ރަމަޟާން ކްރިކެޓް ކާނިވާ ހުޅުވުމުގެ މެޗުގައި ނާއިބުރައީސް ފައިސަލް ނަސީމް އާއި އިސްފާރާތްތަކުން ކުޅުއްވައިފި

ރަމަޟާން ކްރިކެޓް ކާނިވާ ހުޅުވުމުގެ މެޗު- 2022 - ފުވައްމުލައް ކްރިކެޓް ގްރައުންޑް
Share on facebook
Share on twitter
Share on google

ފުވައްުލައް ސިޓީގައި ބާއްވާ ރަމަޟާން ކްރިކެޓް ކާނިވާ ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނެ ރަހުމަތްތެރިކަމުގެ މެޗުގައި ނާއިބުރައީސް ފައިސަލް ނަސީމާއި މޭޔަރު އިސްމާއީލް ރަފީގުގެ އިތުރުން އިސް ބޭފުޅުން ކުޅުއްވައިފިއެވެ.

ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ބައްދަލުކުރީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޓީމާކާއި ފުވައްމުލައް ކުރިކެޓް އެކަޑެމީގެ ޖޫނިއާ ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ 8 އޯވަރުގެ މިމެޗްގައި ފުރަތަމަ ކުޅެން ނުކުތީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޓީމުންނެވެ. މިޓީމުގައި އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މިހާދު އާއި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ ޝާފިއު އަލީ ވެސް ވެސް ކުޅުއްވިއެވެ.

ރަމަޟާން ކްރިކެޓް ކާނިވާ ހުޅުވުމުގެ މެޗު- 2022 – ފުވައްމުލައް ކްރިކެޓް ގްރައުންޑް

މިއިނިްނސްގައި ފުވައްމުލައް ޖޫނިއާސް ޓީމުގެ ބާރު އުކުންތަކުން އެމްޑީ މިހާދު ޖެހި ބޯޅަ މިޑްވިކެޓުން މަބްސަރު ހިފައި ނުބައި ކުރުމުން ކުޅެން އެރީ ނާއިބުރައީސް ފައިސަލް ނަސީމެވެ. އޭރު 3 ބޯޅަ 4އަށް ޖަހައިގެން ޖުމުލަ 17 ލަންޑު ހެދިފައި ވެއެވެ.

ނާއިބުރާއީސާއި އެކު ސްޓޭޓް މިނިސްޓާ ޝާފިއު ދެވިކެޓް ދެމެދު ދުވެގެން ގިނަ ލަނޑު ތަކެއް ހަދައި މެޗުގެ 8 އޯވަރު ހަމަވަންދެން ހިފަހައްޓާލިއެވެ. މިއިނިސްގެ 8 އޯވަރުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ޓީމަށް ހެދުނީ ޖުމުލަ 67 ލަނޑެވެ. މި ނަތީޖާއާއެކު އެޓީމު މެޗުން މޮޅުވާނެ ކަމަށް ބެލެވުނެވެ.

ނަމަވެސް ޖަވާބުގައި ކުޅެން ނުކުތް ފުވައްމުލައް ސިޓީ ކްރިކެޓް އެކަޑެމީގެ ޖޫނިއާ ޓީމުން މެޗުފެށީ މޮޅު ކުޅުމަކުން، ފަސޭހަކަމާއެކު މެޗު އެމީހުން ކޮޅަށް އަނބުރާލާނެ ކަމަށް ހީވާފަދަ ގޮތަކަށެވެ. އެގޮތުން އެޓީމުގެ އާޒިން ރަފީގު ވަނީ 4 ބޯޅައިން 13 ލަނޑު ހަދާފައެވެ. ނަމަވެސް ނާއިބުރައީސްގެ އުކުމުގައި އޭނާ ނުބައިވީ ވިކެޓް ވެއްޓިގެންނެވެ.

ފުވައްމުލައް ޖޫނީއާ ޓީމުގެ ރާއިދު ވާސިފު އާއި، ނޫހު ނިޒާމު އަދި އަޒޫޒު މެޗުގައި ވިސްނުންތެރިކަމާއެކު ހިފަހައްޓާލިއެވެ. ނަތީޖާއެއްގެ ގޮތުން ބާކީ އެއްބޯޅަ އާއެކު ފުވައްމުލައް ޖޫނިއާސް މެޗު ކާމިޔާބުކުރީ 4 ވިކެޓުންނެވެ.

ރަމަޟާން ފުވައްމުލައް ކްރިކެޓް ކާނިލްގެ މެޗުތައް ފަށާނީ މިއަދު ހަވީރު އެވެ.

އަންހެން ކުދިންގެ ޓީ20 ކްރިކެތް މުބާރާތް. ފޮޓޯ: ކްރިކެޓް ފުވައްމުލައް

ފުވައްމުލައް ސިޓީގައި ކްރިކެޓް ކާނިވަލް ކުރިޔަށް ގެންދާތާ 5 އަހަރު ވެއްޖެއެވެ. މާލެ ނޫނީ އެންމެ ގިނަ ދުވަހު މިމުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލަކުގައެވެ. ފުވައްމުލަކުގައި ގިނައިން ކުރިޔަށް ގެންގޮސްފައި ވަނީ ސްކޫލްކުދިންގެ ކްރިކެޓް މުބާރާތްތަކެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments