މި ރޯދަމަހު ފުވައްމުލައް ސިޓީގައި ކްރިކެޓް މުބާރާތެއް ބާއްވަން ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ގުޅިގެން އިންތިޒާމު ކުރާ “ފުވައްމުލައް ރަމަޟާން ކްރިކެޓް ކާނިވަލް 2022” އެގެ ނަމުގައި ބާއްވާ މުބާރާތެކެވެ. ފިރިހެނުންނަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތް ފެށުމަށް ކަނޑައަޅަފައި ވަނީ މި އޭޕްރީލް މަހު 20ވަނަ ދުވަހުއެވެ.
ޓީމެއްގައި ހިމެނެނީ 8 ކުޅުންތެރިންނާއި 2 އޮފިޝަލުންނެވެ. މިމުބާރާތުގައި ކުޅެވެނީ މުޅިންވެސް ދިވެހިންނަށެވެ. މިއީ އަލަށް ކްރިކެޓް ކުޅޭން ފަށާ މީހުންގެ ފެންވަރުގައި ބާއްވާ ސޮފްޓް ބޯލް ކުރިކެޓް މުބާރާތެއް ކަމަށް ވެއެވެ.
މިމުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 1000 ރުފިޔާގެ ބައިވެރިވުމުގެ ފީއެއް އިންތިޒާމުކުރާ ފަރާތުން ދިނުމަށް ހަމަޖެހިފައި ވެއެވެ. ބައިވެރިވުމަށް އެދޭ ފޯމް. މިމުބާރާތާއި ބެހޭ އިތުރުމައުލޫމާތު މުބާރާތުގެ ކޯޑިނޭޓރު މެދުވެރިކޮށް 7781076 ނަމްބަރުން ލިބޭނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އަންހެން ކުދިންގެ ޓީ20 ކްރިކެތް މުބާރާތް. ފޮޓޯ: ކްރިކެޓް ފުވައްމުލައް
މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 1000 ރުިފޔާގެ އިނާމު ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން މިމުބާރާތުގެ އެންމެ މޮޅު ބެޓްސްމަނާއި އެންމެ މޮޅު ބޯލަރު، އެންމެ މޮޅު ހޮވުންތެރިޔާ، އަދި އެންމެ އުންމީދީ ކުޅުންތެރިޔާގެ އިތުރުން ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ހަމަޖެހިފައި ވެއެވެ.
ފުވައްމުލައް ސިޓީގައި ކްރިކެޓް ކާނިވަލް ކުރިޔަށް ގެންދާތާ 5 އަހަރު ވެއްޖެއެވެ. މާލެ ނޫނީ އެންމެ ގިނަ ދުވަހު މިމުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލަކުގައެވެ. ފުވައްމުލަކުގައި ގިނައިން ކުރިޔަށް ގެންގޮސްފައި ވަނީ ސްކޫލްކުދިންގެ ކްރިކެޓް މުބާރާތްތަކެވެ.
2018ގައި ފުވައްމުލަކުގައި ކުރިޔަށްގެންދިޔަ ސްކޫލް ފިރިހެންކުދިންގެ ކްރިކެޓް މުބާރާތުގެ ތެރެއިން. ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވަސް
ޚިޔާލުތައް