އަންގާރަ ދުވަހު (4 މެއި 2021) ގައި ފުވައްމުލަކު ހޮސްޕިޓަލުން ވަނީ މިއަހަރު މާރިޗް 4 ގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކޮވިޝިލްޑްގެ 2 ވަނަ ޑޯޒް ޖެހުމަށް ހުޅުވާލާފައެވެ. އެއި އެއިގެ ކުރިން ދެވަނަ ޑޯޒް ޖެހުމަށް ފުރުސަތު ހުޅުވާލަމުން އައީ 2 ދުވަހުގެ މުއްދަތެއް ހިމެނޭގޮތަށެވެ. ނަމަވެސް ފުވައްމުލައް ސިޓީގައި އެންމެ ފުރަތަމަ ކޮޅުގައި 2 ވަނަ ޑޯޒް ޖެހުމަށް ހުޅުވާލީ ޝަރުތު ހަމަވާ އެންމެނަށް ވެސް ޖެހޭ ގޮތަށެވެ. އޭރު ޝަރުތުހަމަވާ މީހުން ވެކްސިން ގެ 2 ވަނަ ޑޯޒް ޖެހުމަށް އަންނަ މިންވަރު މަދުވެގެން އެކަމުގެ ކަންބޮޑުވުންވެސް ފުވައްމުލަކު ހޮސްޕިޓަލުން ފާޅުކޮށްފައި ވެއެވެ.

އެކަމަކު މި މެއި 4 ގައި ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އެއްފަހަރާ 7 ދުވަސް ހިމެނޭގޮތަށް (25 އޭޕްރީލް އިން) 4 މާރިޗުގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރަތްތަކަށް 2 ވަނަ ޑޮޒް ޖެހުމަށް ހުޅުވާލާފައެވެ. އެ 7 ދުވަހަކީ ފުވައްމުލަކުއް ސިޓިއން ކޮވިޝީލްޑް ފުރަތމަ ޑޯޒް ނިސްބަތުން އެންމެ ގިނައިން ޖަހާފައިވާ ހަފުތާއެވެ. އެގޮތުން ނަމަބަރުތަކަށް ބަލާލާއިރު އެ 7 ފުވަހުގެ ތެރޭގައި 238 މީހުން ފުރަތމަ ޑޯޒް ޖަހާފައިވެއެވެ. ވުމާއިއެކު 4 މެއި 2021 ވަނަ ދުވަހުގެ ރޭ 2 ވަނަ ޑޯޯޒް ޖެހުމަށް ގިނަބަޔަކު ފުވައްމުލަކު ހޮސްޕިޓަލަށް ޖަމާވިއެވެ. އެއާއެކު ތަނުގެ އިންތިޒާމުތައް ގެއްލި ވެކްސިން ޖެހުން ކުރިޔަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވިއެވެ. ނަމަވެސް ވެ ރޭ (4 މެއި) ގައިވަނީ 127 މީހަކަށް 2 ވަނަ ޑޯޒް ޖަހައިދީފައެވެ.

މިއާއެކު ބެލެވޭގޮތުގައި 4 މާރިޗުގެ ކުރިން ފުރަތަމަ ޑޯޒް ޖެހި ޖުމްލަ 4318 މީހުންގެ ތެރެއިން 2821 މީހަކު މިވަނީ 2 ވަނަ ޑޯޒް ޖަހާފައެވެ. މި މުއްދަތުގައި ބާކީ 2 ވަނަ ދޯޒް ނުޖެހި ތިބޭނެކަމަށް ބެލެވެނީ 1500 އެއްހާ މީހުންނެވެ.

ރޭ 4 މެއި 2021 ގައި ވެކްސިން 2 ވަނަ ޑޯޒް ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގިނަ އަދެއްގެ ބަޔަކު ދިޔަ

ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި 4 މެއިގައި 2 ވަނަ ޑޯޒް ޖަހަން އަންނަ މީހުން އިތުރު ވާނަކެމަށް ބެލިފައިވިޔަސް އެހާ ގިނަ މީހުން އައްނާނެކަމަށް ލެފާކުރެވިފައި ވެސް ނެތްކަމަށެވެ. ރޭގައި ވެކްސިން ޖެހުމަށްފަހު މިހާރު ހުރީވރަށް މަދު ސްޓޮކެއް ކަމަށެވެ. ނަމަވެސް ދާނުގައި ތިބި މީހުނަށް ދެ ވަނަ ޑޯޒް ދިނުމުގެ މަސްއްކައް މިއަދާއި މާދަމާ ވެސް ކުރިޔަށް ގެންދެވޭނެކަމަށް މައުލޫމާތު ދެއްވިއެވެ.

މާދަމާ، ބުރަސްފަތި ދުވަހު ދާނުގައި ތިބި މީހުނނަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައިދިނުން އެއްކޮށް ފުރިހަމަވެ ނިމިގެންދާނެ ކަމަށް ވެއެވެ.

މުޅިރާއްޖެއިން ވެސް ވަނީ ކޮވިޝީލްޑްގެ ސްޓޮކް ހުސްވުމާއި ގާއްތވެފައެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖެހުން މާލެއިން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި ކުރިޔަށް އޮތް 2 ހަފުތާތެރޭގައި އައު ސްޓޮކެއް ލިބޭނެކަމަށް ބެލެވިފައިވާކަމަށް އެޗްޕީއޭގެ ނިއުސް ކޮންފަރެންސްގައި ހާމަކޮށްފައި ވެއެވެ.

ނަމަވެސް ސިނޮފާމް ވެކްސިްނގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުން ވެސް ފުވައްމުލަކު ހޮސްޕިޓަލުން ކުރިޔަށް ގެންދެއެވެ. ސިނޮފާމްގެ 2 ވަނަ ޑޯޒް ޖަހަނީ ފުރަތމަ ޑޯޒް ޖަހާތާ 4 ހަފުތާ ފަހުންނެވެ.

4 މާރިޗު 2021 ގެ ކުރިން ކޮވިޝިލްދް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން

2 ވަނަ ޑޯޒް ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލުން ހުލުވާލަމުން ގޮސްފައިވާ ގޮތް

ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހަން ފަށާފައިވަނީ 7 އޭޕްރީލް 2021 ގައެވެ. އެންމެ ފުރަތަމަ ޖެހޭ ސިއްޙާދީއިރާގައި މަސައްކަތް ކުރާ މީހުންނާއި ކުރި ސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ. 7 އޭޕްރީލްގައި 82 މީހުނަށް 2ވަނަ ޑޯޒް ޖަހާފައިވެއެވެ. އަދި އޭޕްރީލް 11 -12 ގައި ވަނީ އާއްމުނަނަށް 2 ވަނަ ޑޯޒް ޖެހުމަށް ހުޅުވާލާފައެވެ.

4 މެއި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދިނުން 4 މާރިޗް އިން ކުރީގެ މީހުނަނަށް އަދި (60 އަހަރުން މަތީގެ 9 މާރިޗުގެ ފެބްރުުއަރީން އިން ކުރީގެ)

3 މެއި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދިނުން 25 ފެބްރުުއަރީން އިން ކުރީގެ މީހުނަނަށް އަދި (60 އަހަރުން މަތީގެ 8 މާރިޗުގެ ފެބްރުުއަރީން އިން ކުރީގެ)

2 މެއި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދިނުން 22 ފެބްރުުއަރީން އިން ކުރީގެ މީހުނަނަށް

1 މެއި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދިނުން 20 ފެބްރުުއަރީން އިން ކުރީގެ މީހުނަނަށް

28 އޭޕްރީލް ކުރުނދުމާ މާލަމުގެ ވެކްސިން ސެންޓަރު ވަގުތީގޮތުން ހުއްޓާލުން

28 އޭޕްރީލް ދާނުގައި ތިބޭ މީހުންނަށް ކޮވިޝިްލޑްް 2 ވަނަ ޑޯޒް ޖަހައިދޭން ފެށުން

27 އޭޕްރީލް ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހައިދޭ މީހުން ލިމިޓް ކުރުން (19 ފެބްރުުއަރީން އިން ކުރީގެ މީހުނަނަށް)

20 އޭޕްރީލް ސިނޮފާމް ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ހުޅުވާލުން

19 އޭޕްރީލް 2 ވަނަ ދޯޒް ޖަހަން އިތުރު ވެކްސިން ސެންޓަރެއް (ކުރުންދުމާ މާލަމް) ގައި ގާއިމުކުރެވި ވެކްސިން ޖެހުން 2 ސެންޓަރުން

14 އޭޕްރީލް – ޝަރުތުހަމަވާ އެންމެންނަށް އަލުން ވެކްސިން ޖެހުން ރޭގަނޑު ކުރިޔަށް ގެންދަން ފެށުނު

13 އޭޕްރީލް – ރަމަޟާން މަހު 1 ވަނަ ދުވަސް- ވެކްސިން ޖެހުން ކެންސަލް ކުރެވުނު)

11،12 އޭޕްރީލްގައި އާއްމުނަަށް ހުޅުވާލުން (އަދި ސިނޮފާމް ފުރަތަމަ ޑޯޒަށް ހުޅުވާލުން)

(10 އޭޕްރީލް 2021 ލޯކަލްކައުންސިލް އިންތިޚާބުގެ ދުވަސް)

7 އޭޕްރީލްގައި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހަން ފެށުން

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓް 4 މެއި 2021

ކޮވިޑް-19 އަޕްޑޭޓް

ކޮވިޑް-19 ގެ އަޕްޑޭޓް ތަކަށް ބަލާއިރު އިއްޔެވަނީ ފުވައްމުލައް ސިޓީއިން އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައެއް ނުވެއެވެ. އަދި އެކްޓިވް ކޭސް ހުރީ 3 ގައެވެ. މިހާތަނަ ފުވައްމުލައް ސިޓީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 76 އެވެ. އަދި 74 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މީގެ ތެރޭގައި އެކްޓިވް 1 ކޭސް އަކީ މާލޭއިން ޕޮޒިޓިވް ވިކޭސް އެއް މިވަގުތު ފުވައްމުލައް ސީޓީގައި ހުރުމުން ޖުމްލަ އެކްޓިވް 3 ކޭސް ވަނީއެވެ.

މިހާތަނަށް ނެގި ޖުމްލަ ސާމްޕަލް 689245، ޕޮޒިޓިްވ ކޭސް އާއި ގުޅިގެން ކޮންޓެކްޓެއް ނެތްކަމަށް ވެއެވެ.

ވެކްސިން އަޕްޑޭޓް

އިއްޔެ (އާދިއްތަ) ގެ ނިޔަލަށް ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2821 މީހުން

މިއީ ރަށުގައި ދިއިރުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %26.4 އެވެ.

އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 5703 މީހުން (އިއްޔެ ސިނޮފާމް ފުރަތަމަ ޑޯޒް 12 މީހަކު ޖަހާފައި ވެއެވެ.)

މިއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) 7735 މީހުންގެ %73.7 މީހުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !