A wide advertisement which will be shown on all devices. (700 x 100)

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ޒުވާން އުމުރުފުރައިގެ ރަންވަނަތަކެއް ފުވައްމުލަކު ބޯޑީ ބޯޑަރުންނަށް

މި އަހަރު އަލަށް ފެށި، ގައުމީ ބޮޑީ ބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި ޖޫނިއާ ކެޓަގަރީގެ ރަންވަނަތަކެއް ފުވައްމުލަކުގެ ޒުވާން ބޮޑީ ބޯޑަރުން ހޯދައިފިއެވެ.

މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފުވައްމުލަކު އަބްދުﷲ ޝިމާލް ޝަމީމެވެ. ޝިމާލް އާ ދެކޮޅަށް ފައިނަލްގައި ނުކުތީވެސް ފުވައްމުލަކު މުހައްމަދު ޖަރީޝް ޖިހާދު އެވެ. ފައިނަލް ހީޓުގައި ޝިމާލް ކާމިޔާބުކުރީ ޖޫނިއާ ޑިވިޝަންގެ އެންމެ މަތީ ސްކޯ ކަމަށްވާ 13.66 ގެ ސްކޯ އަކުންނެވެ. ޖަރީޝް އަށް ސްކޯ ކުރެވުނީ 11.50 ޕޮއިންޓެވެ.

ފިރިހެން އޯޕަން ބައިގެ 4 ވަނަވެސް ހޯދާފައިވަނީ ވެސް ފުވައްމުލަކު ބޯޑީ ބޯޑަރެކެވެ. ފުވައްމުލަކު ވިއާމް އޯޕަން ކެޓަގަރީން 4 ވަނަ ހޯދިއިރު އޯޕަން ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ ފާއިތުވީ 3 ފަހަރުވެސް އެއްވަނަ ހޯދި ކުޑައައްޔައެވެ.

ބޮޑީ ބޯޑިންގައި ފުވައްމުލަކު ޒުވާން ބޮޑީ ބޯޑަރުން ދަނީ ރަގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !