A wide advertisement which will be shown on all devices. (700 x 100)

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއްޖެ

ފުވައްމުލައް ސިޓީ ސްކޫލްތަކުގައި ދަރިވަރުންނާއި ޓީޗަރުން ތިބި އަދަދު 2019 އަހަރު.

ދިރާސީ އާ އަަހަރު ކިޔެވުން މިއަދު ފަށައިފިއެވެ. އެގޮތުން މިއަދު ސްކޫލްތަކުގައި އޮތީ ނިއު ނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ކުރިޔަށްގެންދާނެގޮތުގެ މައުލޫމާތު ދިނުމާއި ކްލާސް ޓައިމްޓޭބަލް ދިނުމުގެ ކުރު ސެޝަަން ތަކެކެވެ. ކިޔެވުމުގެ ހަރަކާތްތައް މާދައިން ފެށިގެން ކުރިޔަށްގެންދާ ގޮތަށް ތާވަލް ކުރެވިފައި ވެއެވެ. ފުވައްމުލައް ސިޓީގައި ހިމެނޭ ސަރުކާރުގެ 4 ސްކޫލުގެ ތެރެއިން 3 ސްކޫލެއްގެ ކިޔެވުމުގެ ވަގުތުތައް، އެސްކޫލްތަކުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އާއްމުންނާއި ހިއްސާކޮށްފައި ވެއެެވެ.

މިހާރު ދިރާސީ އަހަރު ހިމެނެނީ މީލާދީ ދެ އަހަރުގެ ތެރެއަށް ވާގޮތަށް ބަދަލުކޮށްފައެވެ. އެގޮތުން ފުރަތަމަ ޓާމް 2021 ގައި އަދި 2 ވަނަ ޓާމުގެ ކިޔެވުން އޮންނާނީ 2022ގައެވެ. ކުރިން އޮތް ޑިސެމްބަރު ބޮޑު ޗުއްޓީ ވަނީ ދެ ބައިކޮށް ޑިސެމްބަރާއި ޖުލައި މަހަށް އަހަރީ ޗުއްޓީއަށް ވާގޮތަށް ދެބައި ކޮށްފައެވެ. ދެން ބޮޑު ޗުއްޓީ ވާނީ ޖުލައި މަހުގައި ކަމަށް ބެލެވެއެވެ.

ޏ.އޭއީސީގެ ޕްރިންސިޕަލް އިސްމާއީލް ސައުދުﷲ. ރޭގެ އޮންލައިން ބައްދަލުވުމުގައި.ރޭ ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ސްކޫލްތަކުގެ ފަރާތުން ޏ.އޭއީސީގެ ޕްރިންސިޕަލް އިސްމާއީލް ސައުދުﷲ ވަނީ ސްކޫލްތަައް އައު ހާލަތުގައި ކިޔަވައިދިނުމަށް ތައްޔާރުވެފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް ދެއްވާފައެވެ. ސައުދު ހާމަކުރެއްވި ގޮތުގައި ގިނަ ސްކޫލްތަކުގެ ހުރިހާ ޓީޗަރުން ހެން ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައެވެ. ދަރިވަރުންނާއި ބައްދަލުވާނެ ހުރިހާ މުވައްޒަފުންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ މީހުންނަށް ވާންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ. އަދި ސްކޫލްތަކުގެ ތެރެއަށް ވަދެވެނީވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި އޮގަސްޓް މަހު 10އިން ފެށިގެން ސްކޫލްތަކަށް ޓީޗަރުން ވަނީ ނުކުންނަން ފަށާފައެވެ.

އައު ދިރާސީ އަހަރާއެކު ފުވައްމުލަކުގެ ސްކޫލަތަކަށް ދެ ޕްރިންސިޕަލަކު ވަނީ ހަވާލުވެފައެވެ. އެއީ މިހާރު ފުވައްމުލަކުގައި ހުރި އެންމެ ދަރިވަރުން ގިނަ ސްކޫލް ކަމަށްވާ ހާފިޒް އަހުމަދު ސްކޫލް (ހޭޒް)ގެ ޕްރިންސިޕަލް ކަމަށް ކުރިން ފ.ބިލެތްދޫ ސްކޫލްގެ ޕްރިންސިޕަލް ކަން ކުރެއްވި އިމްތިހާޒް އަހުމަދު އާއި ފުވައްމުލަކު ސްކޫލުގެ ޕްރިންސިޕަލް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ވަޒީފާ އަދާކުރަމުން ދިޔަ އަހުމަދު ފަޔާޒު އެވެ. ފަޔާޒު ވަނީ މީގެ ކުރިން ޏ.އޭއީސީގެ ސެކަންޑަރީ ދިވެހި ޓީޗަރު ކަމާއި ހޭޒްގެ ޕްރިންސިޕަލް ވެސް ކުރައްވާފައެވެ.

ފުވައްމުލައް ސިޓީ ސްކޫލްތަކުގައި ކިޔަވައިދޭ ލެވެލްތައް، އަދި ކުދިންގެ ނިސްބަތް 2019އަށް

އަނެއް ދެ ސްކޫލް ކަމަށްވާ އެމްޖޭއެސްގެ ޕްރިންސިޕަލަކީ ކުރިންވެސް އެމަގާމުގައި ހުންނެވި އާރިފާ އަބްދުލް މަޖީދު އަދި ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ގެ ޕްރިންސިޕަލަކަށް ވެސް ކުރިން ހުންނެވި އިސްމާއީލް ސައުދުﷲ އެވެ.

ދިރާސީ ކަލަންޑަރުގައި ވާގޮތުން މިފެށޭ ދިރާސީ އަހަރުގައި ކިޔަވައިދޭނީ ޖުމުލަ 200 ދުވަހުއެވެ. އެއިގެ ތެރެއިން ފުރަތަމަ ޓާމުގައި ކިޔަވައިދިނުމަށް ރޭވިފައި ވަނީ 89 ދުވަހު އެވެ. އެގޮތުން 10 އޮގަސްޓް 2021 ގައި ފަށާ ފުރަތަމަ ޓާމުގެ މިޑްޓާމް ބްރޭކް އޮކްޓޯބަރު މަހު 17-23 އަށް އަދި ފުރަތަމަ ޓާމް ޓެސްޓް ޑިސެމްބަރު މަހު 5-18 އަށް ރޭވިފައި ވާއިރު ފުރަތަމަ ޓާމް ނިމުމަށް ކަނޑައަޅާފައި ވަނީ ޑިސެމްބަރު 23ގައެވެ. މުދައްރިސުންގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 16 ފާހަގަ ކުރެވިފައި ވާއިރު، ޓާމް ނިމޭ ކޮޅުން ނޮވެމްބަރު މަހުގައި ރަސްމީ 3 ބަންދެއް (3 ނޮވެމްބަރު، 7 ނޮވެމްބަރު އަދި 11 ނޮވެންބަރު) އާދެއެވެ.

އެކަޑެމިކް ކަލެންޑަރު 2021/22

ފުވައްމުލަކުގައި ހުރި ޖުމުލަ 7 ސްކޫލުގައި 2،350 އެއްހާ ދަރިވަރުން ކިޔަވަމުން އާދެއެވެ. ފުވައްމުލައް ސިޓީގައި އަމިއްލަ 3 ސްކޫލް ހުންނައިރު އެތަންތަނުގައި 330 ދަރިވަރުން ކިޔަވަމުން އާދެއެވެ. ފުވައްމުލަކުގައި ހުރި 7 ސްކޫލުގައި 283 ޓީޗަރުން ތިބިއިރު އެއިގެތެރޭގައި ބިދޭސީ 29 ޓީޗަރުން ތިބި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން އެންމެ ފަހުން ނެރުނު (2019) ތަފާސް ހިސާބު ފޮތުގައި ވެއެވެ.

ފުވައްމުލައް ސިޓީގައި ހުންނަ ސަރުކާރުގެ 4 ސްކޫލުގެ ތެރެއިން ގިނަ ސްކޫލްތަކުން މިހާރު ވަނީ ކިޔެވުމަށް ދަރިވަރުން ހާޒިރުވާންޖެހޭ ގޮތުގެ ތާވަލް އާއްމުކޮށްފައެވެ.

ފުވައްމުލަކު ސްކޫލަށް ދަރިވަރުން އާއްމުކޮށް ހާޒިރުވާން ޖެހޭ ގަޑިތައް

ގްރޭޑް 7 – 10އަށް ހެނދުނު 6:55 އިން 12:05 އަށެވެ. އަދި ބުރާސްފަތި ދުވަހު ނިމޭގަނޑި އަކީ 9:45 އެވެ.

ގްރޭޑް 5، 6 ގެ ކްލާސްތައް 6:55 އިން 11:25 އަށެވެ. އަދި ބުރާސްފަތި ދުވަހު ނިމޭގަނޑި އަކީ 9:45 އެވެ.

ޕްރިސްކޫލް: ޔޫކޭޖީ އަދި އެލްކޭޖީ: ކްލާސްތައް 7:30 އިން 10:30 އަށެވެ.

މެންދުރު ފަހު ސެޝަން:

ގްރޭޑް 1، 2، 3 އަދި 4: މެންދުރު 12:50 އިން 5:20 އަށް އަދި އަދި ބުރާސްފަތި ދުވަހު ނިމޭގަނޑި އަކީ 3:45 އެވެ.

ހާފިޒް އަހުމަދު ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭ ގަޑިތައް

ހޭޒް އިން ހާމަކޮށްފައިވަނީ މިއަދާއި މިހަފުތާގެ ބާކީ އޮތް ދެ ދުވަހުގެ ތާވަލެވެ. (10، 11 އަދި 12 އޮގަސްޓް 2021)

ގްރޭޑް 1، އަދި 6 – 10އަށް ހެނދުނު 6:50 އިން 10:05 އަށެވެ.

ޕްރިސްކޫލް: ޔޫކޭޖީ، ރެއިންބޯ ޔުނިޓް: 6:50 އިން 8:50، އަށެވެ.

ޕްރިސްކޫލް: އެލްކޭޖީ، : 9:45 އިން 11:45، އަށެވެ.

މެންދުރު ފަހު ސެޝަން:

ގްރޭޑް 2، 3، 4 އަދި 5: މެންދުރު 12:30 އިން 3:45 އަށެވެ.

ޏ.އަތޮޅު ތައުލިމީ މަރުކަޒުގެ ދަރިވަރުން ހާޒިރުވާން ޖެހޭ ގަޑިތައް

ޏ.އޭއިސީ އިން ހާމަކޮށްފައިވަނީ މިއަދާއި މާދާމާ، މި ދެ ދުވަހުގެ ތާވަލެވެ. (10، އަދި 11 އޮގަސްޓް 2021)

ޏ.އޭއީސީގެ ހުރިހާ ދަރިވަރުންވެސް މާދަމާ ހާޒިރުވާން ޖެހެނީ ހެނދުނު 8:00 އިން 10:00 އަށެވެ.

އެމްޖޭއެސްގެ ތާވަލްތައް އަދި އާއްމުކޮށްފައެއް ނުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !