ކޮޕާ އެމެރިކާ 2020: ފައިނަލުގައި މެސީ އާއި ނޭމާގެ ޓީމު

މެސީ އާއި ނޭމާގެ ފައިނަލެއް 2021
Share on facebook
Share on twitter
Share on google

މިހާރު ކުރިޔަށްދާ ކޮޕާ އެމެރިކާ 2020 ފުޓުބޯޅަ މުބާރާތުގެ ފައިނަލުން އާޖެންޓީނާ އާޖެންޓީނާ ބްރެޒިލުން ޖާގަ ހޯދައިފިއެވެ. ރޭ ކުޅެވުނު މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ބްރެޒިލް ކާމިޔާބުކުރީ ޕެރޫއާއި ވާދަކޮށްގެންނެވެ. އަަދީ އާޖެންޓީނާ މޮޅުވީ ކޮލަމްބީއާއާއި ވާދަކޮށް ޕެނަލްޓި ޖަހައިގެންނެވެ.

އާޖެންޓީނާގެ މެސީ އާއި މާޓިނޭޒް

އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު މެސީގެ އެހިތެރިކަމާއެކު ގޯލު ކާމިޔާބުކޮށްދިނީ މާޓިނޭޒް (ޖ.22) އެވެ. ފޮރިގަދަ ކޫލުމެއް ފިނގެންދިޔަ މިމެޗުގައި ކޮލަމްބިއާގެ ގޯލް  ލުއިސް ޑިއަސް (ޖ.14) ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގެ ކުރި ކޮޅުއެވެ. މިމެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެން ނިމުނު ިއރު ދެޓީމުންވެސް އިދިކޯޅު ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފައި ވެއެވެ. މެޗުގެ ފުރިހަމަ ވަގުތުގައި މޮޅުވާން  އންހެލް ޑީމަރީއާ ހުހަށްހުރެ ލިބުނު ބޯޅަ ކީޕަރު ގައިގައި ޖެހިފައި ނުކުތުމުން މާޓިނެޒް ވެސް ހުހަށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސްދަނޑި މަތިން ބޭރަށެވެ.

މެސީ މުބާރާތުގައި 4 ގޯލުޖަހައި 5 ގޯލު ޖެހުމަށް އެހީތެރިވެފައިވޭ – މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އާދެ.

ކޮޕާ އެމެރިކާ ފުޓީބޯޅަ މުބާރާތުގެ އުސޫލު އޮންނަ ގޮތުން މެޗުގެ ފުރިހަމަ ވަގުުތުގައި އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތު ނުކުޅެ ޖަނީ ޕެނަލްޓިއެވެ. އެގޮތުން ޖެހި ޕެނަލްޓީގައި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް (ޖ.23) ވަނީ ކޮލަމްބިއާއިން ޖެހި 5 ޕެންލަޓިގެ ތެރެއިން 3 ޕެނަލްޓީ މަތަކޮށްފައެވެ. އަދި އާޖެންޓީނާއިން ޖެހި 4 ޕެނަލްޓީގެ ތެރެއިން ޖޯޒީ ނަމްބަރު 7 ޖެހި 2 ވަނަ ޕެންލަޓީ ގޯލުގެ މަތިން ދިޔަޔަސް އަނެއް 3 ޕެނަލްޓީ ކޟާިޔާބުކުރުމާއެކު މެޗުން މޮޅުވިއެވެ.

ބްރެޒިލުގެ ފޯވަޑް ލައިންގެ ކުޅުންތެރިން

މުބާރާތުގައި ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން މެސީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު އެޓީމުގެ އަނެއް މެޗުން މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ޑިމަރިއާއެވެ. މެސީ ވަނީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ޑްރިބްލް ހެދި ކުޅުންތެރިޔާއަށް ވެފައެވެ. އޭނާގެ ފަހަތުން ދެވަނާގައި އޮތީ ބްރެޒިލްގެ ނޭމާ އެވެ. ނޭމާ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ 2 މެޗުންނެވެ.

މިފަހަރުގެ ބްރެޒިލް ޓީމު 2021

ދުނިޔޭގެ ބައްރުތަކުގެ އެނެމް ދުވަސްވީ ފުޓުބޯޅަ މުބާރާތުގެ ގޮތުގައި ބެލެވޭ ކޮޕާ އެމްރިކާ މުބާރާތަކީ ދެކުނު އެމެރިކާ ސަރަހައްދުގެ 10 ގައުމުގައި ކޮންމެ 4 އަހަރަކުން އެފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. ކޮވިޑް-19 އާއި ހެދި ފާއިތުވި 2020 ވަނަ އަހަރުގެ މުބާރާތް ކުރިޔަށްމިދަނީ 2021 ވަނަ އަހަރުއެވެ. އަދި މުބާރާތް ބާއްވަން ކުރިން ކަނޑައެޅި ގައުމުތަކުގައި ނުބޭއްވި އެންމެ ފަހުން މުބާރާތް ބޭއްވަނީ ބްރެޒިލްގައެވެ.

މުބާރާތުގައި ކުޅެނީ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު 4 ޓީމެއް، ޖުމްލަ 8 ޓީމު ކުއާޓާ ފައިނަލުގައި ކުޅޭ ގޮތަށެވެ. އެގޮތުން މުބާރާތުގައި ގުރުލާއިރު ފީފާވޯލްޑް ރޭންކަިން އަށްބަލައި ޓީމުތައް ސީޑް ކުރެއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރާނީ:

ބްރެޒިލް އާއި އާޖެންޓީނާ – 10 ޖުލައި ދުވަހުގެ ރޭ،، މަރްކާނާ ސްޓޭޑިއަމް، ބްރެޒިލް

މުބާރާތުގެ 3 ވަނަ އަދި 4 ވަނަ ހޮވާ މެޗުގައި ވާދަކުރާނީ:

ޕެރޫ އާއި ކޮލަމްބިއާ، 9 ޖުލައި ދުވަހުގެ ރޭ، ވިއަނެސް ސްޓޭޑިއަމް، ބްރެސިލިއާ

ކޮޕާ އެމެރިކާ 2020ގެ ފަހު ބުރުގެ މެޗްތައް.

1.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments