A wide advertisement which will be shown on all devices. (700 x 100)

ކޮޕާ އެމެރިކާ 2020: 3 ވަނަ ކޮލަމްބިއާއަށް

ކޮޕާ އެމެރިކާ 2020 ގެ 3 ވަނަ ޓީމު. ކޮލަމްބިއާ

ރޭ ފަތިހު ކުޅެވުނު ކޮޕާ އެމެރިކާ 2020 ފުޓުބޯޅަ މުބާރާތުގެ 3 ވަނަ ހޮވާ މެޗު 3-2 އިން މޮޅުވެ މުބާރަތުގެ 3 ވަނަ ކޮލްމަބިއާއިން ހޯދައިފިއެވެ. ރޭގެ މަޗުގައި ކޮލަމްބިއާ އާއި ވާދަކުރީ ޕެރޫއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕެރޫން މޮޅު ކުޅުމެއް ދައްކަ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ގޯލެއް ކާމިޔާބުކޮށް ކުރި ހޯދިއެވެ. މިގޯލު ކާމިޔާބުކޮށް ދިނީ ޕެރޫގެ ޖޯޒީ ނަމްބަރު 19 ޔަތޫމް އެވެ. ދެވަނަ ހާފު ފެށިގެން ކޮލަމްބިއާގެ ކެޕްޓަން ޖާޒީ ނަމްބަރު 11 ކުއާޑްރާޑޯ  ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހިލޭ ޖެހުން، ކޮލަމްބިއާއިން އެޅި ފުޅަފުގެ ތެރެއިން ގޮސް ގޯލަށް ވަދެ މެޗުގެ ނަތީޖާ 1-1 އިން އެއްވަރު ވިއެވެ. ދެވަނަ ހާފުގައި ކޮލަމްބިއާއިން މެޗުގެ ލީޑް 2-1 ހޯދީ ލުއިސް ޑިއާޒް (ޖ.14) ގެ ގޯލަކުންނެވެ. ނަމަވެސް ޕެރޫގެ ޖާޒީ ނަމްބަރު 9 ކާމިޔާބުކޮށްދިން ގޯލާއެކު މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވިއެވެ. މެޗުގެ މެޗުގެ އަނިޔާގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ލުއިސް ޑިއާޒް ގެ އިތުރު ގޯލަކުން މެޗުން މޮޅުވީ 3-2 އިންވެވެ.

މުބާރާތުގެ 3 ވަނަ ކޮލަމްބިއާ ހޯދީ ރޭ ޕެރޫ 3-2 އިން ބަލިކޮށްގެން

މި ނަތީޖާއާއެކު މުބާރާތުގެ 3 ވަނަ ކޮލަމްބިއާއަށް ލިބި، ބްރޯންޒް ޝީލްޑާއި މެޑެލް ރޭގައި ވަނީ ހަވާލުކޮށްފައެވެ. މިއީ ކޮލްމަބިއާއަށް މިމުބާރާތުގައި ގައުމުން ބޭރުގައި ފުރަތަމ ަފަހަރަށް ހޯދުނު މޮޅެެވެ. މިމެޗުގައި ލުއިސް ޑިއާޒް ޖެހި ދެ ގޯލު ޖަހައި އޭނާ ވަނީ 4 ގޯލު ހަމަކޮށް މެސީ އާއިއެކު ލަނޑު ލިސްޓްގެ ކުރީގައެވެ. ނަމަވެސް މެސީގެ އެސިސްޓް 5 ގައި ހުރުމުން ޓޮޕް ގޯލް ސްކޯރާ ލިބުމުގެ ފުރުސަތު އަދިވެސް އޮތީ މެސީއަށެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރާނީ:

ބްރެޒިލް އާއި އާޖެންޓީނާ – 10 ޖުލައި ދުވަހުގެ ރޭ،، މަރްކާނާ ސްޓޭޑިއަމް، ބްރެޒިލް

ދުނިޔޭގެ ބައްރުތަކުގެ އެނެމް ދުވަސްވީ ފުޓުބޯޅަ މުބާރާތުގެ ގޮތުގައި ބެލެވޭ ކޮޕާ އެމްރިކާ މުބާރާތަކީ ދެކުނު އެމެރިކާ ސަރަހައްދުގެ 10 ގައުމުގައި ކޮންމެ 4 އަހަރަކުން އެފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. ކޮވިޑް-19 އާއި ހެދި ފާއިތުވި 2020 ވަނަ އަހަރުގެ މުބާރާތް ކުރިޔަށްމިދަނީ 2021 ވަނަ އަހަރުއެވެ. އަދި މުބާރާތް ބާއްވަން ކުރިން ކަނޑައެޅި ގައުމުތަކުގައި ނުބޭއްވި އެންމެ ފަހުން މުބާރާތް ބޭއްވަނީ ބްރެޒިލްގައެވެ.

މުބާރާތުގައި ކުޅެނީ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު 4 ޓީމެއް، ޖުމްލަ 8 ޓީމު ކުއާޓާ ފައިނަލުގައި ކުޅޭ ގޮތަށެވެ. އެގޮތުން މުބާރާތުގައި ގުރުލާއިރު ފީފާވޯލްޑް ރޭންކަިން އަށްބަލައި ޓީމުތައް ސީޑް ކުރެއެވެ.

 

ކޮޕާ އެމެރިކާ 2020ގެ ފަހު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !