A wide advertisement which will be shown on all devices. (700 x 100)

ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް މާދަމާ ނޫން އަނެއް ދުވަހު ފަށަނީ

ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2021

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރާ ފިރިހެނުންގެ ފުޓްސަލް މުބާރާތް މުބާރާތުގައި މިފަހަރު ބައިވެރިވީ 8 ޓީމެވެ. މިފަހަރުގެ މުބާރާތް ސްޕޮންސާ ކޮށްފައި ވަނީ މެޖިކްލީން އިންނެވެ. ވުމައެކު މުބާރާތުގެއި ނަމަކީ މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2021 އެވެ. މިއީ ސިޓީ ކައުންސިލުން ބާއްވާ 3 ވަނަ ފުޓުސަލް މުބާރާތެވެ.

އެއީ ދަޑިމަގު އަވަށަށް ނިސްބަތްވާ 2 ޓީމާއި ހޯދަޑަށް ނިސްބަތްވާ ޓީމަކާއި، މާލެގަމު އވަށުން ޓީމާކާއި ފުނާޑު އަވަށުން ދެޓީމާއި ދޫނޑިގަމު އަވަށުން ދެ ޓީމެވެ.

މި މުބާރާތުގެ ކުލުން ފަށާނީ މި ދިސެމްބަރު މަހު 21 ވަނަ ދުވަހުއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުވައްމުލަކުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫޙު އާލާކޯށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ކުޅުންތެރިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުންކަމަށް މުބާރާތުގެ ގަވާއިދުގައި ވެއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް

މާލެގަން ޔޫތު ފައުނޑޭޝަން

އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް

އެފްސީ ދަޑިމަގު ޖޫނިއާސް

އެކުވެރި ފުނާޑު

 

ހޯދަޑު ސްޕޯރޓްސް ކްލަބް

އެފްސީ ދޫނޑިގަލޯނާ

އެފްސީ ދަޑިމަގު

އެކްސްޖޭވީސީ ފުނާޑު އެވެ.

އެންމެ ފަހުން (2019ގައި) ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތް، ފުވައްމުލަކު އޮފީސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ފެނަކަ ރިކްރިއޭޝަން ކްލަބުގެ ޓީމުން ހޯދީ 3-2 އިން އެއަރޕޯޓް ރިކްރިއޭޝަން ކްލަބު ބަލިކޮށްގެންނެވެ. ސިޓީ ކައުންސިލުން 2020 ވަނަ އަހަރު ބޭއްވި ވެޓެރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްސީ ދޫނޑިގަލޯނާ ޓީމެވެ.

އެފްސީ ދޫނޑިގަލޯނާ: އެފްސީ ދޫނޑިގަލޯނާ ޓީމު 

މީގެ އިތުރުން 2020 ވަނަ އަހަރު ފުވައްމުލައް ސިޓީގައި ދެ ފުޓްސަލް މުބާރާތެއް ބާއްވާފައި ވެއެވެ. އެއީ 2020 ވަނަ އަހަރު ޖޫންމަހުގެ ތެރޭގައި ހޯދަޑު އަވަށުން ބޭއްވި ހަވިއްތަ ފުޓްސަލް ޗެލެންޖް މުބާރާތާއި ޖުލައި މަހު ބޭއްވި މާލެގަން ފުޓްސަލް ޗެލެންޖް އެވެ. މި ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޓީމަކީ ހޯދަޑު ސްޕޯޓް އެވެ.

ފައިނަލްގެ ޖާގަ ލިބުމުން ހޯދަޑު ސްޕޯޓްސް އުފާފާޅުކުރަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !