A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް: މާލެގަން ޓީމުން މޮޅަށްކުޅެ ސެމީފައިނަލަށް

މާލެގަން ޓީމު 1-0 އިން މޮޅުވެ ސެމީފައިނަލަށް

ވަގުތު ފުޓްސަލް ޗެލެންޖްގައި ފުވައްމުލައް ސިޓީއިން ބައިވެރިވި މާލެގަމު ސްޕޯޓްސް ކްލަބު ކުއާޓަރ ފައިނަލުގައި މޮޅަށްކުޅެ ސެމީފައިނަލުގެ ޖާގަ ހޯދައިފިއެވެ. ރޭ ކުޅެވުނު ސެމީފައިނަލް މެޗުގެ ފަހު ވަގުތު ގޯލެއް ޖަހައި، 1-0 އިން ޒެލޮން ޓީމު ބަލިކޮށް މާލެގަން ޓީމު ވަނީ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ.

ރޭ ގެ މެޗު ފަށައިގެން މާލެގަމު ޓީމުން މޮޅަށް ކުޅެމުން ގިނަ ހަމަލާތަކެއް ޒެލޮންގެ ގޯލަށް ދެމުންދިޔައެވެ. ޒެލޮން ޓީމުގެ ހަމަލާތައް ފެނުނީ ކައުންޓަރ އެޓޭކް ހަމަލާތަކެއްގެ ގޮތުގައެވެ.

މާލެގަމު ސްޕޯރޓްސް ކްލަބު

ދެވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅެ ގިނައަރު ބޯޅަ ގެންގުޅެފައިވަނީ މާލެގަމު ޓީމުންނެވެ. އަދި ގިނަ ހަމަލާތަކެއް ވެސް ދެމުން ދިއައީ އެޓީމުންނެވެ. މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރެވުނީ ދެވަނަ ހާފުގެ 13 ވަނަ މިނިޓްގައި އެޓީމުގެ ޒަޔާން އާއި އަރީޝް ގުޅިގެން އުފެއްދި ހަމަލާއެއްގައެވެ. ޒަޔާން ޓީމު ހާފުގެތެރެއިން ބޯޅަ ހިފައިގެން ކުރިއަރާ ކާނާތްފަޅިން އަރީޝް އަށް ޕާސްކުރުމުން، އޭނާ ގޯލް ތެރެއަށް ހުރަސްކުރި ބޯޅަ، ގޯލްކީޕަރު ކަޓާއިފައި ހުރި ހުސްގޯލަށް ޒަޔާން (ޖ.14) ފަސޭހަކަމާއެކު ވައްދާލިއެވެ.

ކުއަރޓާފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ މާލެގަމު ޓީމުގެ އަޖުމަލް އަހުމަދު. ޖ. 7

 

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާލެގަން ޓީމުގެ ޖޯޒީ ނަމްބަރު 7 އަޖުމަލް އަހުމަދުއެވެ. މުބާރާތުގެ ސެމީފައިނަލުގައި މާލެގަން ޓީމު ވާދަކުރާނީ މިރޭ ކުއާޓަރ ފައިނަލް ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީފައިނަލް މެޗުތަކުގެ ތާރީޚަަށް ބަދަލުގެނެސް މިހާރު ކުޅެން ހަމަޖެހިފައި ވަނީ 23 ޑިސެމްބަރުގެ 21:00 އާއި 22:00 ގައެވެ.

މާލެގަމު ޓީމުގެ ކޯޗު އަިސްމާއީލް

މުބާރާތުގެ ދެވަނަ ބުރުގައި ހޯދަޑު ސްޕޯޓްސް ކްލަބު ބަލިކުރި ފޭދޫ ލޮނަ ޓީމުން މުބާރާތުގެ ގަވާއިދާއި ޚިލާފަށް ކުޅުންތެރިއަކު ލައްވައި އެޓީމަށް ކުޅުވާފައިވާތ،ީ އެޓީމު މުބާރާތުން ވަކިކޮށް ހޯދަޑު ސްޕޯރޓްސްއަށް ކުއާރޓަފައިނަލުގެ ޖާގަ ވަނީ ލިބިފައެވެ. އެގޮތުން ހޯދަޑު ސްޕޯޓްސް ކުއާޓަރ ފައިނަލުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ ޓީމާއެވެ. އެއީ މިމުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމުގެ ގޮތުގައި ބެލެވިފައިވާ ޓީމެވެ.

ކުއާރޓާ ފައިނަލުގައި ފުވައްމުލައް ސިޓީގެ ދެޓީމާއި ވާދަކުރާ ދެޓީމު

ހޯދަޑު ސްޕޯރޓްސް އާއި އެފްސީ އުސްގަނޑަ ޓީމުގެ މެޗު އޮންނާނީ މިރޭ، 21 ޑިސެމްބަރު 2020 ގައެވެ.

މިމުބާރާތުގައި ފުވައްމުލަކުން ބައިވެރިވި 3 ޓީމުގެ ތެރެއިން ކުއާރޓާ ފައިނަލުގެ ފުރުސަތު ނުލިބި ދެވަނަ ބުރުން ކަޓާއިގެން ދިޔައީ ދިގުވާޑު ސްޕޯޓްސް އެވެ.

ހޯދަޑު ސްޕޯޓްސް އަށް ކުރިޔަށް ދިއުމަށް ލިބުނު ފުރުސަތެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !