A wide advertisement which will be shown on all devices. (700 x 100)

އެފްސީސީ ރިކްރިއޭޝަން ކްލަބުގެ ބެޑްމެންޓަން މުބާރާތުގެ ޗެމްޕިއަކަން ‘އިލަވަޅި’ ޓީމަށް

އެފްސީސީ ރެކްރިއޭޝަން ކްލަބުގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން ޓީމު

ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން ކްލަބު (އެފްސީސީ ރިކްރިއޭޝަން ކްލަބް) އިން އިންތިޒާމުކޮށްގެން ބޭއްވި ބެޑްމެންޓަން މުބާރާތުގެ ޗެމްޕިއަކަން ‘އިލަވަޅި’ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ނާސިހުގެ ‘ހަސްކާ’ ޓީމެވެ.

އެފްސީސީ ރެކްރިއޭޝަން ކްލަބުގެ ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ވާދަކުރި ދެ ޓީމު 2021

ރޭ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގެއި ރޭގަނޑުގެ ވަގުތުގައި ކުރިޔަށްގެންދިޔަ މިމުބާރާތުގައި އެފްސީސީ ރިކްރިއޭޝަން ކްލަބް 4 ޓީމަކުން ބައިވެރިވެފައި ވެއެވެ. އެއީ އިންތިގެ ‘އިލަވަލި’ ޓީމާއި އަބްދުﷲ ނާސިރުގެ ‘ރަންނަމާރި’ ޓީމާއި. އަލީ ހުސައިންގެ ‘ހޭވައްލާ’ ޓީމާއި ނާސިހުގެ ‘ހަސްކާ’ ޓީމެވެ.

އެފްސީސީ ރެކްރިއޭޝަން ކަލްބުގެ ހޭވައްލާ ޓީމު 2021

ރޭ މުބާރާތް ނިމުމުން ޗެމްޕިއަން ޓީމަށާއި ވަނަތަކަށް ހޮވުނު ޓީމުތަކަށް އިނާމާއި ހަނދާނީ ލިޔުން ދީފައި އަދި މުބާރާތަށް އެހީތެރިވެދިން ފަރާތަށް ހަނދާނީ ލިޔުން ދިފައި ވެއެވެ. މިމުބާރާތް ސްޕޮންސާކޮށްފައި ވަނީ ސިބްކޯއާއި އައިބޭއިންނެވެ.

އެފްސީސީ ރެކްރިއޭޝަން ކްލަބުގެ ބެޑްމިންޓަން މުބާރާތުގައި ރޭ ކުޅެވުނު ފައިނަލް މެޗުގެ ތެރެއިން

އެކްލަބުގެ ފުޓްސަލްސަލް މުބާރާތް ބާއްވާފައިވަނީ މިއހަރުގެ އޮކްޓޮބަރު މަހު 24 އިން މި ނޮވެމްބަރުމަހުގެ 1 އަށް މާލެގަމު ފުޓްސަލް ކޯޓުގައެވެ. ފުތްސަލް މުބާރާތުގައި 5 ޓިމަކުން ޥާދަކޯސް ފައިނަލުގެ ޖާގަ ހޯދީ އެފްސީ ކުރުނދުމާ ޓީމާއި އެފްސީ ދައިގަނޑޮ ޓީމެވެ. އަދި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްސީ ދައިގަނޑޮ ޓީމެވެ.

ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ ދައިގަނޑޮ ޓީމު

މިއީ ފުވައްމުލައް ސިޓީ ކައުންސިލްގެ އެފްސީސީ ރިކްރިއޭޝަން ކްލަބް ގެ މެމްބަރުންނަށް އަމާޒުކޮށްގެން ބޭއްވި މުބާރާތެއްކަމަށް އެކްލަބުގެ ޗޭއާޕާސަން ހުސޭން ނާސިހު ހާމަކުރައްވައެވެ. މިމުބާރާތް ބޭއްވުމުގެ މެގުސަދަކީ އެކްލަބުގެ މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި މެމެބަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެއްކަމަށް ހާމަކުރައްވާފައި ވެއެވެ.

އެފްސީސި ރިކްރިއޭޝަން ކަލަބުގެ ފުޓްސަލް މުބާރާތުގެތެރެއިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !