ހަވިއްތަ ފުޓްސަލް ޗެލެންޖު: މިސްކިްތމަގު އެންމެން ޓީމުން 7-1ގެ ބޮޑު މޮޅެއް ހޯދައިފި

މުބާރާތުގެ 5 ވަނަ މެޗުގައި ދަދިމަގު ބީޓީގެ މައްޗަށް މިސްކިތްމަގު އެންމެން ޓީމުން ވަނީ 7-1ގެ ބޮޑު ކާމިޔާބީއެއް ހޯދާފައި
Share on facebook
Share on twitter
Share on google

ހަވިއްތަ ފުޓްސަލް ޗެލެންޖުގެ ދެވަނަ ދުވަހުގެ ކުޅުމުން އެންމެ ބޮޑު ކާމިޔާބެީއެއް ހޯދާފައިވަނީ މިސްކިތްމަގު އެންމެގެ ގުޅުން (އެންމެން) ޓީމުންނެވެ. ރޭގެ މެޗުތަކުން މިސްކިތްމަގު އެންމެން ޓީމުގެ އިތުރުން މާލެގަމު އެފްސީ އާއި ހޯދަޑު ސްޕޯޓްސް ޖޫނިއާ ވަނީ މޮޅުވެފައެވެ. މިއީ މި ޓީމުތައް މުބާރަތުގައި ކުޅުނު ފުރަތަމަ މެޗެވެ. ގިނަ ސަޕޯޓަރުންތަކެއް ކުރިމަތީ މެޗުތައް ކުޅެވެމުން ދިޔައީ ވަރަށް ފޯރީގައެވެ.

ރޭ ކުޅެވުނު މުބާރާތުގެ 4 ވަނަ މެޗުގައި ވާދަކުރީ އޭ ގްރޫޕުގެ ދަޑިމަގު ޓީނޭޖަސް އާއި މާލެގަމު އެފްސީއެވެ. މިމެޗު ވާދަވެރިކޮށް ކުޅެ 2-1 ން ކާމިޔާބުކުރީ މާލެގަމު އެފްސީއެވެ. މިމެޗު އެއްވަރު ކުރުމަށް ދަޑިމަގު ޓީނޭޖަސް އަށް ލިބުނު ޕެނަލްޓީ ޖެހުމުން މާލެގަމު ކީޕަރު ދިފާޢުކުރީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ މާލެގަމު އެފްސީގެ ޖާޒީ ނަމްބަރު 9 ޝާނިފް އެވެ. ޝާނިފް އަކީ މާލެގަމު އެފްސީ ޓީމަށް ބޭރު އަވަށަކުން (ދޫނޑިގަން) ކުޅޭ ހަމަ އެކަނި ކުޅުންތެރިޔާއެވެ. މިގުރޫޕުގެ ފުރަތަމަ މެޗު ހޯދަޑު ސްޕޯޓްސް އިން ވަނީ އެފްސީ ދިގުވާނޑުގެ މައްޗަށް 1-0ން މޮޅުވެފައެވެ.

މާލެގަމު އެފްސީ ޓީމުގެ ފުތަމަ މެޗު 2-1ން ކާމިޔާބުކުރި.

މުބާރާތުގެ 5 ވަނަ މެޗުގައި، ބީ ގްރުޕުން މިސްކިތްމަގު އެންމެންގެ ގުޅުން އާއި ދަޑިމަގު ބީޓީ ބައްދަލުކުރި މެޗުން 7-1ގެ ބޮޑު ތަފާތަކުން މިސްކިތްމަގު އެންމެން ޓީމު ވަނީ ބޮޑު މޮޅެއް ހޯދާފައެވެ. މިއީ މިމުބާރާތުގެ މެޗެއްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި މެޗެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު އެންމެން ޓީމުގެ ޖާޒީ ނަމަބަރު 12 އަލީ އިހުސާންއެވެ. މިގްރޫމޕުގެ ފުރަތަމަ މެޗުގައި އެފްސީ ފުނާޑު އާއި އެފްސީ ދަޑިމަގު ވާދަކުރި މެޗު ނިމިފައިވަނީ 3-3 ން ދެޓީމު އެއްވަރު ވެގެންނެވެ. ވުމާއެކު މިސްކިތްމަގު ޓީމަށް ދެވަނަ ބުރން ޖާގައެއް ލިބުމުގެ ފުރުސަތު ގާތްގަޑަކަށް ޔަގީން ވީއެވެ.

މިސްކިތްމަގު އެންމެން ޓީމު 7-1ގެ ބޮޑު ތަފާތަކުން ފުރަތަމަ މޮޅު ހޯދި

މުބާރާތުގެ 6 ވަނަ މެޗު، ރޭގެ ފަހު މެޗުގައި ނެރެގަނޑޮ އެފްސީއާއި ބައްދަލުކޮށް ހޯދަޑް ސްޕޯޓްސް ޖޫނިއާ މޮޅުުވީ 3-1 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑް ސްޕޯޓްސް ޖޫނިއާގެ ހަސަން ވިފާގުއެވެ. ސީ ގްރޫޕުގައި އިއްޔެރޭ ކުޅެވުނު މެޗުން 5-3 ލަނޑުން ދަޑިމަގު ފަންން ޓީމު ވަނީ މޮޅުވެފައެވެ.

ހޯދަޑު ސްޕޯޓސް ޖޫނިއާ އިން ވަނީ 3-1ން ނެރަގަނޑޮ އެފްސީ ބަލިކޮށްފައެވެ.

މިމުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭ އިން ހޯދަޑު ސްޕޯޓްސް އާއި މާލެގަމު އެފްސީއެވެ. މިދެޓީމަކީ ވެސް ފުރަތަމަ މެޗުން މޮޅެއް ހޯދާފައިވާ ދެޓީމެވެ. ގްރޫޕު ބީ އިން އެފްސީ ފުނާޑު އާއި ބައްދަލުކުރާނީ ދަޑިމަގު ބީޓީ އެވެ. މިދެޓީމު ކުރިން ކޫލުނެ މެޗަށް ބަލާއިރު ފުނާޑު ޓީމު އެއްވަރުވެގެން 1 ޕޮއިންޓް ލިބިފައިވާއިރު ދަޑިމަގު ބީޓީ ވަނީ ބަލިވެފައެވެ. އަދި ގްރޫޕް ސީ އިން މިރޭ ގެ ފަހު މެޗުގައި ވާދަކުރާނީ ހޯދަޑު ސްޕޯޓްސް ޖޫނިއާއާއި ހޯދަޑް ސްޕޯޓްސް ޖޫނިއާ އެވެ. މިއީ ހޯދަދު އަވަށުގެ ދެޓީމެވެ. މިމެޗުން އެފްސީ ހޭޅިފަށޮ ބަލިވެއްޖެ ނަމަ މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެއެވެ. ހޯދަޑް ސްޕޯޓްސް ޖޫނިއާ ވަނީ އެމީހުނގެ ފުރަތަމަ މެޗުން މޮޅުވެފައެވެ.

މުބާރާތުގެ 4-6 މެޗްގެ މޮޅު ކުޅުންތެރިން

މިމުބާރާތުގައި ދަޑިމަގުން 5 ޓީމާއި ހޯދަޑުން 3 ޓީމުގެ އިތުރުން ދިގުވާޑެ، މިސްކިތްމަގު، ފުނާޑު އަދި މާލެގަމުން، ކޮންމެ އަވަށަކުން ޓީމެއް ވާދަކުރެވެ.

މިމުބާރާތުގެ އިންތިޒާމުތައް ވަރަށް ފިރުހަމަ ކަމަށް ބެލުންތެރިން ފާހަގަ ކުރެއެވެ. ކޮންމެ ރެއަކުވެސް މުބާރާތުގެ 3 މެޗު ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ފުރަތަމަ މަޗު ފަށާނީ 20:15 ގައި ދެވަނަ މެޗު 21:15 ގައި އަދި ފަހު މެޗު 22:15ގައެވެ.

މުބާރާތުގެ މެޗް ޝެޑިއުލް

ހޯދަޑު އަވަށަކީ މީގެ އަހަރުތަކެއް ކުރިން،ފުވައްމުލަކުގެ ފުޓުބޯޅައިގައި ރަން ވަނަތަކެއް ވެސް ޙާސިލުކުރި އަވަށެވެ. އެގޮތުން އެންމެ ފުރަތަމަ ހޯދަޑު ޓީމަކަށް ރަށު ފެންވަރުގެ މުބާރާތެއް ކާމިޔާބުވީ ފައިސަލް ކަޕެވެ. އެއީ މިޙާރު ނާއިބު ރައީސް ފުވައްމުލަކުގެ އަވަށްތަކުގެ މެދުގައި ބޭއްވި މުބަރާތެކެވެ. އެއިގެ ފަހުން، 2001ގައި ހޯދަޑު ޖޫނިއަސް އިން ވަނީ އަތޮޅު މުބާރާތް ކާމިޔާބުކޮށް ޒޯން މުބާރާތުން ވެސް މޮޅުުވެ މާލޭގައި ކުރިން ބޭއްވި އަތޮޅު މުބާރާތުގައި ވެސް ދެ ފަހަރު ވާދަކޮށްފައި ވެއެވެ. ހޯދަޑު އަވަށުގައި މިހާރު އަންނަނީ ބޮޑު ސައިޒުގެ ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އަލަށް ހަދާ ހޯދަޑު ޓާފު ދަނޑު: ހޯދަޑު ޓީމު 2001 ޒޯން ޗެމްޕިއަންސް މުބާރާތުގައި

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments