A wide advertisement which will be shown on all devices. (700 x 100)

ކޮޕާ އެމެރިކާ 2020: ސެމީ ފައިނަލަށް ބްރެޒިލާއި އާޖެންޓިނާ

މެސީ މުބާރާތުގައި 4 ގޯލުޖައި މޮޅު ކުޅުމެއް ދައްކަމުން އާދެ

ދެކުނު އެމެރިކާ ބައްރުގައި މިހާރު ކުރިޔަށްދާ ކޮޕާ އެމެރިކާ 2020 ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ. ދެކުނު އެމެރިކާގެ ފުޓުބޯޅަައިގެ އެންމެ ވަރުގަދަ ދެ ބާރު ކަމަށްވާ ބްރެޒިލާއި އަޖެންޓީނާ ވެސް ވަނީ މުބާރާތުގެ ދެ ފަޅިން ސެމީ ފައިނަލުގެ ޖާގަ ހޯދާފައެވެ.

ރޭ ކުޅެވުނު މިމުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުން އާޖެންޓިނާ މޮޅުވީ އިކުއެޑޯ އާއި ކުޅެ 3-0 ގެ ތަފާތަކުންނެވެ. އާޖެންޓީނާއިން މޮޅު ކުޅުމެއް ދެއްކި މިމެޗުގައި އެޓީމުގެ 3 ގޯލް ކާމިޔާބުކޮށްދީފައި ވަނީ ޕޯލް އާއި، މާޓިނޭޒް އަދި މެސީއެވެ. މެސީގެ މި ގޯލާއެކު އޭނާ ވަނީ މިމުބާރާތުގައި 4 ގޯލު ޖަހައި 4 ގޯލު ޖެހުމަށް އެހީވެފައެވެ. ސެމީ ފައިނަލުގައި އާޖެންޓިނާ ވާދަކުރަން ޖެހެނީ ކޮލަމްބިއާ އާއި އެވެ.

މިމުބާރާތުގައި އާޖެންޓީނާގެ ތަރިން.

މުބާރާތުގައި ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން މެސީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު އެޓީމުގެ އަނެއް މެޗުން މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ޑިމަރިއާއެވެ. މެސީ ވަނީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ޑްރިބްލް ހެދި ކުޅުންތެރިޔާއަށް ވެފައެވެ. އޭނާގެ ފަހަތުން ދެވަނާގައި އޮތީ ބްރެޒިލްގެ ނޭމާ އެވެ. ނޭމާ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ 2 މެޗުންނެވެ.

އިއްޔެރޭ ކުއާޓާފައިނަލުގައި ބްރެޒިލަށް މޮޅެއް ހޯދުނީ އުނދަގުލުން 1-0 އިން ޗިލީ ބަލިކޮށްގެންނެވެ. މެޗުގައި ބްރެޒިލުން އިދިކޮޅު ގޯލަށް ފޮނުވާލި ހަމަލާތައް ދިފާއު ކުރުމުގައި ކީޕަރުގެ ހުނަރު ފާހަގަވެގެން ދިޔައެވެ. އަދި ޗިލީން ފޮނުވާލި ނުރައްކާތެރި ހަމަލަތައް ބްރެޒިލްގެ ކީޕަރު ވެސް ދިފާއު ކުރިއެވެ. މިމެޗުގައި ބްރެޒިލްގެ މަޝްހޫރު ފޯވަޑް ގެބްރިއަލް ޖެސޫސް އަށް ސީދާ ރަތްކާޑެއް ދައްކާފައި ވުމުން ސެމީ ފައިނަލް މެޗުގައި ނުކުޅެވޭނެއެވެ. އަދި އޭނާ ކުރި ކުށުގެ ބޮޑުކަމުން ފަހަރެއްގައި މިމުބާރާތުގައި އިތުރު މެޗެއް ކުޅެން ފުރުސަތު ނުލިބިދާނެއެވެ.

ބްރެޒިލްގެ ނޭމާ އަންނަނީ މޮޅުކުމެއް ދައްކަމުން

ސެމީ ފައިނަލަށް ކޮލަމްބިއާ ހޮވިފައި ވަނީ ލުއިސް ސުއަރޭޒް އާއި އެޑިސަން ކަވަނީގެ އުރުގުއޭ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކުރި ހޯދައިގެންނެވެ. އަދި ޕެރޫ ސެމީ ފައިނަލުން ޖާގަ ހޯދީ ޕެރަގުއޭ އާއި ވާދަކުރި މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެންނެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ 10 ގައުމުގައި ކޮންމެ 4 އަހަރަކުން އެފަހަރު ބާއްވަމުން އަންނަ ކޮޕާ އެމެރިކާ ވެސް ބޭއްވުމަށް ތާވަލް ކުރެވިފައިވަނީ، ފާއިތުވި 2020 ވަނަ އަހަރުގައެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާލާއި ހެދި މުބާރާތް ބާއްވަން ކަނޑައެޅި ގައުމުތަކުގައި ނުބޭއްވި އެންމެ ފަހުން މިއަހަރު (2021) އަހަރު މުބާރާތް ބޭއްވުމަށް ހަމަޖެއްސީ ބްރެޒިލްގައެވެ.

ކޮލަމްބިއާ ސެމީފައިނަލުގެ ޖާގަ ހޯދި

މުބާރާތުގައި ކުޅެނީ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު 4 ޓީމެއް، ޖުމްލަ 8 ޓީމު ކުއާޓާ ފައިނަލުގައި ކުޅޭ ގޮތަށެވެ. އެގޮތުން މުބާރާތުގައި ގުރުލާއިރު ފީފާވޯލްޑް ރޭންކަިން އަށްބަލައި ޓީމުތައް ސީޑް ކުރެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް؛

ބްރެޒިލް އާއި ޕެރޫ – 6 ޖުލައި ދުވަހުގެ ރޭ،، ނިލްޓަން-ސަންޓޯސް، ބްރެޒިލް

އާޖެންޓީނާ އާއި ކޮލަމްބިއާ، 7 ޖުލައި ދުވަހުގެ ރޭ، ނެޝަނަލް ސްޓޭޑިއަމް، ބްރެސިލިއާ

ކޮޕާ އެމެރިކާ 2020ގެ ފަހު ބުރުގެ މެޗުތައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !