ރޭ ކުޅެވުނު ޔޫރޯ 2020 މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗުން މޮޅުވެ އިންގިރޭސިވިލާތާއި ޔުކްރޭން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ޔޫރަޕްގެ ފުޓުބޯޅައިގެ ގަދަބާރެއް ކަމުގައިވާ ޖަރުމަން މި މުބާރާތާއި ވަކިވެގެން ދިޔައީ އިނގިރޭސިން އަތުން ބަލިވެގެނެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅެވުނު ޔޫރޯ 2020 ކުއާޓާ ފައިނަލުގެ 7 ވަނަ މެޗު މެޗު އިނގިރޭސިންނަށް ގޯލު ޖަހައިދިނީ ސްޓާލިން (ޖ.10( އާއި ކެޕްޓަން ހެރީ ކޭން (ޖ.9) އެވެ. 45 ހާސް ސަޕޯޓަރުން ކުރިމަތީގައި ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިނގިރޭސި ޓީމުން އިދިކޮޅު ގޯލަށް ރަހީމް ސްޓާލިން ދިން ހަމަލާ ޖަރުމަނުގެ އިތުބާރު ކީޕަރު މެނުއަލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ. މިހާފުގައި ޖަރުމަނުގެ ޓީމޯ ވާނާ އިދިކޮޅު ގޯލަށް ދިން ނުރައްކާތެރި ހަމަލާ އިންގިރޭސި ކީޕަރު ޖޯން ޕިކްފޯޑް ވެސް ވަނީ އަތުން ޖައްސައި ބޭރުކޮށްލާފައެވެ.

ރޭގެ މެޗުގެ ފުރތަމަ ގޯލް ސްޓާލިން ޖަހަނީ – އިނގިރޭސިވިލާތް 2-0 ޖަރުމަން
ދެވަނަ ހާފުގައި ފުރަތަމަ ގޯލު ސްޓާލިން (ޖ.10) ޖަހައިދިން ފަހުން މެޗު އެއްވަރު ކުރުމަށް ޖަރުމަނުގެ އިތުބާރު ފޯވަޑް މުލާ އަށް ލިބުނު ފުރުސަތު އޭނާ ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުއަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ދެވަނަ ގޯލު ހެރީ ކޭން ކާމިޔާބުކުރުމާއެކު މެޗު އިނގިރޭސިންނަށް ލިބުނެވެ. އަދި ޔޫރަޕުގެ އެންމެ ގިނަ ދުވަސްވީ ގައުމީޓީމު ކޯޗު ޔޯކިމް ލޯ ގެ ޖަރުމަނު މުބާރާތުން ކަޓައިގެން ދިޔައީއެވެ. މިއީ 1968 ގެ ފަހުން ޔޫރޯ ނޮކްއައުޓް މެޗަކުން ޕެނަލްޓީއާއި ނުލައި އިނގިރޭސިން މޮޅުވި ފުރަތަމަ ފަހަރެވެ. މިހާތަނަށް ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސި ގައުމީޓީމު ބަލިވެފައެއް ނުވެއެވެ. އެމީހުން ކުޅުނު 14 މެޗުގެތެރެއިން 10 މޮޅާއި 4 މެޗުން އެއްވަރުވެފައި ވެއެވެ.

ރޭގެ ދެމެޗުގެ މޮޅު ކުޅުންތެރިން
މި ނަތީޖާއާއެކު މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަބަޔަކު އުއްމީދުކުރި ފްރާންސާއި ޕޯޗްގަލް އަދި ޖަރުމަން ވެސް މުބާރާތުން ކަޓައިގެން ދިޔައީއެވެ.
ރޭ ކުޅެވުނު ދެވަނަ ބުރުގެ ފަހު މެޗުގައި ކްރޮއޭޝިއާ ޓީމުން ފަހު ސިކުންތުކޮޅު ޖެހިގޯލާއެކު މެޗު 2-1ން ކަމިޔާބުކޮށް ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރަތަމަ ފަހަރަށް ވަނީ ޖާގަ ހޯދާފައެވެ. ޔުކްރޭން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުގައި މިހާތަނަށް ކުޅެފައިވަނީ 2006 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގައި 3-0 އިން އިޓާލީ އަތުން ބަލިވި މެޗުގައި އެކަންޏެވެ.

އިންގިރޭސި އަދި ޖަރުމަން ކޯޗު- ޖަރުމަން ކޯޗް ކަމުން ލޯ ވަކިވާން ވަނީ ނިންމާފައި
ރޭގެ މެޗުގައި ސްވިޑެން ކޮޅަށް ފުރަތަމަ ގޯލް ޖެހީ މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނިޓްގައި ޔުކްރޭންގެ ޔާމަަލިންކޯ ނަގައިދިން ހުރަހަކުން ޒިންޝެންކޯއެވެ. ހާފު ނިމުމުގެ ކުރިން ސްވިޑެންގެ ފޯސްބާގް ވަނީ ނަތީޖާ 1-1 އިން އެއްވަރކޮށްދީފައެވެ.

ޔުކްރޭން އާއި ސްވިޑެންގެ މެޗު 2-1 ޔުކްރޭން
ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ދެވަނަ ހާފުގައި ސްވިޑެންގެ ދެ ހަމަލާއެއް އިދިކޮޅު ގޯލު ދަނޑީގައި ޖެހުނުއިރު ޔުކުރޭންގެ އެއްހަމަލާ ސްވިޑެންގެ ގޯލުދަނޑީގައި ޖެހިފައި ވެއެވެ. ފުރަތަމަ 90 މިނިޓް އެއްވަރުވުމުން އިތުރަށް ކުޅުނު 15 މިނިޓްގެ ދެހާފު ވެސް އެއްވަރުވެގެން ޕެނަލްޓީއަށް ދިއުމުގެކުރިން ދިން އިންޖަރީ ވަގުތުގެ ވެސް ފަހު މިނިޓްގައި (121 ވަނަ މިނިޓްގައި) ޔުކްރޭންގެ ބަދަލު ކުޅުންތެރިޔާ އަރްތެމް ޑޮބީކް (ޖ.26) ވަނީ އޭނާގެ ފުރަތަމަ ބައިނަލް އަގުވާމީ ގޯލާއެކު ޓީމު މޮޅުކޮށްދީފައެވެ.

މުބާރާތުގެ ކުރިޔަށް ހުރި މެޗުތައް ރޭވިފައިވާ ގޮތް
ދެން ކުޅޭނީ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް؛
ސްޕޭން އާއި ސްވިޒާލޭންޑް – 2 ޖުލައި ދުވަހުގެ ރޭ، ސެއިންޓް ޕީޓާސްބާގް، ރަޝިއާ
އިޓާލީ އާއި ޖަރުމަން – 2 ޖުލައި ދުވަހުގެ ރޭ، މިޔުނި، ޖަރުމަން
ޑެންމާކް އާއި ޗެކްރިޕަބްލިކް – 3 ޖުލައި ދުވަހުގެ ރޭ، ބަކޫ، އާޒަރުބައިޖާންގެ ވެރިރަށް
އިނގިރޭސިވިލާތް އާއި ޔުކުރޭން – 3 ޖުލައި ދުވަހުގެ ރޭ، ރޯމް، އިޓާލީ

ކޮވިޑް-19ގެ ދުވަސްވަރުގައި މިޙާތަނަށް އެންމެ ގިނަ ސަޕާޓަރުން ދަނޑަށް ހަޒިރުވެ ބެލި ޔޫރޯ2020 މެޗު. 45،000 މީހުން
ޚިޔާލުތައް