A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ބާއްވާ ރަމަޟާން ކުރިކެޓު ކާނިވަލް މިމަހު 23 ގައި ފެށެނީ

ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަމަޟާން ކްރިކެޓް ކާނިވަލް އަންނަ ހުކުރު ދުވަހު ފެށޭނެއެވެ. މިމަހު 23 އިން ފެށިގެން މިމަހުގެ 30 ނިޔަލަށް ކުރިއަށް ދާނީ މިމުބާރާތުގެ ފިރިހެނުންގެ ބައެވެ. ހަތް ކުޅުންތެރިންނާއިއެކު 6 އޯވަރަށް ކުޅޭ މިކްރިކެޓް މުބާރާތުގެ އެއްވަނަ ޓީމަށް 3000 ރުފިޔާ އަދި ދެވަނަ ޓީމަށް 1000 ރުފިޔާ ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހަވީރު 4.30 އިން 5.45 އާއި ހަމައަށް ކަމަށް ކްރިކެޓް ފުވައްމުލަކުން ހާމަކުރެއެވެ.

މިމުބާރާތުގެ އަންހެނުންގެ ބައިގެ މެޗުތައް ފެށޭނީ އަންނަ މެއީ މަހު އެންވަނަ ދުވަހުގައެވެ. ފުވައްމުލަކުގެ އިތުރުން މާލޭގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލް ކުރިއަށް އެބަދެއެވެ. މާލޭގެ އިތުރުން ކްރިކެޓް އެންމެ ފޯރިއާއިއެކު ކުރިއަށްދާ އެއްރަށަކީ ފުވައްމުލަކެވެ. އަދި މިރަށުން ވަނީ ކްރިކެޓްގައި ގިނަ ކާމިޔާބީތަކެއް ޖޫނިއާ ލެވެލްގައްޔާއި އަންހެނުންގެ ބައިން ހޯދާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !