ހަވިއްތަ ފުޓްސަލް ޗެލެންޖު 2020 ގައި ރޭ ވަނީ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިންމާލާފައެވެ. މިރޭ ކުޅޭނީ ކުއާޓާ ފައިނަލުގެ ދެމެޗެވެ.
ބާރަ ޓީމު ވާދަކުރި މި މުބާރާތުގައި ކުއާޓާ ފައިނަލަށް 8 ޓީމު މިވަނީ ހޮވިފައެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގަައި ވާދަކުރަނީ އެފްސީ ދިގުވާޑު އާއި އެފްސީ ދަޑިމަގެވެ. ދެވަނަ މެޗުގައި ވާދަކުރާނީ މަލެގަން އެފްސީ އާއި ނެރަގަނޑޮ އެފްސީ އެވެ.
ގްރޫޕް ސްޓޭޖު ނިމުމު އިރު އޭގްރޫޕުގެ 3 ޓީމާއި ބީގްރޫޕުގެ 3 ޓީމުގެ އިތުރން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސީގެ 2 ޓީމެވެ. މުބަރާތުގެ އެނެމް ފުލައް ދިޔައީ ދަޑިމަގޮ ބިޓީ އާއި އެފްސީ ހޭޅިފަށެވެ.
ގްރޫޕް ސްޓޭޖުގައި ފުރިހަމަ ރެކޯޑަކާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ޓީމް ރޭންކިންގެ އެއްވަނާގައި އޮތީ ހޯދަޑު ޖޫނިއަސް ޓީމެވެ. ދެވަނަ އެފްސީ ދަޑިމަގު އަދި 3 ވަނަ ހޯދަޑު ސްޕޯޓްސްއެވެ. މުބާރާތް ނިމޭ އިރު މިރޭންކިން އަށް ބަދަލު އައުމަކީ ގާތްކަމެކެވެ.
ގުރޫޕް އޭ
ގްރޫޕު އޭ ގައި ރޭ ކުޅެވުނު މެޗު ދިގުވާޑު އެފްސީ އާއި މާލެގަން އެފްސީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މިނަތީޖާ އާއިއެކު މި ދެޓީމަށް ވެސް ކުއާޓާ ފައިނަލުގެ ޖާގަ ލިބިފައި ވެއެވެ. ނަމަވެސް ރޭގެ މެޗުގައި ފުރަތަމަ ދެގޯލުގެ ލީޑެއް މާލެގަމު ޓީމުން ހޯދާފައި ވަނިކޮށް ދިގުވާޑު ޓީމު މެޗު އެއްވަރުކުރީ ފަހަތުން އަރައި ދެގޯލު ޖަހައިގެންނެވެ. އެއާއެކު މެޗުގެ އެޑްވާންޓޭޖު ދިގުވާނޑު އެފްސީ އަށް ލިބެއެވެ. އެޓީމު ގްރޫޕުގެ 2 ވަނަ އަށް ދިޔައީ ފައިދާ ގޯލުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހަސިލުކުރީ ދިގުވާޑު އެފްސީގެ ޖާޒީ ނަމްބަރު 7 އަހުމަދު އިމްތިނާނު އެވެ.
މިރޭގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ދިގުވަދު އެފްސީ ބައްދަލުކުރާނީ ގްރޫޕް 2 ގެ އެއްވަ ޓީމުކަމަށްވާ އެފްސީ ދަޑިމަގު ޓީމާއެވެ.
ގްރޫޕް ބީ
މުބާރާތުގެ 17 ވަނަ މެޗުގައި، ބީ ގްރޫޕުން އެފްސީ ދަޑިމަގު އާއި ދަޑިމަގު ބީޓީ ބައްދަލުކުރި މެޗު 7-2 ގެ ބޮޑު ތަފާތަކުން މޮޅުވީ އެފްސީ ދަޑިމަގު ޓީމެވެ. މި މޮޅާއެކު އެފްސީ ދަޑިމަގު ޓީމު ވަނީ ގްރޫޕުގެ އެއްވަ ހޯދާފައެވެ. އަދި ދަޑިމަގު ބީޓީ މުބާރާތުން ކެޓީއެވެ.
ދަޑިިމަގު ދެޓީމު ބައްދަލުކުރި މިމެޗުގެ މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހުށަހަޅާފައިވާ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހާސިލު ކުރީ އެފްސީ ދަޑިމަގު ޓީމުގެ ޖާޒީ ނަމްބަރު 10 މުހައްމަދު މިގްދާދު އެވެ.
މި ގުރޫޕުން ވެސްް ވަނީ 3 ޓީމު ކުއާޓާ ފައިނަލުގެ ޖާގަ ހޯދާފައެވެ.
ގްރޫޕް ސީ
ރޭ ކުޅެވުނު މުބާރާތުގެ 18 ވަނަ މެޗުގައި ހޯދަޑު ސްޕޯޓްސް ޖޫނިއަސް އިން ވަނީ ދަޑިމަގޮ ފަންނު ޓީމު 2-0 އިން ބަލިކޮށް މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ހޯދާފައެވެ. މިމެޗުން މޮޅުވެ ޖުމްލަ 9 ޕޮއިންޓާއެކު އެޓީމު ވަނީ ގްރޫޕުގެ އެއްވަނައިގެ އިތުރުން ޓީމު ރޭންކިންގެ ވެސް އެއްވަނަ ހޯދާފައެވެ.
ރޭގެ ފަހު މެޗުން ބަލިވުމުން ދަޑިމަގޮ ފަންނު ޓީމު ވެސް މުބާރާތުން ކެޓީއެވެ. ރޭގެ މެޗު އެއްވަރު ކުރެވުނު ނަމަވެސް އެޓީމަށް ކުއާޓާރ ފައިނަލުން ޖާގައެއް ލިބުނީހެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ލިބޭ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހާސިލުކުރީ ހޯދަޑު ސްޕޯޓްސް ޖޫނިއަސްގެ ހުސޭން އަސްލަމު އެވެ.
މިގްރޫޕުން ކުއާޓާ ފައިނަލަށް ދިޔައީ ހޯދަޑު ސްޕޯޓްސް ގެ އިތުރުން 2 ވަނަ ޓީމުގެ ގޮތުގައި ނެރަގަނޑޮޮ އެފްސީ އެވެ.
މިރޭ ކުޅެވޭ ކުއާޓާ ފައިނަލުގެ ފުރަތަމަ މަޗު ފަށާނީ 20:30 ގައި ދެވަނަ މެޗު 21:30 ގައެވެ.
ޚިޔާލުތައް