ކޮޕާ އެމެރިކާ 2020: ޗެމްޕިއަން އާޖެންޓީނާ އަށް

ކޮޕާ އެމެރިކާ 2020 ގެ ޗެމްޕއިން ކަން އާޖެންޓނާއަށް
Share on facebook
Share on twitter
Share on google

ރޭ ފތިހު ކުޅެވުން ކޮޕާ އެމެރިކާ 2020 ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދައިފިއެވެ. ފައިނަލް މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ބްރެޒިލާއި ދެކޮޅަށް ކުޅެ އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ފައިނަލް މެޗުގައި ފެނުނު ހަމައެކަނި ލަނޑު ކާމިޔާބު ކުރި އާޖެންޓީނާގެ ޖޯޒީ ނަމްބަރު 11 ޑީ މަރިއާ އެވެ.

ކޮޕާ އެމެރިކާ 2020 ގެ ޗެމްޕއިން ކަން އާޖެންޓނާއަށް. 15 ވަނަ ފަހަރު

މި މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ގޯލު ޖަހައި ދިނީ މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ރޮޑިރިގޯ ބައި ހާފުގެ ތެރެއިން ދިން ލޯންގް ޕާސް އަކުން ޖާޒީ ނަމްބަރު 11 ޑި މަރިއާ ބްރެޒިލްގެ ކީޕަރު އެޑާސަންގެ ބޯމަތިން ގޯލަށް އޮއްސާލައިގެންނެވެ. އާޖެންޓީނާ އިން މިމުބާރާތް ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 5 މޮޅާއި 2 މެޗު އެއްވަރުވެގެންނެވެ. މިމުބާރާތުގައި އާޖެންޓީނާއިން 12 ގޯލު ކާމިޔާބުރި ކުރިއިރު މެސީގެ 4 ގޯލާއި ފައިނަލުގައި ޑިމަރީއާ ޖެހި ގޯލު ފާހަގަ ވެގެން ދެއެވެ.

ފައިނަލް މެޗުގައި ޑީ މަރިއާ ގޯލް ކާމިޔާބު ކޮށްދެނީ 2021

މިއީ މިތަށި ނުލިބޭތާ 28 އަހަރު ފަހުން އެންމެ ވާދަވެރި ބްރެޒިލާއި ވާދަކޮށް ހާސިލުކުރެވުނު ކާމިޔާބެކެވެ. މި ކާމިޔާބީއާއެކު އާޖެންޓީނާއިން މިމުބާރާތް ކާމިޔާބުކުރި 15 ވަނަ ފަހަރެވެ. އެއާއެކު މިމުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި އުރުގުއޭ އާއި އެއްވަރަކަށް (15 ފަހަރު) އާދެވުނީއެވެ. ބްރެޒިލަށް މިމުބާރާތް ކާމިޔާބުކުރެވިފައި ވަނީ 9 ފަހަރެވެ.

މިއީ މެސީގެ ކެރިއަރުގައި ގައުމީ ޓީމަށް ހޯދައިދެވުނު ފުރަތަމަ (ބޮޑު މުބާރާތެއްގެ) ތައްޓެވެ. މެސީއަށް ގައުމީ ޓީމަށް ތައްޓެއް ހޯދައިދެވިފައި ނުވާތީވެ ފާޑުކިއުންތެރިންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއަށް ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރެވުމަކީ މެސީއަށާއި މެސީގެ ސަޕޯޓަރުންނަށްވެސް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މެސީ މުބާރާތުގައި 4 ގޯލުޖަހައި 5 ގޯލު ޖެހުމަށް އެހީތެރިވެފައިވޭ – މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އާދެ.

މި މުބާރާތުގެ މަގާމުތައް:

ޗެމްޕިއަން ޓީމު: އާޖެންޓީނާ

ރަނަރަޕް ޓީމު: ބްރެޒިލް

3 ވަނަ ޓީމު: ކޮލަމްބިއާ

ފެއާ ޕްލޭޓީމް: ބްރެޒިލް

އެންމެ ގިނަ ގޯލް ކާމިޔާބު ކުރި ކުޅުންތެރިޔާ (ރަންބޫޓް) : ލިއޮނަލް މެސީ

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ރަން ބޯޅަ): ލިއޮނަލް މެސީ

އެންމެ މޮޅު ގޯލްކީޕަރު (ރަން އަންގި): އެމިލިއާނޯ މާޓިނޭޒް

ކޮޕާ އެމެރިކާ 2020ގެ ފަހު ބުރުގެ މެޗްތައް. ޗެމްޕިއަންކަން އާޖެންޓީނާއަށް

 

5.0/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments