މިފަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބެނީ ލެވަންޑޯސްކީއަށް ބާ؟

މިފަހަރުގެ ބެލޮންޑިއޯ ލެވަންޑޯސްކީ އަށް ނުވަތ މެސީއަބާ؟
Share on facebook
Share on twitter
Share on google

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް، ބެލޮންޑިއޯ މިފަހަރު ލިބެނީ ޖަރުމަންގެ ބެޔާން މިޔުނިކަށް ކުޅޭ ރޮބާޓް ލެވަންޑޯސްކީއަށް ކަމަށް ލީކުވެފައިވާ ކަމަށް ބުނާ ލިޔުމަކުން އިއްޔެ ހާމަވެއްޖެއެވެ. ނަމަވެސް މި އެވޯޑް ދިނުން އޮންނާނީ މިއަހަރު ނޮވެމްބަރު 29 ގައެވެ.

ލީކުވިކަމަށް ބުނާ މިލިޔުމުގެ ސައްޙަކަމާއި މެދު އެއްވެސް ފަރާތަކުން އަދި ޔަގީންކާން ދީފައެއް ނުވެއެވެ. ލީކުވެފައިވާ ލިޔުމަކީ މި އޮކްޓޯބަރު މަހު 25ގެ ތާރީޚުގައި، މި އެވޯޑް ދޭ ފާރާތް ކަމަށްވާ ފްރާންސް ފުޓްބޯލްގެ ނަމުގައި ނެރެފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައި ވާގޮތުން ލެވަންޑޯސްކީއަށް އެއްވަަނަ ލިބެނީ 627 ވޯޓާއެކު މެސީ އަށް ވުރެ ކުރި ހޯދައިގެންނެވެ. މި ލިސްޓްގެ 3 ވަނާގައި އޮތީ ރިއާލް މެޑްރިޑްގެ ކަރީމް ބެންޒަމާ (526) އަދި 4 ވަނާގައި ލިވަޕޫލްގެ މުހައްމަދު ސަލާހް (412) އޮތް އިރު 5 ވަނާގައި ޗެލްސީގެ ޖޯޖީނިއޯ އެވެ.

6 ވަނާގައި އެމްބާޕޭ – ޕީއެސްޖީ

7 ވަނާގައި އެންގޮލޯ ކާނާޓޭ – ޗެލްސީ

8 ވަނާގައި އާލިން ހާލެންޑް – ބޮރޫޝިއާ ޑޯމުންޑް

9 ވަނާގައި ކްރިސްޓިއާނާ ރޮނަލްޑޯ – ޔުވެންޓާސް

10 ވަނާގައި ކެވިން ޑި ބްރޭނާ – މެންޗެސްޓާ ސިޓީ

އެންމެ ގިނަފަހަރު ބެލޮންޑިއޯ އެވޯޑް ހޯދި ކުލުންތެރިން.

ނަމަވެސް މިއީ ސައްހަ ލިސްޓެއް ނޫންކަމަށް އެއްބަޔަކު ބުނަމުންދާއިރު އަނެއްބަޔަކުް ބުނަމުންދަނީ ލެވަންޑޮސްކީއަށް މިފަހަރު ބެލޮންޑީއޯ ލިބުން ހައްގު ކަމަށެވެ. ފާއިތުވި 2020 ވަނަ އަހަރުގެ އެވޯޑް ކޮވިޑް އާއި ގުޅިގެން ކެންސަލް ކުރުމާއި ހަމަޔަށްވެސް އެވޯޑް ހާސިލުކުރާނެ ކަމަށް ގިނަބަޔަކު ބުނެފައިވަނީ 33 އަހަރުގެ ލެވަންޑޯސްކީއެވެ. އޭނާއަށް އަދި މިހާތަނަށް މިއެވޯޑް ހާސިލުކުރެވިފައެއް ނުވެއެވެ. މިސީޒަންގައި ހާލެންޑް ވަނީ 13 މެޗުން 17 ގޯލު ޖަހާފައެވެ.

ގިނަ ބަޔަކު ގަބޫލުކުރަނީ އަދިވެސް މިސީޒަންގެ ބެލޮންޑިއޯ އެވޯޑް ލިބޭނީ މެސީއަށް ކަމަށެވެ. އެއީ ނިމުނު ސީޒަންގައި އޭނާ ދެއްކި މޮޅު ކުޅުމުންނެވެ. އަދި ދެކުނު އެމެރިކާގެ ފުޓްބޯލަ މުބާރާތާއި ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ ޓީމުގައި އޭނާ މޮޅުކުޅުމެއް ދައްކަމުން އަންނާތީއެވެ. ނަމަވެސް މިސީޒަންގައި ޕީއެސްޖީއަށް ބަދަލުވެ އަދި މާކަބޮޑު ކުރިއެރުމެއް ނުޙޯދެއެވެ. މެސީއަކީ މިހާތަނަށް އެންމެ ގިނައިން، 6 ފަހަރު މިއެވޯޑް ހާސިލުކުރި ކުޅުންތެރިއާއެވެ. ދެން ކްރިސްޓިއާނާ ރޮންލްޑޯ 5 ފަހަރު ހޯދާފައި ވެއެވެ. އަދި 3 ފަހަރު މިއެވޯޑް ހޯދައިގެން 3 ވަނާގައި 3 ކުޅުންތެރިން އެބަތިއްބެވެ. އެއީ ނެދަލޭންޑްގެ ޔޯހާން ކްރައިފް، މާކޯވެން ބާސްޓެންގެ އިތުރުން ފްރާންސްގެ މައިކަލް ޕްލެޓިނީއެވެ.

ބެލޮންޑިއޯ އެވޯޑަކީ ކޮންމެ އަހަރަކު އެއްފަހަރު ފްރާސް ފުޓްބޯލް މެގަޒިންގެ އިން ދޭ ދުނިޔޭގެ ފުޓުބޯޅައިގެ ދުނިޔޭގެ އެންމެ ޝަރަފުވެރި އިނާމެވެ.

 

4.0/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments