A wide advertisement which will be shown on all devices. (700 x 100)

ވަގުތު ފުޓްސަލް މުބާރާތުގެ 3 ވަނަ މާލެގަން ސްޕޯޓްސް ކްލަބަށް

ވަގުތު ފުޓްސަލް ޗެލެންޖް 2020 3 ވަނަ މާލެގަން އެފްސީ އަށް

ވަގުތު ފުޓްސަލް ޗެލެންޖް 2020 ގެ 3 ވަނަ މަގާމު މާލެގަމު ސްޕޯޓްސް ކްލަބުއިން ހާސިލުކޮށްފިއެވެ. ރޭ ކުޅުވުނު މި މުބާރާތުގެ 3 ވަނަ ހޮވާ މެޗުގައި މާލެގަން ސްޕޯޓްސް އިން ވަނީ މުބާރާތުގެ ގަދަ ބާރެއް ކަމުގައި ބެލެވުނު އެފްސީ ސްޕްރިންޓް 3-2 އިން ބަލިކޮށް މުބާރާތުގެ 3 ވަނަ މަގާމު ހޯދާފައެވެ.

ރޭގެ 3 ވަނަ ހޮވާ މެޗު ދެ ޓީމުންވެސް ފެށީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުންވެސް އިދިކޮޅު ގޯލަށް ހަމަލާތައް ދެމުން ދިޔައެވެ. ނަމަވެސް މެޗުގައި ފުރަތމަ 2 ގޯލު ޖަހައި 2-0 ގެ ލީޑެއް އެފްސީ ސްޕްރިންޓް އިން ހޯދިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާލެގަން ޓީމުގެ ތަޝްމީން ގޯލެއް ކާމިޔާބުކޮށް އުއްމީދު އާކުރިއެވެ. ދެވަނަ ހާފުކުޅެން ނުކުމެ މޮޅުކުޅުމެއް ދައްކައި ހާފުގެ ކުރީ ކޮޅު މެޗުގެ ނަތީޖާ 2-2 އިން އެއްވަރު ކުރީ ކެޕްޓަން އިބްރާހިމް އަރީޝްގެ ގޯލަކުންނެވެ. އަދި ހާފުގެ ފަހު ވަގުތު މުހައްމަދު ތަޝްމީން 2 ވަނަ ގޯލެއް ޖަހައި މެޗުން ކުރި ހޯދީ 3-2 އިންނެވެ.

މުބާރާތުގެ 3 ވަނަ ހޮވި މެޗުގައި މާލެގަން ޓީމުގެ ކުޅުންތެރިއަކު ބޯޅައާއެކު ކުރިޔަށް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލެގަން ޓީމުގެ މުހައްމަދު ތަޝްމީން އެވެ. އޭނާ ވަނީ މުޅު މުބާރާތުގެ އެނެމް މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ. މާލެގަން ސްޕޯޓްސް ކްލަބަށް މުބާރާތުގެ އެންމެ ރަނގަޅު ސަޕޯޓަރުން ތިބި ޓީމަކަށް ދޭ ޓްރޮފީ ވެސް ލިބިފައިވެއެވެ. މީގެ އިތުރުން މި މަގާމު ލިބިުނިއަނެއް ޓީމަކީ އެފްސީ ހަބޭސް އެވެ.

މިމުބާރާތުގެ ޗެމްޕއިންކަން ހޯދީ ފާއިތުވި އހަރުގެ ވެސް ޗެމްޕއިން އެފްސީ އުސްގަނޑަ ޓީމެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ރޭގައި ކުޅެވުނުު މުބާރާތުގެ ފައިނަލް މެޗުގައި 1-0 އިން މައިލޯ އެފްސީ ބަލިކޮށްގެނެނެވެ. މިމެޗުގެ މުޅޮ ކުޅުންތެރިއަކީ އުސްގަނޑަ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފެވެ.

މުބާރާތުގެ ޗެމްޕިއަން އުސްގަނޑަ ޓީމު – 2020

މުބާރާތް ރޭގައި ނިމުމުން މުބާރާތުގެ ވަނަތަކަ ސްއިނާމު ދިނުން ބާއްވާފައި ވެއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަހުމަދު އަޔާޒް – އެފްސީ އުސްގަނޑަ

އެންމެ މޮޅު ގޯލްކީޕަރ، އިބްރާހިމް ނަޖާހު – އުސްގަނޑަ

އެންމެ އުންމީދީ ކުޅުންތެރިޔާ، މުހައްމަދު ހާޒިމް (މަޓާ) – އެފްސީ ސްޕްރިންޓް

ޓޮޕް ސްކޯރަރ، ހުޒައިފަތު ރަޝީދު(ހުޒޭ) 20 ގޯލު، އެފްސީ ޓޮޕް ބްރަދާސް

މުބާރާތުގެ އެންމެ މޮލު 5 ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

އަހުމަދު އަޔާޒް – އެފްސީ އުސްގަނޑަ
އިސްމާއިލް ވިފާގް – އެފްސީ ސްޕްރިންޓް
މުހަންމަދު ސިރުހާން – މައިލޯ ސިޓީ އެފްސީ
މުހައްމަދު ތަޝްމީން – މާލެގަން ސްޕޯޓްސް ކުލަބް
އަމީން އިބްރާހިމް – އެފްސީ ބޭރުމަތި

ހޯދަޑު ސްޕޯޓްސް އަށް މުބާރާތުގެ ކުއާޓާފައިނަލުގަިއ ކުޅުނު 2020

ފުވައްމުލައް ސިޓީއިން މި ފަހަރުގެ މުބާރާތުގައި ބައިވެރިވި 3 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ކާމިޔާބީއެއް ހާސިލުކުރީ މާލެގަމު ސްޕޯޓްސް ކްލަބުންނެވެ. ދެން ވާދަކުރި ހޯދަޑު ސްޕޯރޓްސް އާއި ދިގުވާޑް ސްޕޯރޓްސް ވެސް ދެވަނަ ބުރުގެ ޖާގަހޯދިއެވެ. އެ ދެ ޓީމުވެސް ދެވަނަ ބުރުގައި ކުޅުނު މެޗުން ބަލިވީއެވެ. ނަމަވެސް ހޯދަޑު ސްޕޯޓްސް ދެވަނަ ބުރުގައި ވާދަކުރި ފޭދޫ ލޮނަ ޓީމު މުބާރާތުގެ ގަވާއިދާއި ޚިލާފުވުމުން މުބާރާތުން ވަކިކުރުމުން ކުއާޓާފައިނަލުގައި ކުޅެފައެވެ.

މުބާރާތުގެ 2 ވަނަ ބުރުގައި ދިގުވާޑު ސްޓްސް ޓީމު ވާދަކުރި 2020

މިމުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ކަނޑައަޅަފައި ވަނީ ތިންވަނަ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. އަދި ޗެމްޕިއަން ޓީމަށް 150،000ރ. އެވެ. މިފަހަރުގެ މުބާރާތް ސްޕްންސަރކޯސްފަިއވަނީ “ޑްރީމްސް ޕިއްޒާ” އިންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !