A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ: އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ ދެ ގުރުޕުން ވެސް މިއަދުގެ މޮޅުވީ މުޒައްފަރު އާއި އަމީނު ހައުސް

ޏ.އޭއީސީ ނެޓްބޯލަ މުބާރާތުގެ ފުރަތަމަ ދުވަހުގެ މުޅު ކުޅުންތެރިން 2021

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު 4 މެޗުންވެސް މޮޅުވީ މުޒައްފަރު ހައުސް އާއި އަމިނުހައުސްގެ ޓީމުތަކެވެ. ޖޫނިއާ ބަޔާއި ސިނިއާ ބައިގެ އެ ދެ ބައިގެ ޓީމުން ކުޅުނު 2 މެޗުންވެސް ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ.

ޏ.އޭއީސީ ހޯލުގައި މިއަދު މެންދުރު ފަހު ފެށި މިމުބާރާތުގައި މިއަދު ކޮންމެ ބަޔަކުން ވެސް 2 މެޗު ކުޅެފައި ވެއެވެ. ނަމަވެސް ކުރިޔަށް ހުރި ދުވަސްތަކުގައި ކުޅުމަށް ތާވަލް ކުރެވިފައި ވަނީ ކޮންމެ ދުވަހަކުވެސް ކޮންމެ ބަޔަކުން 1 މެޗެވެ.

ޏ.އޭއީސީ ނެޓްބޯލަ މުބާރާތް 2021

މިއަދު މެންދުރު ފެށި ޖޫނިއާ ބައިގެ ފުރތަމަ މެޗުގައި ބައްދަލުކުރީ މުޡައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސްގެ ޓީމެވެ. މިމެޗު ހަނިގޮތަކަށް 6 ޕޮޓް 7 ޕޮޓުން ކާމިޔާބުކުރީ މުޒްފަރު ހައުސްގެ ޓީމެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މުޒައްފަރު ހައުސްގެ މާއީން ފަރީދު އެވެ.

ޏ.އޭއީސީ ނެޓްބޯލަ މުބާރާތް 2021

މިއަދުގެ މިބަިއގެ ދެވަނަ މެޗުގައި އަމީނު ހައުސް އާއި އިމާދު ހައުސް ބައްދަލުކުރި މެޗު 11 ޕޮޓު 2 ޕޮޓުގެ ބޮދު ތަފާތަކުްނ ކާމިޔާބުކުރީ އަމިނު ހައުސްގެ ޓީމެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ އަމީނު ހައުސްގެ އާއިޝަތު އާތިކާ އެވެ.

މިބައިގައި މަދަމާ ހަވީރު 4:15 ގައި ވާދަކުރާނީ އަމީނު ހައުސް އާއި ޝަނިވިރާޒާ ހައުސް އެވެ.

ޏ.އޭއީސީ ނެޓްބޯލަ މުބާރާތް 2021. ޖޫނިއާ ބައި މެޗް 2

މިއަދު ކުޅުވުނު ސީނިއާ ބައިގެ ފުރަތަމަ މެޗުގައި ޝަނިވިރާޒާ ހައުސް އާއި އަމީނު ހައުސް ބައްދަލުކުރި މެޗު ވެސް 22-6 ގެ ބޮޑު ތަފާތަކުން މޮޅުވީ އަމީނު ހައުސްގެ ޓީމެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ އަމީނު ހައުސްގެ ފާތިމަތު އަލްޔާ އިބްރާހިމް އެވެ.

ޏ.އޭއީސީ ނެޓްބޯލަ މުބާރާތް 2021. ސީނިއާ ބައި މެޗް 1

މި ބައިގެ ކުޅުނު ދެވަނަ މެޗުގައި އިމާދު ހައުސްގެ މައްޗަށް މުޒައްފަރު ހައުސްއަށް ކާމިޔާބު ހޯދުނީ ހަނި ގޮތަކަށެވެ. މިމެޗުން މުޒައްފަރު ހައުސް މޮޅުވީ 4-5ން އެންމެ ޕޮޓެއްގެ ފަރަގުންނެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ މުޒައްފަރު ހައުސްގެ މަރިޔަމް ފަލަކީ އެވެ.

މިއަދު ކުޅުނު ދެމެޗުން ވެސް މުޒައްފަރު ހައުސް އަސް މޮޅުވެވިފައި ވަނީ އެންމެ ޕޮޓެއްގެ ތަފާތުންނެވެ. އެކަމަކު އަމީނު ހައުސް ކުލުނު ދެމެޗުން ވެސް ވަނީ ފަރަގު ބޮޑުކޮށް މޮޅުވެފައެވެ.މި ބައިގައި މާދަމާ ހަވީރު 5:00ގައި ކުޅޭނީ އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް އެވެ.

ޏ.އޭއީސީ ނެޓްބޯޅަ މުބާރާތް 2021. ސީނިއާ ބައި މެޗް 2

މި މުބާރާތުގައި ވާދަކުރަނީ ޏ.އޭއީސީ 4 ހައުސްގެ ޓީމުތައް ޖޫނިއާ އަދި ސީނިއަ ބައި ވަކިން، ކޮންމެ ބަޔަކުން ވެސް ކޮންމެ ހައުސް އަކުްނ ޓީމެއް ވާދަކުރާ ގޮތަށެވެ. ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމެއް ކޮންމެ ބައަކުން ވެސް ފައިނަލަށް ދާނެއެވެ.

 

މުބާރަތުގެ މެޗުތައް (ޖޫނިއާ ބައި)

7 ނޮވެމްބަރު މެންދުފަހު 13:45 މުޡައްފަރު ހައުސް 7 – 6 ޝަނިވިރާޒާ ހައުސް

7 ނޮވެމްބަރު މެންދުފަހު 14:30 އަމީނު ހައުސް 11 – 2 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 16:15 އަމީނު ހައުސް އާއި ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް އާއި އިމާދު ހައުސް

10 ނޮވެމްބަރު ހަވީރު 16:30 އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް އާއި އަމީނު ހައުސް

13 ނޮވެމްބަރު ހެނދުނު 7:45 ފައިނަލް މެޗު

 

މުބާރަތުގެ މެޗުތައް (ސީނިއާ ބައި)

7 ނޮވެމްބަރު ހަވީރު 16:15 ޝަނިވިރާޒާ ހައުސް 6 – 22 އަމީނު ހައުސް

7 ނޮވެމްބަރު މެންދުފަހު 17:00 މުޡައްފަރު ހައުސް 5 – 4 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 17:00 އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް އާއި އަމީނު ހައުސް

10 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހަވީރު 17:00 އަމީނު ހައުސް އާއި އިމާދު ހައުސް

13 ނޮވެމްބަރު ހެނދުނު 9:400 ފައިނަލް މެޗު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !