ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލަށް ދަޑިމަގު ރަނިން އާއި ދޫނޑިގަލޯނާ ޓީމު ދަތުރުކޮށްފި

ހޭންޑްބޯޅަ މުބާރާތް 2020- ފުވައްމުލައް ސިޓީ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓގެީ އަވަށްތަކުގެ މެދުގައި މިހާރު ކުޅެވެމުންދާ އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަޑިމަގު ރަނިން ޓީމާއި ދޫނޑިގަލޯނާ ޓީމު ދަތުރުކޮށްފިއެވެ. މި ދެ ޓީމަކީވެސް ގްރޫޕް 2 އިން ސެމީ ފައިނަލަށް ހޮވުނު ދެޓީމެވެ. އެވެ.

ތިން ޓީމު ހިމެނޭ ގްރޫޕް 1 ގެ ހުރިހާ މެޗުތަކެއް މިހާރު ވަނީ ކުޅޭ ނިމިފައެވެ. ދަޑިމަގު ރަނިން ޓީމުން ކުޅުނު 2 މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު 12 ގޯލު ޖަހައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާފައެވެ. ދޫނޑިގަލޯނާ ޓީމުން މޮޅުވެފައިވަނީ މިގްރޫޕްގައި ދެން ހިމެނޭ މާދަޑު ފިސްޑާ ޓީމު އަތުންނެވެ.

ހޭންޑްބޯޅަ މުބާރާތް 2020. މެޗުގެ މޮޅު ކުޅުންތެރިން

ގްރޫޕް 1 ގެ ދެމެޗު އަދި ނުކުޅެވި އެބައޮތެވެ. އިއްޔެ ކުޅެން ތާވަލުކުރެވިފައިވި، އެ ދެ މެޗުވެސް ވިއްސާރައިގެ ސަބަބުން ވަނީ މިއަދަށް، 2 ސެޕްޓެމްބަރަށް ލަސްކުރެވިފައެވެ. މިގްރޫޕްއިން މިހާރު ކުރީގައި އުޅެނީ 4 ޕޮއިންޓާއެކު މާލެގަމު ކަނބަލުންޓީމާއި ފުނާޑް ސްޕޯޓްސް ޔުނިއަން ޓީމެވެ. ދެން ވާދަކުރަނީ ހޯދަޑު ހަވިއްތަ ސްޕޯޓްސް ޓީމެވެ. އެޓީމަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ކޮންމެ ޓީމަކަށްވެސް ބާލީ 1 މެޗު އޮވެ، ފުނާޑު ޓީމާއި ހޯދަޑު ޓީމު ވާދަކުރަން ޖެހެތީ އެމެޗުގެ ފޯރި ގަދަވާނަކަމަށް ބެލެވެއެވެ. އެމެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގަ ޔަގީން ވާނެއެވެ.

އަންހެނުންގެ ހޭންޑްބޯޅަ މުބާރާތް 2020. ޕޮއިންޓް ޓޭބަލް

މިއަދު ހޯދަޑު ހަވިއްތަ ޓީމާއި ފުނާޑް ސްޕޯޓްސް ޔުނިއަން ބައްދަލުކުރާ މެޗުގެ ފޯރި ގަނަވާނެ އައެއް ސަބަބަކީ ދެޓީމު އެއްވަރުވެ، އަދި ގްރޫޕްގެ ފަހުމެޗުފގައި މާލެގަމު ކަނބަލުންގެ ޓީމު ދިގުވާނޑު ޓީމު އަތުން ބަލިވެއްޖެ ނަމަ އެ ދެ ޓީމުވެސް ކަޓާއި ސެމީ ފައިނަލުގެ ދެޖާގަ ފުނާޑު ޓީމަށާއި ހޯދަޑު ޓީމަށް ލިބުމުގެ ފުރުސަތު ވެސް އޮތުމުންނެވެ.

ފުވައްމުލކު ސްޓޭޑިއަމްގެ ވެލިދަނޑުގައި ކުޅޭ މިމުބާރާތުގެ 7 އަވަށަކުން ޓީމުތައް ވާދަކުރެއެވެ. މިއަދު މިއަދުގެ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައެވެ. އަދި ދެވަނަ މެޗު 5:00 ގައެވެ. މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ޓީމުތައް ދެ ގްރުޕަކަށް ބަހާލައިގެން ގްރޫޕްގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށްފަހު ގުރޫޕުން އެންމެ މޮޅުވާ ދެ ޓީމެއް ސެމީ ފައިނަލަށް ވާދާކުރާ ގޮތަށެވެ. ސެމީ ފައިނަލުގައި ކްރޮސްކޮށް ކުޅެ މޮޅުވާ ދެޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމޖެހިފައި ވަނީ ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ.

މުބާރާތުގެ ތާވަލަށް ގެނެވުނު ބަދަލާއެކު ސެމީފައިނަލް ދެ މެޗު ވެސް ކުޅޭނީ 4 ސެޕްޓެމްބަރުގެ ހަވީރުގައެވެ.

އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ތާވަލް އަދި ސްކޯ ޗާޓް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments