ރޭ ކުޅެވުނު ޔޫރޯ 2020 މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުން ފްރާންސް ކަޓައި ސްވިޒާލޭންޑް އާއި ސްޕޭން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސް މިމުބާރާތުން ވަކިވެގެން ދިޔައީ ރޭ ސްވިޒާލޭންޑާއި ބައްދަލުކުރި މެޗު އެއްވަރުވެ ޕެނަލްޓީން ބަލިވެގެނެވެ.
ހަންގޭރީގެ ބުކަރެސްޓްގެ ނެޝަނަލް އެރީނާ ގައި ރޭ ކުޅެވުނު ޔޫރޯ 2020 ގެ ދެވަނަ ބުރުގެ 6 ވަނަ މެޗުގައި ފްރާންސް އާއި ސްވިޒާލޭންޑް ބައްދަލުކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗު ފެށިގެން ފުރަތަމަ ހާފުގައި ސްވިޒަލޭންޑުން ގޯލެއް ކާމިޔާބުކޮށް ލީޑުނެގިއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ގާތް ގާތުގައި ބެންޒަމާ (ޖ.19) ޖަހައިދިން ދެ ގޯލުން މެޗުގަައި ފްރާންސުން ކުރި ހޯދިއެވެ. އަދި އެއިގެ ފަހުން މަޝްހޫރު މިޑްފީލްޑާ ޕޮގްބާގެ ގޯލަކުން ލީޑު 3-1 އަށް ފުޅާކުރިއެވެ. މިމެޗުގެ ފަހު 10 މިނިޓާއި ހަމައަށް ދިޔައިރުވެސް ފްރާންސް އޮތީ 2 ލަޑުގެ ލީޑަކުން ކުރީގައެވެ.

ފްރާންސް ޓީމު މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައި
ސްވިޒާލޭންޑުން މެޗުގައި ކުރި ހިތްވަރާއެކު ވަނީ މެޗުގެ ގެ 81 ވަނަ މިނިޓްގައި ގޯލެއް އަދި 90 ވަނަ މިނިޓްގައި ގޯލެއް ޖަހައި 3-3 އިން ނަތިޖާ އެއްވަރުކޮށްފައެވެ. އިތުރުވަގުތު ކުޅެ ނަތީޖާއަށް ބަދަލެއް ނައައުމުން، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސްވިޒާލޭންޑުން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ. ނަމަވެސް ފްރާންސްގެ އިތުބާރު ފޯވަޑް ކިލިއަން އެމްބާޕޭ ފޮނުވާލި ފަހު ޕެނަލްޓީ ސުވިސް ކީޕަރު ދިފާކުކޮށް މެޗުން މޮޅުވިއެވެ.
މިނަތީޖާއާއެކު މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަބަޔަކު އުއްމީދުކުރި ފްރާންސް ވެސް ކަޓައިގެން ދިޔައީއެވެ. ރޭގައިވަނީ ޕޯޗްގަލް ވެސް ކަޓައިގެން ގޮސްފައެވެ.

މުބާރާތުގެ މޮޅު ކުޅުމެއް ދައަމުން ދިޔަ ބެންޒަމާ މުބާރާތާއި ވަކިޔަސް ސްވިޒަލޭންޑްގެ ޝަކިރީ ފެނިގެންދާނެ.
ރޭގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ޓީމުން ވަނީ މެޗުގެ ފުރިހަމަ ވަގުތުގައި ވަރުގަދަ ސްޕޭނާއި އެއްވަރުކޮށް ފުރިހަމަ 90 މިނިޓްގެ ކުޅުމުގައި ހިފަހައްޓާލާފައެވެ. މެޗުގެ ކުރީ ކޮޅު ސްޕޭން ޓީމުގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކަކުން ބައިކޮޅަށް ގޯލެއް ވަނުމާއިއެކު ކްރޮއެޝިއާގެ ހިތްވަރު އާލާވެގެން ދިޔައެވެ. ނަމަވެސް ސްޕޭނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗު އެއްވަރުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އިތުރު ދެ ގޯލުޖަހައި 3-1 ނަތީޖާއިން ކުރިހޯދިއެވެ. އެއާއެކު މެޗުން ފަސޭހަކާމާއެކު ސްޕޭން މޮޅުވާނެ ކަމަށް ބެލެވުނަސް ފަހު ފަސް މިނިޓުގެ ތެރޭގައި އާއި ފުރިހަމަ ވަގުތުގެ އިތުރަށް ދިން ވަގުތުގައި ގޯލެއް ޖަހައި ކްރޮއާޝިއާ އިން މެޗުގެ އުއްމީދު އާލާކުރިއެވެ. މެޗުގެ ފުރިހަމަ ވަގުތު 3-3 އިން އެއްވަރުވުމުން އިތުރު ވަގުތު ކުޅެގެން ސްޕޭނުން ވަނީ 2 ގޯލު ކާމިޔާބުކޮށް 3-5 ނަތީޖާއިން ކުރި ހޯދާފައެވެ. މިމެޗަކީ މިހާތަނަށް ޔޫރޯ މުބާރާތެއްގެ މިސްޓޭޖުގައި އެއްޓީމަކުން ދެވަނަ އަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި މެޗެވެ.

މުބާރާތުގެ މެޗުތައް ރޭވިފައިވާ ގޮތް
މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ؛
ޖަރުމަން އާއި އިނގިރޭސިވިލާތް – ވެމްބްލީ، ލަންޑަން
ސްވިޑެން އާއި ޔުކްރޭން – ގްލާސްގޯ، ސްކޮޓްލޭންޑް
ކުއާޓާ ފައިނަލުގައި ސްވިޒާލޭންޑުން ވާދަކުރާނީ ސްޕޭން އާއެވެ. އިޓާލީ ވާދަކުރާނީ ބެލްޖިއަމް އެވެ. އަދި މިރޭ ކުޅނީ ދެވަނަ ބުރުގެ ފަހު ދެމެޗެވ. ކްއާޓާފައިނަލުގިައ ބައްދަލުކުރާނީ މިރޭގެ ދެމެޗުން މޮޅުވާ ދެޓިމެކެވެ.
ޚިޔާލުތައް