A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2020: ޑެންމާކް އާއި އިޓާލީ އިން ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފި

އިޓާލީ ޔޫރޯ2020ގެ ކުއާޓާ ފައިނަލަށް

ރޭ ނެދަލޭންޑްގެ އެމްސްޓަޑެމް އާއި ލަންޑަންގެ ވެމްބްލީގައި ކުޅެވުނު ޔޫރޯ 2020ގެ ދެވަނަ ބުރުގެ ދެ މެޗު ކާމިޔާބުކޮށްގެން އިޓާލީ އާއި ޑެންމާކް ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި ޑެންމާކް އާއި ވޭލްސް ބައްދަލުކޮށް ޑެންމާކުއިން މެޗު ކާމިޔާބުކުރީ 4-0 ގެ ބޮޑު ތަފާތަކުން ގެރެތު ބޭލްގެ ވޭލްސް ޓީމު ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ގޯލު 27 ވަނަ މިނިޓްގައި ޖަހައިދީ އަދި ދެވަނަ ހާފު ފެށިގެން ކުރީ ކޮޅު 2 ވަނަ ގޯލެއް ޖަހައި ދިނީ މި މިޗުގެ “ސްޓާ އޮފް ދަމެޗް” ޑެންމާކްގެ ޑޮލްބާގް (ޖ.12) އެވެ. އަނެއް ދެލަނޑު ކާމިޔާބުކޮށް ދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެހެލޭ އާއި ބްރެތުވެއިޓްއެވެ.

ޑެންމާކް ޔޫރޯ2020ގެ ކުއާޓާ ފައިނަލަށް

މިމެޗުގައި ހުރިހާ ގޮތަކުންވެސް ޑެންމާކްގެ ކުޅުން މޮޅެވެ. އެޓީމު ބޯޅަ ހިފެހެއްޓި ވަގުތާއި އެޓޭކިން ކުޅުން އަދި އިދިކޮޅު ގޯލަށް ދިން ހަމަލާ ވެސް އިތުރެވެ. އެޓީމުން 13 ހަމަލާ ދިން އިރު ވޭލްސްއަށް ދެވިފައިވަނީ 6 ހަމަލާއެވެ. މެޗުގެ ފަހު ވަގުތުކޮޅު މުބާރާތުގައި ވޭލްސް ޓިީމުގެ ދެވަނަ ރަތްކާޑާއިއެކު ވިލްސަން ވަނީ މެޗުން ފޮނުވާލާފައެވެ.

ރޭގެ ދެވަނަ މެޗު ކުރިން ބެލެވިފައިވާ ފަދަ މޮޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އިޓަލިން ވަނީ އޮސްޓްރީއާގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ. މެޗުގެ ފުރަތަމަ 90 މިނިޓް ގޯލެއްނުޖެހި އެއްވަރުވުމުން ކުޅެވުނު އިތުރު ވަގުތުގައި އިޓާލީގެ ޗިއޭސާ ގޯލެއް ކާމިޔާބުކޮށްދީފައި ވަނިކޮށް އޮސްޓްރިއާގެ ކަލަޖިކްގެ ވަނީ ނަތީޖާ 1-1 އިން އެއްވަރުކޮށްދީ މެޗުގެ ފޯރި ގަދަކޮށްދީފައެވެ. ނަމަވެސް އިޓަލީއިން އިތުރު ލަނޑެއްޖަހައި މެޗުން މޮޅުވިއެވެ. އިޓާލީގެ ފޯވަޑް ޗިއެސާ ބުނެފައިވަނީ އޮސްޓްރިއާއިން މޮޅަށް ކުޅުނު ކަމަށާއި ނަމަވެސް އިޓަލީން ވަނީ އެމީހުންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި މެޗުން މޮޅުވެފައި ކަމަށެވެ. އޮސްޓްރިއާގެ ފޯވަޑް ބުނެފައި ވަނީ އެމީހުނަށް 90 މިނިޓް ތެރޭގައި މޮޅުވުމަށް ފުރުސަތު ލިބުނު ނަމަވެސް ނަސީބު އެމީހުންނާއި އެއްކޮޅަށް ނެތުމުން ބަލިވީ ކަމަށެވެ.

ރޭގެ މޮޅާއެކު މި ދެޓީމު މިހާތަނަށް 37 ފަހަރު ވާދަކޮށްފައި ވެއެވެ. އެއިގެ ތެރެއިން 17 ފަހަރު އިޓާލީ މޮޅުވި އިއުރު 8 ފަހަރު އެއްވަރުވެ އަދި 12 ފަހަރު އޮސްޓްރިއާ މޮޅުވެފައި ވެއެވެ. އިޓާލީއަށް އޮސްޓްރިއާ ކޮޅަށް 49 ގޯލު ޖެހިފައިވާއިރު އޮސްޓްރިއާ އިން އިޓާލީ ކޮޅަށް 56 ގޯލް ޖަހާފައި ވެއެވެ.

ޔޫރޯ 2020 ކާމިޔާބު ކުރާނީ ކޮންޓީމެއް ބާ؟

މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ؛

ނެދާލޭންޑސް އާއި ޗެކްރިޕަބްލިކް – ބުޑަޕެސްޓް، ހަންގޭރީ ގައި

ބެލްޖިއަމް އާއި ޕޯޗްގަލް – ސެވިއާ، ސްޕޭން

ކުއާޓާ ފައިނަލުގައި އިޓާލީ ވާދަކުރާނީ މިރޭ ބެލްޖިއަމް އަދި ޕޯޗްގަލް މެޗުން މޮޅުވާ ޓީމަކާއެވެ. އަދި ޑެން މާކް ބައްދަލުކުރާނީ މިރޭ ނެދާލޭންޑްސް އާއި ޗެކްރިޕަބްލިކްގެ މޗުން މޮޅުވާ ޓީމަކާއެވެ.

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !