މިސްރުގެ މަމްލޫކުންގެ ދަރިފަސްކޮޅު ފުވައްމުލަކުގައި އެބައޮތް – އަލާ

Share on facebook
Share on twitter
Share on google

މީގެ ހަތްގަރުނު ކުރިން މިސްރުގައި ވެރިކަންކުރި މަމްލޫކުންގެ ރަސްދަރިކަލެއްގެ ދަރިފަސްކޮޅު ފުވައްމުލަކުގައި އެބައޮތްކަމަށް މިނިސްޓްރީގެ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ރިސާޗު އެނަލިސްޓް އަހުމަދު އަލާ ވިދާޅުވެއްޖެއެވެ. އަލާ މިހެން ވިދާޅުވެފައިވައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގެ ކުރީގެ ރަސްމީ ބޯޅަދަނޑުގައި ޝަހީދުންގެ ދުވަހުގެ ރަސްމިއްޔާތު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ކުރީގެ ފުލޯކް ވާހަކައަކަށް ރިއާޔަތްކޮށް އެގޮތަށް އެކަން ހިގާފާނެކަމަށް ތާރީޚީ ހެކިތައްވެސް އަލާ ދެއްކެވިއެވެ.

އެއީ މީގެ 7 ވަރަކަށް ގަރުނު ކުރީގެ ފުލޯކު ވާހަކައެކެވެ.  މިހާރު ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާހުރި ސަރަހައްދުގައި ދޮރޮބައިގެދަރު ކިޔާގެއެއް ހުއްޓެވެ. އެގޭގެ ސަންފާދީ އަލަކޮޅެއް ކައްކަން ލޮނުކޮޅެއްބަލާ ރަސްގެފަންނު އަތިރިއަށް އެއްދުވަހަކު ދިޔައެވެ. ސަންފާދީ އަތިރިމައްޗަށް ފޭބިއިރު ކަމަކުދާކަށް ނެތެވެ. އަތިރިމަތީ ވެލިގަނޑުތެރޭ ހަމުގެކުލަ ދޮން މީހަކު ލައްގާފައިއޮތެވެ. އޭނާގެ އެއެއް ހުރިކަމަކަށްނުވެއެވެ. މިތަންފެނި ހަޅާފަލޭއްލަވަމުން ސަންފާދީ ރަށުތެރެއަށް އަރާ މިޚަބަރު ދިނެވެ. މިޚަބަރާއިއެކު ރަށު މީހުން ނިކުމެ މިލެއްގި މީހާ ނަގައި އުދޯއްޔަކަށް ލައިގެން ގެނެސް ފަރުވާކުރިއެވެ. މިފަރުވާއިން މީނާ ހޭޖެހި މީނާގެ މައުލޫމާތު އާންމުންނަށް ދިނެވެ. މިލެއްގި މީހާ ބުނާ ގޮތުން މީނާއަކީ މިސްރުގެ ރަސްދަރިކަލެކެވެ. ފަހުން މިލެއްގި މީހާ ސަންފާދީ އާއި ކާވެނި ބައްލަވައިގަނެގެން މީނާގެ ދަރިފަސްކޮޅު ފުވައްމުލަކުގައި އުފެދިފައިވާ ކަަމަށް އަލާ ކިޔައިދިނެވެ.

އަލާ އިތުރަށް ވިދާޅުވީ މިދެންނެވި ދުވަސްވަރު ޕޯޗުގީޒުންނާއި ދެކޮޅަށް އިންޑިއާކަނޑުގައި ކުރެވުނު ހަގުރާމައަށް އިންޑިއާއަށް އެހީވުމަށް މިސްރުގެ މަމްލޫކުންގެ ވެރިކަމުން ހަގުރާމަވެރިން އިންޑިއާއަށް ފޮނުވުނެވެ. އެހަގުރާމަވެރިންގެ ތެރޭގައި މިސްރުގެ ރަސްގެފާނުގެ ދަރިކަލަކުވެސް ހިމެނެވެ. އެހެންކަމުން، މިފްލޯކް ވާހަކައަށް ބަލާކަމުގައިވާނަމަ، އިންޑިއާ ކަނޑުގައި ޕޯޗުގީޒުންނާއި އިންޑިއާއާއި ކުރެވުނު ހަގުރާމައިން އިންޑިއާބަލިވެ އިންޑިއާއަށް އެހީތެރިވެދިން މިސްރުގެ މަމްލޫކުންވެސް ބަލިވެ ފުރައިގެން ދަނިކޮށް ދިމާވި ކޮންމެވެސް ހާދިސާއެއްގައި އެއިގެ ތެރޭގައި ހިމެނޭ މިސްރުގެ ރަސްގެފާނުގެ ދަރިކަލުން ފުވައްމުލަކަށް ލެއްގިކަމަށް ވެދާނެއެވެ.

 

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments