A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2020ގެ ފޯރި: ގަދަ 16ގެ ޓީމުތައް ކަނޑައެޅިއްޖެ

ޔޫރޯ2020 ގަދަ 16ގެ މެޗުތައް

މިހާރު ކުރިޔަށްދާ ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމި ގަދަ 16 ޓީމު ރޭގައި ވަނީ ކަނޑައެޅިފައެވެ. ޔޫރަޕުގެ ހުރިހާ ގަދަ ބާރެއްވެސް މިވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.

އެގޮތުން މުބާރާޓުގެ ފޭވަރިޓުން ކަމަށް ބެލެވޭ ފްރާންސަށް ރޭގެ މެޗުގައި އެންމެ ފަހުގެ  ޔޫރޯ ޗެމްޕިއަން ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުން ފްރާންސަށް ގްރޫޕްގެ އެއްވަނަ ލިބި، އަދި ކަޓާނެ ކަމަުގެ ބިރުއޮތް ޕޯޗުގަލް އަށް ވެސް 2 ވަނަބުރުގެ ޖާގައެއް ލިބިގެން ދިޔައެވެ.

ގްރޫޕް އޭ

އިޓަލީގެ މޮޅުކުޅުމާއެކު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއި ފައިދާ 7 ގޯލާއެކު ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި 2 ވަނަ ބުރު ޔަގީން ކުރިއެވެ. މިގްރޫޕން 2 ވަނަ ގެރެތު ބޭލސްގެ ވޭލްސް އަށ ްލިބެނީ 4 ޕޮއިންޓާއި އެކު ފައިދާ 1 ގޯލުންނެވެ. އަދި 4 ޕޮއިނޓާއި ގެއްލުން 1 ގޯލުން ސްވިޒާލޭންޑަށް ވަނީ އެންމެ ރަގނަޅު ނަތީޖާހޯދި 3 ވަނަ ޓީމުގެ 4ފުރުސަތުގެ ތެރެިން ފުރުސަތެއް ލިބިފައެވެ. މިގްރޫޕުން ކެޓީ ކުރިން މިމުބާރާތުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވުނު ތުރުކީއެވެ.

  1. އިޓަލީ 9 ޕ، 7 ގޯލް
  2. ވޭލްސް 4 ޕ، 1 ގޯލު
  3. ސްވިޒާލޭންޑް 4 ޕ، 1- ގޯލު

ޔޫރޯ2020 ގަދަ 16ގެ މެޗުތައް

ގްރޫޕް ބީ

ގްރޫޕް ބީގައި ބެލްޖިއަމް ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއެކު ފައިދާ 6 ގޯލާއި ގްރޫޕްގެ އެއްވަނަ ވަނީ ހޯދާފައެވެ. މިގްރޫޕުން ދެވަނަ ޑެންމާކްއަށް ލިބެނީ 3 ޕޮއިންޓާއެކު ފައިދާ 1 ގޯލުންނެވެ. މިގްރޫޕުން ކެޓީ ފިންލޭންޑާއި ރަޝިއާއަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ.

  1. ބެލްޖިއަމް 9 ޕ، 6 ގޯލް
  2. ޑެންމާކް 3 ޕ، 1 ގޯލު

ގްރޫޕް ސީ

ގްރޫޕް ސީގައި ނެދާލޭންޑް ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއެކު ފައިދާ 6 ގޯލާއި ގްރޫޕްގެ އެއްވަނަ ވަނީ ހޯދާފައެވެ. މިގްރޫޕުން އޮސްޓްރިއާއަށް ދެވަނަ ލިބެނީ 6 ޕޮއިންޓާއެކު ފައިދާ 1 ގޯލުންނެވެ. މިގްރޫޕުގެ 3 ވަނަ ޓީމުގެ ގޮތުގައި ޔުކުރޭންނަށް 3 ޕޮއިންޓާއި ގެއްލުން 1 ގޯލާއެކު ވަނީ އެންމެ މޮޅު 3 ވަނަ ޓީމުތަކުގެ 4 ޖާގައިގެ ތެރެއިން ޖާގައެއް ލިބި ދެވަނަބުރުން ފުރުސަތު ލިބފައެވެ. މިގްރޫޕުން ކެޓީ އަލަށް މިމުބާރާތުަގައި ކުޅުނު ނޯތު މެސަޑޫނީއާ އެވެ.

  1. ނެދަލޭންޑް 9 ޕ، 6 ގޯލް
  2. އޮސްޓްރިއާ 6 ޕ، 1 ގޯލު
  3. ޔުކްރޭން 3 ޕ، 1- ގޯލު

ގްރޫޕް ޑީ

ގްރޫޕް ޑީގައި އިންގްލޭންޑަށް 1 ވަނަ ލިބެނީ 7 ޕޮއިންޓާއި ފައިދާ 2 ގޯލާއެކު، ދެމެޗުން މޮޅުވެ އެއް މެޗު އެއްވަރުވެގެންނެވެ. މިގްރޫޕުން ދެވަނަ ކްރޮއޭޝިއާ އަށް ލިބެނީ 4 ޕޮއިންޓާއެކު ފައިދާ 1 ގޯލާއެކު 3 ވަނަ ލިބޭ ޗެކްރިޕަބްލިކަށް ވުރެ ޖެހި ގޯލު 4-4 އިން ކުރި ލިބޭތީއެވެ. އެއާއެކު 3 ވަނަ ލިބޭ ޗެކްރިޕަބްލިކު ވެސް  ދެވަނަ ބުރުގެ ޖާގައެއް ކަށްވަރުކޮށް ފައެވެ. މިގްރޫޕުން ކެޓި ސްކޮތްލޭންޑަށް ހޯދުނީ އެއްޕޮއިންޓެވެ.

  1. އިންގްލޭންޑް 7 ޕ، 2 ގޯލް
  2. ކްރޮއޭޝިއާ 4 ޕ، ފައިދާ 1 ގޯލު ޖެހިގޯލު 4
  3. ޗެކް ރިޕަބްލިކް 4 ޕ، ފައިދާ 1 ގޯލު، ޖެހިގޯލު 3

ގްރޫޕް އީ

ގްރޫޕް އީ އިން ސްވިޑެން އަށް ވެސް އެއްވަނ ލިބެނީ 7 ޕޮއިންޓާއި ފައިދާ 2 ގޯލާއި އެކުއެވެ. މިގްރޫޕުން ސްޕެއިން ގްރޫޕްގެ ފަހު މެޗުގައި ހޯދި ބޮޑު މޮޅާއެކު ސްލޮވާކިއާ ވަނީ މުބާރާތާއި ވަކި ވާން ޖެހިފައެވެ. ސްޕޭން އަށް ގްރޫޕްގެ ދެވަނަ ލިބެނީ އެއް މޮޅާއި ދެމެޗުން އެއްވަރުވެ 5 ޕޮއިންޓާއި ފައިދާ 5 ގޮޅާވެއެ އެކު އެވެ. ރޭގެ މެޗުގައި 5-0 ގެ ބޮޑު ތަފާތަކުން ބަލި ވެ މުބާރާތުގައި 3 ޕޮިއނތް ހޯދައި ފުރަތަމަކޮޅު ގާއިމުކުރި އުއްމީދުވަނީ ގެއްލިގެން ގޮސްފައެވެ. މި ގްރޫޕުން ސްލޮވާކިއާ އާއި ޕޮލެންޑް ވަނީ ކަޓާފައެވެ. ޕޮލެންޑށް ހޯދުނުނީ އެންމެ ޕޮއިންޓެކެވެ.

  1. ސްވިޑެން 7 ޕ، 2 ގޯލް
  2. ސްޕޭން 5 ޕ، 5 ގޯލު

ގްރޫޕް އެފް

ގްރޫޕް އެފް އަކީ މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ގްރޫޕެވެ. މިގްރޫޕުގައި ތިބީ މުޅިންވެސް ކުރީގެ ޗެމްޕިއަނުންނެވެ. އެގޮތުން ވާދަވެރި މެޗްތަކަކަށްފަހު ގްރޫޕްގެ 1 ވަނަ ފްރާންސަށް ލިބުނީ 5 ޕޮއިންޓާއެކު، ރޭ ޕޯޗުގަލްގެ މެޗު 2- އިން އެއްވަރުވުމުން ނެވެ. ގްރޫޕްގެ ދެވަނަ ޖަރުމަނުން ހޯދީ ކުރިން ޕޯޗްގަލް އާއެކު ހޯދި 4-2 ގެ ބޮޑު މޮޅުގެ ފައިދާއިންނެވެ. ޖަރުމަނަށް 2 ވަނަ ލިބެނީ 4 ޕޮއިންޓާއި ފައިދާ 1 ގޯލާއެކު، ޕޯޗްގަލް އާއި ‘ހެޑް-ޓު-ހެޑް’ މެޗުގެ ނަތީޖާއިން މޮޅުވެފައި ވުމުންނެވެ.

ޔޫއެފާ މުބާރާތްތަކުގައި ޕޮއިންޓުން އެއްވަރުވުމުން ފުރަތަމަ ބަލަނީ ފައިދާ ގޯލު ނުވަތަ ގޯލް ތަފާތަށެވެ. އެގޮތުން އެއްވަރުވެއްޖެ ނަމަ ހެޑް-ޓު-ހެޑް (އެ ދެ ޓީމެއް ބައްދަލުކުރިމެޗުގެ ނަތީޖާ) އަށެވެ. އެގޮތުން ވެސް އެއްވަރުވެއްޖެނަމަ އެގޮތުން ވެސް އެއްވަރުވެއްޖެނަމަ ދެން ބަލަނީ ޖެހި ގޯލަށެވެ. މިގްރޫޕުން 3 ވަނަ ލިބޭ ޕޯޗްގަލްއަށް ވެސް 4 ޕޮއިންޓާއި ފައިދާ 1 ގޯލާއެކު ދެވަނަ ބުރުގެ ޖާގައެއް ލިބިފައި ވެއެވެ.

  1. ފްރާންސް 5 ޕ، 1 ގޯލް
  2. ޖަރުމަން 4 ޕ، ފައިދާ 1 ގޯލު ޖެހިގޯލު 6
  3. ޕޯޗްގަލް 4 ޕ، ފައިދާ 1 ގޯލު، ޖެހިގޯލު 7 (ހެޑް-ޓު-ހެޑް 2-4 ޖަރުމަން)

ޔޫރޯ 2020 ގްރޫޕް އޮފް ޑެތު އިން ސަލާމަތް ނުވީ ހަންގޭރީއަށް

ޔޫއެފާ ޔޫރޯ މުބާރާތަކީ ކޮންމެ 4 އަހަރަކުން އެއްފަހަރު ވޯލްޑްކާޕާއި ދިމާނުވާގޮތަށް ބާއްވާ ޔޫރަޕުގެ އެނެމް ވަރުގަދަ ފުޓުބޯޅަ މުބާރާތެވެ. މިމުބާރާތުގެ ފޯރި ގަދަވަނީ މިއީ ދުނިޔޭގައި ތިބި މޮޅު ފުޓުބޯޅަ ކުޅުންތެރިން އެންމެ ގިނައިން ކޫޅޭ މުބާރާތަށް ވެސް ވުމުންނެވެ.

ދެން އޮތީ މިޓިމުތައް ވާދަކުރަން ޖެހޭ ޓީމުތަކެވެ. މުބާރާތުގެ މަޝްހޫރު ބޮޑެތި ޓީމުތައް ވަނީ އެއްފަޅިއެއްގައެވެ. އެގޮތުން ފްރާންސް، ބެލްޖިއަމް، ސްޕޭން އިޓާލި ހިމެނެނީ ބްރެކެޓްގެ އެއްފަޅިއެއްގައެވެ. އަނެއްފަޅިގައި އިތި ބޮޑެތި ޓިމުތަކަކީ އިންގިރޭސިންނާއި ޖަރުމަނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !